• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ބަތަލާގައި 11، ކުރެއްދޫގައި 93 މީހަކު ރޫމް ކަރަންޓީނުގައި

ބަތަލާގައި 11، ކުރެއްދޫގައި 93 މީހަކު ރޫމް ކަރަންޓީނުގައި


މީގެކުރިން ކުރިއަށް ގެންދިޔަ ޑްރިލްގެ ތެރެއިން: ކުރެއްދޫގައި 93 މީހަކު ރޫމް ކަރަންޓީނުގައި

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތައް ފެންނާތީ ކުރެއްދޫ އައިލެންޑް ރިސޯޓްގައި 93 މީހަކު ރޫމް ކަރަންޓީނުކޮށްފި އެވެ. ހަމައެހެން، ބަތަލާ އައިލެންޑް ރިސޯޓްގައި ވެސް 11 މީހަކު ވަނީ ރޫމް ކަރަންޓީނުކޮށްފަ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެ ދެ ރިސޯޓްގައި ރޫމް ކަރަންޓީނު ކޮށްފައި ތިބި މީހުން މޮނީޓާ ކުރަމުންދާ ކަމަށެވެ.

ބަތަލާ ރިސޯޓް ވެސް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. އެ ރަށަށް ލޮކްޑައުންކުރީ އެ ރަށުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ އިޓަލީ ޓޫރިސްޓަކު ކޮރޯނާއަށް ޝައްކުވެގެންނެވެ. އޭނާގެ ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

ކުރެއްދޫ ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފު މިހާރު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ މީހުން ވެސް ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. ކުރެއްދޫ ރިސޯޓް މިހާރު އޮތީ މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ. އެ ރަށުގައި މި ވަހުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު، ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިޔުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ފޯކައިދޫއަށް ދިވެހި މުވައްޒަފު ދިޔައީ އޭނާގެ ޗުއްޓީގަ އެވެ. އޭނާ އެ ރަށަށް ދިޔަ ފަހުން ހުން އައިސް ހުރުމުން އޭނާ މީގެކުރިން ބެހެއްޓީ ގޭގައި އެކަހެރިކޮށްފަ އެވެ. އަދި އޭނާގެ ހާލަތު އެޗްޕީއޭއިން ދަނީ ކައިރިން ބަލަމުންނެވެ.

މިހާރު ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އެހެންވެ ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފަ އެވެ. މިހާރު ރާއްޖޭގައި ތިބި އިޓަލީ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ކުރެއްދޫއަށް އޮރެންޖު އެލާޓް ނެރެފައިވާއިރު އެ ރަށަށް ހިދުމަތްތަކާއި އެހީތައް ދަނީ ފޯރުކޮށްދެމުންނެވެ. އަދި އެ ރަށުގައި ތިބި މީހުންގެ ތެރެއިން ވެސް އަލާމާތް ފެންނަ މީހުންގެ ކަންކަން ދަނީ ބަލަމުންނެވެ.

އެޗްޕީއޭ

މިނިސްޓްރީ އޮފް ހެލްތު

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

+

ކޮރޯނާ ވައިރަސް

Subscribe to Avas daily newsletter

މިލިޔުމާއި ގުޅޭ

2

އެކަހެރި ކުރީ 7، އެންމެން ގެއަށް

14

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެއްސެއް ފެނިއްޖެ

ކޮރޯނާއަށް ޕޮޒިޓިވްވި މީހުނާ ކޮންޓެކްޓްވި 173 މީހުން

ޔެލޯ އެލާޓްގެ ދަށުން އަޅާނީ ކޮން ފިޔަވަޅުތަކެއް؟



Source link

Leave a Reply

Related Articles