• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ބޭރުގެ ހަބަރު ⁄ ބަންގްލަދޭޝްއިން ކޮވިޑް-19 ފެނިއްޖެ

ބަންގްލަދޭޝްއިން ކޮވިޑް-19 ފެނިއްޖެ



ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ބަންގްލަދޭޝްއިން ފެނިއްޖެއެެވެ. ބަންގްލަދޭޝް އިންސްޓިިއުޓް އޮފް އެޕިޑޮމޮލޮޖީ، ޑިޒީސް ކޮންޓްރޯލް އެންޑް ރިސާޗްއިން ބުނީ އެ ގައުމުން ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހިފައިވާ ތިން މީހުން މިއަދު ފެނިފައިވާ ކަމަށެވެ. ކޮވިޑް ފެނުނު ދެމީހުންނަކީ އިޓަލީއަށް ދާދި ފަހުން ދަތުރުކުރި އެގައުމުގެ ދެމީހުން ކަމަށް ބަންގްލަދޭޝްއިން ބުންޏެވެ. އަދި ތިން ވަނަ މީހާއަކީ އެ ދެމީހުންގެ ތިމާގެ މީހެކެވެ. ބަންފްލަދޭޝްއިން ބުނީ ބަލި ފެނުނު ތިން މީހުންގެވެސް ހާލު ރަނގަޅުކަަމަށާއި އަދި އެމީހުންނާ ކައިރިވި އިތުރު ތިން މީހަކު މިހާރު ކަރަންޓީނުވެސްކޮށްފައިވާ ކަމަށެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ވިދާޅުވީ ކޮވިޑް-19 އާ ކުރިމަތިލުމަށް އެގައުމުން އެގައުމުން އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ،. އަދި ރައްޔިތުން ހާސްނުވުމަށް އެކަމަނާ ވަނީ ގޮވާލައްވައިފައެވެ. ބަންގްލަދޭޝްއިން ބުނީ އެގައުމުގެ އެއާޕޯޓްއިން މިހާތަނަށް 40،000 މީހުން ސްކްރީންކޮށްފައިވާ ކަމަށެވެ. ޗައިނާގެ ވުހާން ފެތުރެން ފެށި ވައިރަސްއާ ގުޅިގެން އެ ސިޓީ މިހާރު އޮތީ ބަންދުވެސްކޮށްފަ އެވެ. ޗައިނާ އިން އެޅި ފިޔަވަޅުތަކާ އެކު ކޮވިޑް-19 ފެންނަ މީހުން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އިއްޔެ ވުހާންއިން ފެނިފައިވަނީ އެ ބަލީގެ 41 ކޭސް ވެސް މެ އެވެ. ޗައިނާގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަށްވި ނަމަވެސް އިޓަލީ އީރާން އަދި ޖަރުމަނުގައި ހަލުވިކަމާ އެކު އެ ބަލި ދަނީ ފެތުރެމުންނެވެ. މުޅި ދުނިޔެއިން އެބަލި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާ އިރު 3000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.



Source link

Leave a Reply

Related Articles