• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ނަމަވެސް…

ނަމަވެސް…


228248

ރަށުގެ މަަލަމަތި ފެންނަން ފަށައިފިއެވެ. ބޯގަސްތަކުންނާއި ދިގު ރުއްތަކުން ބަރާކޮށްފައިވާއިރު ރަށުގެ މަލަމަތި ހާދަހާ ހިތްގައިމެވެ. ރަށުގެ ދެކޮޅުގައި ކޮޅަށް ނަގާފައި އެހުރީ ވާދަވެރި ދެ ނެޓްވޯކްގެ ބޮޑު އެންޓަނާއެވެ. ރަށުގެ ހުދު ބޯކިރު ފޮދެއްފަދަ ދޮންވެލިގަނޑު ހާމައަށް ފެންނަން އޮތް އިރު އެންމެ ކުނިކޮޅެއްގެ އަސަރު ވެސް ފެންނާން ނެތުމުން އަދިވެސް ރަށުގެ ރައްޔިތުން ރަށުތެރެ ސާފުކުރުމަށް ބާއްވާ އަހަމިއްޔަތު ވަރަށް ރަނގަަޅަށް ވެސް ހާމަވެގެން ދިޔައެވެ. އެ ވިލުނޫކުލައިގެ މޫދުގައި އެއްވެސް ބިރުވެރިކަމެއްނެތި މިނިވަންކަމާއި އުފާވެރިކަމާއެކު ތުއްތު ކުދިންތަކެއް ސަކަރާތްޖަހަމުން ދިޔައެވެ. ލޯންޗު ފަޅަށް ވަނުމާއެކު ދެން ފެނުނީ މާހިތްގައިމު މަންޒަރެކެވެ. އެކި ސައިޒުތަކުގެ މަސްދޯނިތަކުން ރަށުގެ ފަޅު ބަރާކޮށްފައިވާތީއެވެ. އަދިވެސް ރަށުގައި މަސްވެރިކަމުގެ ރޫހުއޮތްކަން ހާމަވެގެން ދިއުމުން ހިތަށް ލިބުނީ ކޮންފަދަ ހިތްހަމަޖެހުމެއްކަން ވެސް ބަޔާންކޮށްދޭކަށް ނޭނގެއެވެ. އާއެކެވެ. މިއީ އަހަރެންގެ އުފަން ބިމެވެ. 13 އަހަރު ވޭތުވެދިޔައިރު ވެސް އެއްވެސް ބަދަލެއް ރަށަށް އައިސްފައި ނުވެއެެވެ.
މަގުގެ އެއްކައިރިން މަޑުމަޑު ހިނގުމެއްގައި ގެއާ ދިމާއަށް އަހަރެން ހިނގަމުން ދިޔައިރު އެންމެން ގެ ވެސް ނަޒަރު ހުއްޓިފައި ހުރީ އަހަންނަށެވެ. އެއީ ކީއްްވެގެންކަން ޚުދު އަަހަރެންނަށް ވެސް އެނގެއެވެ. ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއްނުދީ އަހަރެން ދިޔައީ އަހަރެންގެ ކެތްތެރިކަން ކޮޅުންލާފައި ވާތީއެވެ. މަންމަގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ އެ މަންމަގެ އޯގާތެރި ފިރުމުންތަކަށް ފެން ބޮވައިގަނެފައިވާތީއެވެ. ބައްޕަގެ ގައިގައި އޮޅުލައިގަނެ ބާރުބާރަށް ރޯންފަށައި 13 އަހަރު ވަންދެން ހިތުގައި ހިނގި ހުރިހާ އިހުސާސްތަކަކާއި ޖަޒްބާތުތަކެއް ބަންޑުންކޮށްލަން ބޭނުންވެފައިވާތީއެވެ. ކައިރީގައި ސަކަރާތްޖެހި ކޮއްކޮމެން ބޮޑުވުމުން ހުންނާނެ ގޮތް ބަލައިލުމަށް އަހަރެންގެ ހިތް ހުއްޓާނުލާ ގޮވަމުން ދާތީއެވެ.
ގޭގެ މައިދޮރު ހުޅުވައިލީމެވެ. އެންމެ ބަދަލެއް ވެސް އައިސްފައި ނުވެއެވެ. ގޭގެ އެއްކައިރީ އަދިވެސް އެހުރީ އަހަރެންގެ މި ދެއަތުން އިންދާފައިވާ މަތަރެސްމާ ގަސްތަކެވެ. ގޭގެ އަންބަލަމުގައި އަދިވެސް އަހަރެން ކުޅެން ގެންގުޅުނުު ބޯޅަ އޭގެ ޖާގާގައި އޮތެވެ. ކޮންމެ ދުވަހަކުވެސް އަހަރެން ހަވީރު ކުޅެން ދިއުމަށް ލައި ޖާރޒީ އަދިވެސް އެއިނީ އަހަރެން ރޯނުގައި ހިއްކަން އެޅިގޮތަށެވެ.
ގޭތެރޭގެ މާހައުލަށް ބަލައިލުމަށް މާކަ ގިނަ ވަގުތުތަކެއް ނުލިބުނެވެ. އަހަރެންގެ ކުރިމަތީ ފެންނާން އެހުރީ އަހަރެންގެ މަންމައެވެ. 09 މަހާއި 09 ދުވަސް ވަންދެން އަހަރެން އެ ހަށިގަނޑުގެ ތެރޭގައި ބޭއްވުމަަށްފަހު އެތަށް ތަދާއި ވޭންތަކާއެކު އަހަރެން މި ދުނިޔެއަށް އުފަންކުރުވި އިންސާނާއެވެ. އަވަހަށް ބާރުބާރަށް ދުއްވައިގަތީމެވެ. 13 އަހަރު ވަންދެން އަހަރެން މި ދެކުނު ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައެވެ. މަންމަގެ ގައިގައި އޮލުލައިގަނުމަށްފަހު ބާރުބާރަށް ރޯންފެށީމެވެ. ގިސްލަ ގިސްލަމުންނެވެ. މިއަދު އަހަންނަށް ހުރިހާ އުފަލެއް ލިބުނު ކަހަލައެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭންތަކާއި ތަދުތަކަށް ޝިފާއެއް ލިބުނު ކަހަލައެވެ.
ލިބެމުން މިދިޔައީ ވަގުތީ އުފަލެއްކަން އަހަންނަށް އިހުސާސްކުރެވުނީ މަންމަ އަހަރެން ގަޔާ ދުރުކޮށްލުމުންނެވެ. އެމަންމަ ނުރުހުމުގެ ނަޒަރަކުން އަހަރެން ކައިރީ އަހައިލީ ތިއީ ކާކު ކަމަށް ހެއްޔެެވެ؟ އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ދަމާގަތްހެންނެވެ. ވަކި އުމުރަކަށް ދިއުމުން ދަރިން މައިންބަފައިން މަތިން ހަނދާންނެތޭ ވާހަކަ މަދުން ނަމަވެސް އަޑުއަހަމެވެ. ނަމަވެސް މަންމަ އަކު އަދި އޭނާގެ އުފަންދަރިއެއް މަތިން ހަނދާން ނެތުނު ވާހަކަ އަދި އަޑުއެހީ މި އަލަށެވެ. އަހަރެން އެ މަންމަގެ ދެލޮލަށް ބަލާލައިފައި ބުނީމެވެ.” މަންމާއެވެ! ހަމަ އަހަރެން ނޭނގޭ ހެއްޔެވެ؟ މިއީ ތިމަންމަގެ ދަރިއެކެވެ. މިއީ ތި މަންމަގެ ބަނޑުން އެންމެ ފުރަތަމަ ދުނިޔެއަށް އުފަންކުރުވި އިންސާނެވެ. މިއީ މަންމަގެ ރުޝްދީއެވެ. އަހުމަދު ރުޝްދީ އަބްދު ﷲ އެވެ.”
“ރުޝްދީއޭ! އަހަރެމެން ނުހުންނާނެ ރުޝްދީ ކިޔާ ދަރިއެއް! ބޭފުޅާއަށް ވަދެވިގެން ތިއުޅެނީ ނުބާ ގެޔަކަށް!”
ކަންފަތުގައި މިފަހަރު ޖެހުނީ މަންމަގެ އަޑެއް ނޫނެވެ. އަހަރެންގެ ބައްޕަގެ އަޑެވެ. އަޑުގައިވާ ހަރުކަށިކަމުން ޖެހިލުން ވިއެއްކަމަކު ބައްޕަގެ ދެލޮލަށް އަސަރާއެކު ބަލައިލީމެވެ. ބާރުބާރަށް ގޮސް ބައްޕާއ ކިޔާ ބައްޕަގެ ގައިގައި އޮޅުލައިގަތީމެވެ. 13 އަހަރު ވޭތުވެދިޔަ އިރުވެސް ބައްޕައަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ. އަދިވެސް އެ ކަސްރަތީ ހަށިގަނޑުގައި ބާރު އެބަހުއްޓެވެ.
” ކިހާ ބޮޑު މުސީބާތެއްތަ މި ލައިގަތީ! ކަލޭ ކައިރީ މިބުނަނީ އަަހަރެމެން ނުހުންނާނޭ ރުޝްދީ ކިޔާ ދަރިއެއް! އަކުރުތަކުގައި ފިލި ޖަހާފަ ދިވެހި ބަހުން މިބުނަނީ އަހަރެމެން ނުހުންނާނެ ރުޝްދީ ކިޔާ ދަރިއެއް! ފުލުހުންނަށް ނުގުޅަނީސް މިތަނުން ރައްކާވޭ!”
ބައްޕަގެ ގާގައި ހުރި އެންމެ ބާރަކަށް އަހަރެން ނަގައި ހޫރުވައިލިއެވެ. އަދި ބާރުބާރަށް އަހަރެން ކޮށްޕައިލިއެވެ. ފެންޑާގެ ތަޅުންގަނޑުގެ މައްޗަށް އަހަރެން ބާރުބާރަށް ވެއްޓުނެއްކަމަކު އަހަންނަށް އެއްވެސް ތަދެއް އިހުސާސެއް ނުކުރެވެއެވެ. އެތަދަށްވުރެ ހިތުގައި އަޅަމުންދިޔަ ތަދު މާބޮޑެވެ. މާ ވޭންގަދައެވެ. އެވަގުތު ގޭގެ ދޮރުން ބޭރަށް ޒުވާން ދެ ފިރިހެނުން ބޯ ދިއްކޮށްލިއެވެ. ކިތަންމެ ބޮޑުވެފައި ވީ ނަމަވެސް އެއީ އަހަރެންގެ ކޮއްކޮ ޝާމިނާއި ޝާހިދު ކަން އެނގުނެވެ. ނަމަވެސް އެކުދިން ވެސް އަހަރެން ފެނުމާއެކު މޫނު ކުނިކޮށްލުމަށްފަހު ގެޔަށް ވަނީއެވެ. އަހަރެންނާއެކު ޖެހި ސަކަރާތްތައް ހަނދާން ނެތުނީ ބާއެވެ؟ ތިންމީހުން އެކަކު އަނެއްކަކާ ތޮޅެ ރޮށްވާލައި މަލާމާތްކޮށް މަޖާކުރަމުން އުޅުނު ހަނދާން ނުވަނީ ބާއެވެ؟
އަހަރެން ހުރީ ގަނބުކައިފައެވެ. ކަންތައްތައް ވަމުންދާގޮތާ މެދު ހައިރާން ވެފައެވެ. ކަންތައް ވަމުން މިދަނީ އަހަރެން ދެކުނު ހުވަފެންތަކާ މުޅިން ހިލާފަށެވެ. ބައްޕަގެ އިތުރު ހަމަލާއެއް އައުމުގެ ކުރިން އަވަހަށް ގެއިން ދިއުމަށް ތެދުވީމެވެ. ތެދުވެ އަތުގައި ހޭކިފައި ހުރި ހިރަފުހާއި ވެލި ފޮޅައިލީމެެވެ. އަދި ގޭގެ މައި ދޮރާ ދިމާއަށް ހިނގާ ގަންނަން އުޅުނު ވަގުތު ގޭގެ ދޮރުގެ ކައިރީ ހުއްޓި މިހުރިޙާ މަންޒަރެއް ބެލުމަށް ހުރި މީހާ ފެނުމުން އަހަންނަށް ހައިރާންވެވުނެވެ. އެއީ ކުޑައިރުއްސުރެއް އަހަރެންގެ ކައިރީ އަބަދުވެސް އުލޭ މާޒިން އެވެ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ތުއްތުއިރުއްސުރެއް އެހީތެރިކަމަށް އަހަންނަށް ބޭނުން ޖެހުނު ކޮންމެ ދުވަހަކު އަހަންނަށް އެހީތެރިވާ އެހީތެރިޔާއެވެ. އަހަރެން މިއީ ކަނާއަތް ކަމުގައި ވަނީނަމަ އެއީ އަހަރެންފެ ވައަތޭ ބުންޏަސް ދޮގަކަށް ނުވާނެއެެވެ. ނަމަވެސް މާޒިންގެ ނަން އަހަރެންގެ ދުލުން ފުރިހަމައަށް ބޭރުނުވަނީސް ޗޮކެއް ކަނޑައިލުމަށްފަހު މާޒިން ގެއިން ބޭރަށް ނިކުތެވެ.
ހަތަރު އުދަރެސް ފެނު ޖެހިއްޖެެއެވެ. ހަދާނެ ގޮތް ހުސްވެއްޖެއެވެ. މި ހުރިހާ ދުވަހަކު އަހަރެން 13 އަހަރުވަންދެން ޖަލުގައި މި އޮތީ މި މަންޒަރު ދެކެން ހެއްޔެވެ؟ ވަރުބަލިކަމެއްނެތި 5000 ދުވަހުގެ އިންތިޒާރުގައި އަހަރެން ހުރީ މި އޯގާތެރިކަމަށް ފެންބޮވައިގެން ހެއްޔެވެ؟ ދެމުންދިޔަ އަނިޔާއަށް ކެތްކޮށްލައިގެން ހިތަށް ހަމަޖެހުމެއް ގެނެސްގެން ހުރީ މި މަދަދުވެރި އަތްތަކަށް އުއްމީދުކޮށްގެން ހެއްޔެވެ؟ ޤަބޫލުކުރަމެވެ. އަހަރެންވެސް ކުށްތައް ކުރީމެވެ. ބޮޑު ފާފަތަކަށް އަރައިގަތީމެވެ. ނުބައި އެކުވެރިންތަކަކާއި ގުޅި ނުބާ ގޯޅިއެއް އެޅުނީއެވެ. މަސްތުވާތަކެތީގެ ވަކިތަކުގައި ބަންދުވީއެވެ. ނަމަވެސް ޤަބޫލުކުރަން ޖެހެއެވެ. ކުށްކުރެވޭނީ އިންސާނުންނަށެވެ. ހުރިހާ މީހުންނަށް ވެސް ދެވަނަ ފުރުޞަތެއް ހައްޤެވެ. އެހެންނޫންނަމަ، ދީނުގައި ތައުބާވުން ލައްވަވާފައި ނުވާނެއެވެ.
ވާންފަށަށް ބާރުކޮށްލީމެވެ. ބަންޑުންޖެހިފައިވާ ގޮނޑި ނެގެމަށް ފަހު ރަނގަޅުކޮށްލާ ގޮނޑީގެ މައްޗަށް އެރީމެބެ. ޖަހާފައިވާ ގޮށް ކަރަށް ހެޔޮވަރު ކޮށްލީމެވެ. އިތުރަށް ކެތްކުރާނެ ހިތްވަރު އަހަރެންގެ ހަށިގަނޑުގައި ނެތުމުންނެވެ. ތަދުތަކާއި ވޭންތަކުން ހިތް ދެފަޅިވުމުންނެވެ. އަހަރެންގެ އާއިލާއަށާއި މިތުރުންނަށް ލަދެއްގެ ގޮތުގައި ހުރުމަށް އަހަރެން ބޭނުންނުވާތީއެވެ.
ކެޓެގަރީ: ކުރުވާހަކަ

2282

ޝަމްވީލް Listing Owner

0.0

ވާހަކައިގެ ނިންމުމަށްވުރެއް ބޮޑަށް އިސްކަމެއްދީފައިވަނީ ވާހަކައިގެ ކޮންސެޕްޓް އަންގައިދެވޭތޯ! މިއީ ވެސް މުޖުތަމައުގައި މަދުން ނަމަވެސް ހިނގާ ކަމަކަށް ވާތީ އެކަމަށް މީހުން ހޭލުންތެރިކުރުމަކީ ވެސް މުހިއްމުކަމެއް! ވާހަކައިގެ ނިންމުމުގައި އަމިއްލަ އަށް މަރުވާވަހަކަ ގެނެސްފައި ވީނަމަވެސް އެއީ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައެއް ނުދެކެން! ވާހަކައިގައި ހިނގާ ހުރިހާ ކަމަކީ އަބަދުވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ހަމަ ނުވެދާނެ! (:

1

3 months ago

ސަމް ވަން

0.0

ވަރައް އިބުރައްތެރި ވާހަކައެއް

3

3 months ago

Bro

0.0

These days writers are encouraging to suicide in there stories why can’t they get to a much more interesting ending are they out of ideas these stories are giving a really bad message concerning our community

13

3

3 months ago

މާރިޔާ

ދިވެހި ވާހަކައަކަށް އިނގިރޭސި ބަހުން ކޮމެންޓު ތި ޖަހަނީ. ކޮން ކަމަކަށް ތޯ ތި އެންކަރޭޖް ކުރަނީ

7

1

3 months ago

Critic

0.0

Suicide is never the solution, bro
Didn’t like the message this story is giving

19

2

3 months ago

އަސްލުހަޤީޤީ

މިއީ ހަމަ ރާއްޖޭގަ ހިނގާ ކަމެއް. ވާހަކައެއްގެ ސިފައިގަ ގެނައުން އެއީ މައްސަލައެއް ކަމަށް ނުދެކެން. މިވާހަކަ ސައިޓަކީ ވީހާވެސް އޮތެންޓިކް އަސްލާ އެއްގޮތް ވާހަކަ އަބަދުވެސް ގެނެސްދޭ ސައިޓެއް. މީގެން ވެސް ފިލާވަޅު ނަގަންވީ އެގޮތަށް އާއިލާ މީހުންނާ ގުޅުން ނުކެނޑުމަށް. އީމާންކަމެއް ހުރިއްޔާ މިކަހަލަ ވާހަކަ ކިޔަކަސް މަގެއް ނޯޅޭނެ ބްރޯ

16

1

3 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles