• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރެވިދާނެ 9 ކަމެއް

ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރެވިދާނެ 9 ކަމެއް



ރަމަޟާން މަހަށް ހަށިގަނޑު ތައްޔާރު ކުރުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ކުއްލިއަކަށް ކެޔުމަށް ބޮޑު ބަދަލެއް ގެނައުމުގެ ބަދަލުގައި ދުރާލައި ރާވާލައިގެން ރަމަޟާން މަހަށް ތައްޔާރުވުމުން، ކުރިމަތިވާ އުނދަގޫތައް ކުޑަ ކުރެވިދާނެ އެވެ. އެގޮތުން ހަށިގަނޑު ތައްޔާރުކުރުމުގައި ބަލަންޖެހޭ 09 ކަމަކަށް ބަލައިލާނަމެވެ.

ކެޔުމުގެ މިންވަރު: ކެޔުމުގައި އާންމުކޮށް ކާ މިންވަރަށްވުރެ މަދުން ކެޔުން މުހިއްމެވެ. ރަމަޟާން މަސް އައުމުގެ ކުރިން މިގޮތަށް ކެޔުން މަދުކޮށްފި ކަމުގައިވާ ނަމަ، ނުކައި ގިނަ އިރު ހުރުމަށް ހަށިގަނޑަށް ފަސޭހަ ވެގެންދެ އެވެ.
ހެނދުނުގެ ނާސްތާ އަވަސް ކުރުން: ރަމަޟާން މަހުގައި އިރު އެރުމުގެ ކުރިން ހާރު ކާންޖެހޭ އިރު ހާރު ކެޔުން ދޫކޮށް ނުލުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. އަދި ރަމަޟާން މަސް އައުމުގެ ކުރިން ވީހާވެސް އަވަށް ހެނދުނުގެ ނާސްތާ ނެގުން އާދަކުރުމުން، ހާރު ކެޔުމުގެ ވަގުތަށް ހަށިގަނޑު ތައްޔާރުކޮށްދޭނެ އެވެ.
ތިން އިރު ރަގަޅަށް ކެޔުން: ރަމަޟާން މަސް އައުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ކާން ޖެހޭ ވަގުތުތަކުގައި ރަގަޅަށް ކާން އާދަކުރަންޖެހެ އެވެ. އަދި ހެނދުނު ސަޔާއި މެންދުރު ކެޔުމާއި ރޭގަނޑުގެ ކެޔުން ނޫން އިތުރު ވަގުތުތަކުގައި ހެދިކާއާއި އެހެން ކެޔުންތައް ކެޔުން ހުއްޓާލަންޖެހެ އެވެ.
ކޮފީ ބުއިން މަދު ކުރުން: އާންމުކޮށް ކޮންމެ ދުވަހަކު ކޮފީ ބުއިމުގެ އާދަ ހުންނަ މީހުންވެސް ރަމަޟާން މަސް ކައިރިވުމުން ކޮފީ ބޭނުން ކުރާ މިންވަރު މަދު ކުރަންޖެހެ އެވެ. އެހެން ނޫން ނަމަ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ތަކުގައި ބޮލުގައި ރިހުން ފަދަ ކަންކަން ކުރިމަތިވެދާނެ އެވެ. ކޮފީ ބުއިން މަދު ކުރުމުގެ ސަބަބުން ހަށިގަނޑުން ކެފެއިންގެ މާއްދާ ރަމަޟާން މަހުގައި މަދު ކުރެވޭނެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން މަދު ކުރުން: ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ރަމަޟާން މަސް ކައިރިވުމުން ސިނގިރޭޓް ބޯ މިންވަރު މަދު ކުރަންޖެހެ އެވެ. އެހެން ނޫން ކަމުގައިވަނީ ނަމަ ރުޅި ގަދަވުމާއި ވަރުބަލިވުންފަދަ ކަންކަން އިހްސާސްކުރެވޭނެ އެވެ. އެހެން ކަމުން ރަމަޟާން މަސް އައުމުގެ ކުރިން ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އަމަލުތައް މަދު ކުރަންޖެހެ އެވެ. ރަމަޟާން މަހަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށްވެސް އެންމެ ފަސޭހަ ދުވަސްވެރެވެ. 
 ސުންނަތް ރޯދަ ހިފުން އިތުރު ކުރުން: ރަމަޟާން މަހަށް ހަށިގަނޑު ތައްޔާރު ކުރުމަށްޓަކާއި ރަމަޟާން މަސް ކައިރިވުމުން ސުންނަތް ރޯދަ ހިފަން ފެށުމުން ރޯދައަށް ހުރުމަށް ހަށިގަނޑު ތައްޔާރުކޮށްދެ އެވެ.
ރަގަޅަށް ނިދުން: ނިދުމުގައި ވަކި އާދަތަކެއްގައި ހިފަހައްޓަންޖެހެ އެވެ. ރަމަޟާން މަހުގައި ހާރު ކެޔުމަށް ތެދުވަންޖެހޭ އިރު ރޭގަނޑު ނިދުމަށްފަހު އަވަހަށް ހޭލުމުގެ އާދައެއް ގެންގުޅުން މުހިންމެވެ .
ރަމަޟާން މަހުގައި އާންމުކޮށް ކާ ތަކެއްޗަށް ހަށިގަނޑު ހޭނުން: ރަމަޟާން މަހުގައި ކެޔުމަށް ބޮޑު ބަދަލެއް އަންނަ އިރު، ކާތަކެތިވެސް އާންމުގޮތެއްގައި ބަދަލުވެ އެވެ. އެހެން ކަމުން ރަމަޟާން މަސް ފެށުމުގެ ކުރިން އާންމުކޮށް ރަމަޟާން މަހުގައި ކާ ތަކެއްޗަށް ހަށިގަނޑު ހޭނުން މުހިއްމެވެ.
ބޮޑީ ޗެކްއަޕްއެއް ހެދުން: ރަމަޟާން މަހު ރޯދައަށް ހުރުމުގެ ގާބިލްކަން ހަށިގަނޑުގައި ހުރިކަން ބެލުމަށްޓަކާއި ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހެ އެވެ. ހާއްސަކޮށް ހަކުރު ބައްޔާއި ބަލަޑް ޕްރެޝާގެ މައްސަލަތައް ދިމާވާ ފަރާތްތަކުން ރަމަޟާން މަސް އައުމުގެ ކުރިން ޑޮކްޓަރަށް ދައްކާލާ ބޮޑީ ޗެކްއަޕްއެއް ހެދުން މުހިއްމެވެ.

 



Source link

Leave a Reply

Related Articles