• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ބައިމިލިއަން މާސްކް ރައްކާކުރެވިފައި އެބަހުރި، ސަރުކާރު އޮތީ ތައްޔާރަށް: އަލީ ވަހީދު

ބައިމިލިއަން މާސްކް ރައްކާކުރެވިފައި އެބަހުރި، ސަރުކާރު އޮތީ ތައްޔާރަށް: އަލީ ވަހީދު


ބައިމިލިއަން މާސްކް ޓޫރިޒަމް މިނިސްޓްރީގައި ރައްކާކުރެވިފައި އެބަހުރިކަމަށާއި، ސަރުކާރު އޮތީ ދުރާލާ ތައްޔާރުވެފައިކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެއްވެސް ޝޯޓޭޖެއް ނާންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ކަރަންޓީންކުރާ ތަންތަން ފުރިއްޖެނަމަ، އެހެންތަންތަންވެސް ކޮރެންޓެއިން ކުރެވޭނެ އިންތިޒާމް ހަޖައްސާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.އަލީ ވަހީދު ވިދާޅުވީ، މި ދުވަސް އަންނާނެކަން އެނގޭ ކަމަށާއި އެކަމަށް ތިބީ ތައްޔާރަށް ކަމަށެވެ.އަލީ ވަހީދު ވަނީ ޓޫރިޒަމް ދާއިރާއަށް ލޮޅުމެއް އަންނާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޖެނުއަރީ މަހުގެ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު މާކެޓަކީ ޗައިނާ ކަމަށާއި، ފެބްރުއަރީ މަހުގެ ރާއްޖޭގެ އެންމެ ބޮޑު މާކެޓަކީ އިޓަލީކަން ފާހަގަކުރެއްވިއެވެ. މި ދެ ގައުމުން ވެސް ރާއްޖެއަށް މިހާރު ވަނީ މީހުން އައުން މަނާކޮށްފައެވެ.މިހާތަނަށް 125،000 އަށް ވުރެ ގިނަ ބުކިންގެ ކެންސަލް ކޮށްފައިވާއިރު، 39000 އައު ބުކިންގ އައިސްފައިވާ ކަން އަލީ ވަހީދު ފާހަގަކުރެއްވިއެވެ. ނަމަވެސް، މި ހާލަތުގެ ތެރެއިންވެސް، ޓޫރިސްޓް އެރައިވަލްސް 0.9 އިންސައްތަ ކުރިއަށް ޖެހިލާފައިިވާކަން ފާހަގަކުރެއްވިއެވެ.ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވެދޭން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމުގެ ޔަގީންކަން އަލީ ވަހީދު ވަނީ ދެއްވާފައެވެ. އަދި އެ ހުރިހާ ހަރަދެއް ކުރަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ޓްރަސްޓް ފަނޑުން ކަމަށެވެ. މި ޓްރަސްޓް ފަންޑަށް ވަންނަ ފައިސާއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދޭ ކޮންޓްރިބިއުޝަންސްއެވެ.އޭގެ އިތުރުން، މިހާރު ބޭނުންނުކުރާ ރިސޯޓެއް ކަމުގައިވާ ވިލިވަރުގައި 30 ކޮޓަރީގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކުރެވިފައިވާ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މިތަނުގައި އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކޮށްފައިވަނީ އެއްބަސްވުމުގައި ވާ މާއްދާއެއް ބޭނުންކޮށްގެންނެވެ. އެގޮތުން ސަރުކާރުން ވަނީ ރިސޯޓުގެ އޯނަރޝިޕް 2 މަސް ދުވަހަށް ވަގުތީ ގޮތުން ނަގާފައެވެ. އަދި އެ މުއްދަތު އިތުރުކުރަން ބޭނުންވެއްޖެ ހާލަތެއްގައި އެކަން ކުރޭވޭނެއެވެ.Source link

Leave a Reply

Related Articles