• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ހިނަންވަރުގައި މީހަކު އެކަހެރިކޮށްފި، މިއަދު ސާމްޕަލް ނަގަނީ

ހިނަންވަރުގައި މީހަކު އެކަހެރިކޮށްފި، މިއަދު ސާމްޕަލް ނަގަނީ


ޅ. ހިންނަވަރު

ޅ. ހިންނަވަރުގައި ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނަ މީހަކު އެކަހެރިކޮށްފައި އެބަހުރި ކަމަށާއި އެމީހާގެ ސާންޕަލް މިއަދު ނަގަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. އޭނާ އެކަހެރިކޮށްފައިވަނީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އެވެ. އެކަހެރިކޮށްފައިވާ މީހާގެ ތަފްސީލެއް ނުދެ އެވެ.

ހިންނަވަރުގައި މީހަކު އެކަހެރިކޮށްފައިވާއިރު އެ އަތޮޅުގައި އޮންނަ ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ޓޫރިސްޓެއްގެ ފަރާތުން ވަނީ ކޮރޯނާ ވައިރަސް ޕޮޒިޓިވްވެފަ އެވެ. ރާއްޖެއަށް ކޮރޯނާ ވައިރަސް އައީ އޭނާގެ ފަރާތުން ކަމަށް ބެލެވެ އެވެ. އޭނާގެ ފަރާތުން އެ ރިސޯޓްގެ ދެ މުވައްޒަފަކަށް ކޮރޯނާ ވައިރަސް ވަނީ ފެތުރިފަ އެވެ. އެ ދެ މީހުން މިހާރު ތިބީ ކަރަންޓީނުކޮށްފަ އެވެ. އެ ދެ މީހުން ކޮރޯނާއަށް ޕޮޒިޓިވްވި ނަމަވެސް ހާލު ރަނގަޅުވަމުން އަންނަ ކަމަށް ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކް އަޒީޒު މިއަދު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ޕޮޒިޓިވްވި މީހާ މާލޭގައި ދެ ދުވަހު ހުރި ކަމަށާއި އޭނާ ހުރީ މާގިރި ހޮޓެލްގަ ކަމަށެވެ. އެ މީހާއާ މާގިރި ހޮޓެލްގެ 15 މީހަކާ ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފުންގެ އިތުރުން ދެން ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެ އިޓަލީގެ ޓޫރިސްޓެވެ. އެ ދެ މީހުން ވެސް ކަރަންޓީނުކޮށްފައިވާއިރު ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ކުރެއްދޫ އާއި ބަތަލާ މިހާރު އޮތީ ލޮކްޑައުން ކޮށްފަ އެވެ. އެ ދެ ރިސޯޓްގައި ވެސް ބައެއް މީހުން ރޫމް ކަރަންޓީނުކޮށްފައި އެބަ ތިއްބެވެ. އަދި އެމީހުންގެ ކަންކަން ދަނީ މޮނީޓާ ކުރަމުންނެވެ. އެ ދެ ރިސޯޓްގައި އަދިވެސް އިޓަލީ މީހުން އެބަ ތިއްބެވެ.

އެޗްޕީއޭ

ހިންނަވަރު

ކޮރޯނާ ވައިރަސް

+

ކޮވިޑް-19

Subscribe to Avas daily newsletter

މިލިޔުމާއި ގުޅޭ

ކޮރޯނާއަށް ޕޮޒިޓިވްވި 4 މީހުންގެ ހާލު ރަނގަޅު

ފޯކައިދޫގައި 9 މީހެއް އެކަހެރިކޮށްފައި، އެކަކު ކަރަންޓީނަށް

ޑަބްލިޔުއެޗްއޯގެ ތައުރީފު ރާއްޖެއަށް

BREAKING

އިޓަލީ މީހާ މާލޭގައި ދެ ދުވަސް، ކޮންޓެކްޓްވި މީހަކު ކަރަންޓީނަށް



Source link

Leave a Reply

Related Articles