• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ބެރިކޭޑުތަކާ ޕެޕަރސްޕްރޭތަކުގެ ތެރެއިން ޑިމޮކްރަޓިކް ސަރުކާރެއް ގެނައީ އަންހެނުންގެ ބޮޑު ދައުރަކާއެކު: ރަައީސް

ބެރިކޭޑުތަކާ ޕެޕަރސްޕްރޭތަކުގެ ތެރެއިން ޑިމޮކްރަޓިކް ސަރުކާރެއް ގެނައީ އަންހެނުންގެ ބޮޑު ދައުރަކާއެކު: ރަައީސް


އަނިޔާވެރި ބިރުވެރި ދުވަސްތަކުން ރާއްޖެ މިންޖު ކުރުމުގައި އެންމެ ކުރީސަފުގައި ތިބި އެއް ބަޔަކީ ދިވެހި އަންހެނުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން ހޮނިހިރު ދުވަހު ފަށާފައިވާ “ރަށްވެހި ފެސްޓިވަލް” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުޖުތަމައު ބިނާ ކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއް ބަޔަކީ އަންހެނުން ކަމަށެވެ. އެގޮތުން ފާއިތުވި 7 އަހަރު ރާއްޖެ ދުއް އަނިޔާވެރި، ބިރުވެރި ވެރިކަމުގެ ދުވަސްވަރު އެ އަނިޔާއިން ދިވެހިން މިންޖުކުރުމަށް އެންމެ ކުރީ ސަފުގައި ތިބި އެއްބަޔަކީ ދިވެހި އަންހެނުންކަމަށް ރައީސް ވިދާޅުވިއެވެ.އަދި އަންހެނުންގެ ބުރަ މަސައްކަތަށް އަބަދުވެސް ޝުކުރުވެރިވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހަމަ އެންމެ ދުވަހެއް ނުދޭ އެމްޑީޕީ އަންހެނުން މުޒާހަރާގެ މައިދާނުން ނުފެންނަ، ބެރިކޭޑުތަކާ ޕެޕަރސްޕްރޭތަކުގެ ތެރޭގައި ކެތްތެރިކަމާއެކު 7 އަހަރު ހޭދަކޮށް ދިވެހިންނަށް ޑިމޮކްރަޓިކް ސަރުކާރެއް ޤާއިމު ކުރުމުގެ ފުރުސަތު ތި ފިސާރި އަންހެނުންގެ ބުރަ މަސައްކަތުން، ހަމަ ޤައިމުވެސް އަޅުގަނޑު އެ މަންޒަރު ވަރަށް ކައިރިން ދުށިން، ޕާޓީ އޮފީހުގައާ ކެމްޕެއިން ހަރަކާތްތައް ރޭވުމުގައި އަދި އެކި ކޮމިޓީތަކުގައާ މަގުމަތީ ހަރަކާތްތަކުގައިވެސް ޕާޓީގެ އަންހެން މެމްބަރުންގެ މަސައްކަތް އެއީ އަޅުގަނޑުމެން އެއްވެސް މީހަކަށް ނުދައްކާ ދޫކޮށްލެވޭނެ ވާހަކައެއް ނޫން، އެހެންކަމުން ތި ހުރިހާ ފިސާރި އަންހެނުން ކުރައްވާ އަގުހުރި މަސައްކަތަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،
~ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ފޯރިއާއެކު ކެމްޕެއިން ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އެންމެ ބޮޑު އަދި އެންމެ މުހިއްމު އިސްލާޙަކީ ކައުންސިލް ތަކުގައި އަންހެނުންނަށް ގޮނޑިތަކެއް ހަމަޖެއްސުން ކަމަށެވެ. އެގޮތުން ކުރިޔާ ޚިލާފަށް ކެމްޕެއިން ޕޯސްޓަރުތަކުންނާއި، ސިޔާސީ އިސް ސަފުން އަންހެން ކަނބަލުން ފެންނަން ފަށައިފިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.އޭގެ އިތުރުން، ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ ޕްރައިމަރީގައި އެމްޑީޕީގެ 968 ކެންޑިޑޭޓުން ވާދަކުރި ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 640 ކެންޑިޑޭޓުން ވާދަކޮށް 440 އަންހެނުން ޕްރައިމަރީ ކާމިޔާބުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.ރައީސް އިތުރަށް ވިދާޅުވީ، ޤައުމެއްގެ ޙާލަތު ރަނގަޅު ކުރުމުގައި ވަރަށް ގިނަ ބައެއްގެ ހިއްސާ އެކުލެވޭ ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނަށްވެސް ކުރިޔާ ޚިލާފަށް މިހާރު އުޖޫރައެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކޮމިޓީގެ ހިންގުމާއި ވަސީލަތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.އޭގެ އިތުރުންވެސް ރައީސް ސޯލިޙުވަނީ އަންހެނުންނަށް ކުރިމަތިވާ އެކި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި، ސަރުކާރުގެ ދުރު ރާސްތާ ޕްލޭންގައި ކުރުމަށް ނިންމާފައިވާ ކަންކަމަށް އަލިއަޅުވާލައްވާފައެވެ.



Source link

Leave a Reply

Related Articles