• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ނިދުން: ފައިދާ ހުރި ކަސްރަތެއް

ނިދުން: ފައިދާ ހުރި ކަސްރަތެއް



ނިދުމަކީ އިންސާނާގެ ހަށިގަނޑާ ވަރަށް ގުޅުންހުރި ކަމެކެވެ. ނިދުމަކީ ކަސްރަތެކެވެ. އަދި ހަމަ އެހާމެ ފައިދާ ހުރި ކަމެއް ވެސް މެއެވެ. އެހެން ކަމުން ނިދި ހަމަ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ރޯދައަށް ހުރެ މާ މަދުން ނިދާ މީހާއަށް ވެސް އަދި މާ ގިނައިން ނިދާ މީހާއަށް ވެސް ގެއްލުން ވެދާނެއެވެ. ސަބަބަކީ، އޭގެ ސަބަބުން ހަށިގަނޑުގައިވާ ބައޮލޮޖިކަލް ކްލޮކް ބަދަލުވާތީއެވެ.

ރޯދަ މަހުގައި އާންމުކޮށް ނިދުން އެންމެ ރަނގަޅީ ތަރާވީހުން ފައިބައިގެން ކުޑަކޮށް އެއްޗެއް ކައިލައިގެންނެވެ.
ރޯދައަށް ހުންނަ މީހާ ވެސް މަދުވެގެން 5 ގަޑިއިރު ނުވަތަ 6 ގަޑިއިރުގެ ނިދި ހަމަ ކޮށްލުމަކީ މުހިއްމު ކަމެކެވެ.
މެންދުރު ނަމާދާއި އަސުރު ނަމާދާ ދޭތެރޭގައި ނިދާލުމަކީ ވެސް ރަނގަޅު ކަމެކެވެ.
އަސްރު ނަމާދަށް ފަހު ނިދުމަކީ މީހާ ކަށްނެތް ކުރުވާ ކަމެވެ.
ރޯދަމަހު އެންމެ ލަސް ވެގެން ރޭގަނޑު 11 ޖަހާއިރު ނިދަން އާދަކުރަންވާނެއެވެ.
ނިދިން ދުރު ކޮށްދޭ، އެންމެ ގިނައިން ކެފެއިން ހިމެނޭ ބުއިމެއް ކަމަށްވާ ކޮފީ ރޯދަ މަހު ބޭނުން ކުރުމަކީ އެހާ ރަގަޅު ކަމެއް ނޫނެވެ.



Source link

Leave a Reply

Related Articles