• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ބަންގްލަދޭޝް މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި

ބަންގްލަދޭޝް މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި



ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ބަންގަލްދޭޝްއިން ރާއްޖެ އަންނަ މީހުންނާއި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި އެގައުމަށް އެތެރެވެފައިވާ އެއްވެސް މީހަކު ރާއްޖެ އެތެރެވުން ދިވެހި ސަރުކާރުން މަނާކޮށްފިއެވެ.
ކޮވިޑް-19 ގެ ސަބަބުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝް އަށް އެތެރެވެފައިވާ މީހުންނާއި އަދި ބަންގްލަދޭޝްއިން ރާއްޖެއަށް އަންނަ އެއްވެސް މީހަކު ރާއްޖެ އެތެރެވުން މަނާކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ނެރުނު އެއާ ޓްރާންސްޕޯޓް ސާކިޔުލާއެއްގައި ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 24ގެ ނިޔަލަށް ބަންގްލަދޭޝް އިން ރާއްޖެ އަންނަ މީހުން ރާއްޖެ އެތެރެވުން ހުއްޓާލާނެ ކަމަށެވެ. އެހެންނަމަވެސް ބަންގްލަދޭޝް އިން ރާއްޖެ އަންނަ ދިިވެހިންނާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުން މީގެތެރެއިން އިސްތިސްނާވާނެއެވެ. 
ރާއްޖެއިންވެސް މީގެ ހަތަރު ކޭހެއް ފެނިފައިވާއިރު އެންމެ ފުރަތަމަ މި ކޭސް ފެނުނީ ކުރެއްދޫ އައިލެންޑު ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީ މުވައްޒަފުންގެ ގައިންނެވެ. އޭގެފަހުން ބަތަލާ ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ މީހެއްގެ ގައިންވެސް މި ބަލި ވަނީ ފެނިފައެވެ.



Source link

Leave a Reply

Related Articles