• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ސިއްހަތު ⁄ ރޯދަ ވީއްލުމަށް ފަހު ފެން ބުއިން މާބޮޑަށް މަދުކޮށް ނުލާތި

ރޯދަ ވީއްލުމަށް ފަހު ފެން ބުއިން މާބޮޑަށް މަދުކޮށް ނުލާތި



ދުޅަހެޔޮ ސިއްހަތެއްގައި ބަހައްޓައި ދިނުމަށް އެންމެ ބޭނުން ހުރި އެކަޗަކީ ފެނެވެ. އިންސާނާގެ ހަށިގަނޑުގެ 75 ޕަސެންޓަކީ ފެނެވެ. ދުވާލެއްގެ މައްޗައް 7-8 ތަށީގެ ފެން ބޭނުން ކުރުމަކީ މުޙިއްމު ކަމެކެވެ. ރޯދަ ވީއްލުމަށް ފަހު، ރޭގަނޑުގެ ވަގުތުގައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބޭނުންކުރަން އާދަކުރާށެވެ. 
ފައިދާތައް:

ހޫނު މޫސުމުގައި ނޫނަސް އެދެވިގެނަވާ މިންވަރަށް ފެން ބޭނުން ކުރުމަކީ ހަށިގަނޑުގެ ގައި ހިނގާ އެކިއެކި ކެމިކަލް ރިއެކްޝަން ތައް ފަސޭހަ ކަމާއެކީ ހިނގުމަށް މުހިއްމު ކަމެކެވެ.
ފެން ގިނައިން ބޭނުން ކުރުމުގެ ސަބަބުން ކިޑްނީއަށް ޖެހޭ ތަފާތު ނުރައްކާތެރި ބަލިތަކުން ސަލާމަތް ކޮށްދެއެވެ.
ފެން ބޭނުން ކުރުމުގެ ސަބަބުން ސިކުނޑިއަށް ބޭނުންވާ އެންމެ މުޙިއްމު އެއް މާއްދާ ކަމުގައިވާ ގުލުކޯޒް އޭގެ އެންމެ ހެޔޮވަރު ވަރުގައި ފޯރުކޮށްދެވެއެވެ.
ގިނަ ގިނައިން ފެން ބޭނުން ކުރުމުގެ ސަބަބުން ހަށިގަޑުގެ ދިފާއީ ނިޒާމް ވަރުގަދަވެ، ތަފާތު އިންފެކްޝަން ތަކާއި ހަށިގަނޑަށް ޖެހޭ ކުނި ބަލިތަކުން މީހާ ދުރުކޮށްދެއެވެ.
ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޭނުން ކުރުމުގެ ސަބަބުން ވަރުބަލި ވުމުގެ އިހުސާސް ކުޑަކޮށްދޭ ކަމެކެވެ.
ފެން ގިނައިން ބޭނުން ކުރުމަކީ ހަންގަނޑު ކުރަކިވުމުން ސަލާމަތް ކޮށްދޭ ކަމެކެވެ.



Source link

Leave a Reply

Related Articles