• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ބަތަލާއިން ދެމީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ބަތަލާއިން ދެމީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ



އއ. ސޭންޑީސް ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓު ކުރި ތިން މީހުންގެ ތެރެއިން ދެމީހަކު ޕޮޒިޓިވްް ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ އެ ރިސޯޓުގައި ތިބި ތިން ފަތުރުވެރިއެއްގެ ޓެސްޓުތަކުގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އޭގެ ތެރެއިން ދެ މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ނަތީޖާއިން އޭނާ ވައިރަހަށް ނެގެޓިވް ކަމަށް ދައްކާ ކަމަށެވެ. https://twitter.com/HPA_MV/status/1236739540359905280 މިއާއެކު ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު މިވަނީ ހަތަރަކަށް އަރައިފައެވެ. އެ ރިސޯޓުގައި ހުރި ފަތުރުވެރިއެއްގެ ފަރާތުން ކޮވިޑް19 ގެ އަލާމާތްތައް ފެނުމާއެކު އިއްޔެއިން ފެށިގެން އެ ރިސޯޓަށް އަރާ ފޭބުން އޮތީ މަނާކޮށްފައެވެ. ޅ. ކުރެއްދޫ އައިލެންޑް ރިސޯޓުން އެ ބައްޔަށް ޝައްކުވި ދެ މީހުން ޕޮޒިޓިވްވެފައި ވާތީ، އެ ރިސޯޓަށް އަރައިފޭބުން މަނާކޮށް އެ ރަށުން އިތުރު މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ ރަށުގެ ހާލަތު މިހާރު ވަނީ، އޮރެންޖް ލެވަލްގަ އެވެ. ކޮވިޑް19 އަށް މިހާތަނަށް ރާއްޖެއިން 24 މީހަކު ޓެސްޓުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަަރު އަބްދުﷲ އަމީން މިއަދު ވަނީ ވިދާޅުވެފައެވެ. އަމީން ވިދާޅުވީ، ޖުމްލަ 10 މީހަކު ކަރަންޓީނުގައި އެބަ ތިބި ކަމަށެވެ. އޭގެ އިތުރުން ބަލި ފެނުނު ކުރެއްދޫ ރިސޯޓުގައި ކޮންޓެކްޓް ޓްރޭސިން 80 ފަރާތެއް ހިމެނޭ އިރު، 97 މީހެއް ރޫމް އައިސޮލޭޭޝަންގައި ތިބި ކަމަށް އަމީން ވިދާޅުވި އެވެ. އަދި ސޭންޑީސް ބަތަލާގައި 11 ފަރާތެއް ރޫމް ކަރަންޓީން ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.





Source link

Leave a Reply

Related Articles