• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ބަތަލާއިން ޓެސްޓުކުރި 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ބަތަލާއިން ޓެސްޓުކުރި 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ


ބަތަލާ އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި 2 މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެއެވެ.އެކަމާ ގުޅޭގޮތުން އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ، ބަތަލާ އައިލެންޑް ރިސޯޓުން ޓެސްޓުކުރި 3 މީހުންގެ ތެރެއިން 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެކަކު ކޮވިޑް-19 އަށް ނެގަޓިވް ކަމަށެވެ. އެ ތިން މީހުންނަކީވެސް 3 ބިދޭސީންކަމަށް އެޗްޕީއޭއިން ބުންޏެވެ.އެއާއެކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 4 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ކުރިން ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ މުވައްޒަފުންނެވެ. އެގޮތުން ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ދެ ބިދޭސީން ކަމަށެވެ. އެކަމަކު އެ ދެ މީހުންގެ ވަނަވަރެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.މި ބައްދަލުވުމުގައި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ޅ. ކުރެއްދޫ ރިސޯޓުން ކޮވިޑް-19 ފެނުމާއި އެކު އެ ރަށުގެ ސްޓޭޓަސް އޮރެންޖަށް ބަދަލުކޮށްފައިވާ ކަމަށެވެ. ޕޮޒިޓިވްވި ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށް އަމީން ވިދާޅުވިއެވެ.އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑް-19 އަށް އަމަލުކުރާން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެކުލަވާލާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ހަދާފައިވާ އެސްއޯޕީއާ އެއްގޮތަށް މިހާރުން ފެށިގެން އަމަލުކުރަމުންދާނެ ކަމަށެވެ.Source link

Leave a Reply

Related Articles