ކަދުރުން ލިބޭ އަޖައިބެއް ފަދަ ފައިދާ
ކަދުރަކީ މޭވާގެ ތެރެއިންވެސް ވަރަށް މާތްވެގެންވާ އެހާމެ މީރު މޭވާއެކެވެ. ރޯދަ ވީއްލާ ގަޑީގައި ކަދުރު ބޭނުން ކުރުމަކީ ސުންނަތް ވެގެންވާ ކަމެކެވެ. އެންމެ އެދެވިގެންވަނީ ރޯދަ ވީއްލާ ވަގުތުގައި މަދުވެގެން 2 ނުވަތަ 3 ކަދުރު ބޭނުން ކުރުމެވެ.
ފައިދާތައް
ކަދުރުގައި ހަށިގަނޑަށް އެންމެ އެކަށޭނަ ވަރަށް ހަކުރު/ކެލޮރީސް ހުރުމުގެ ސަބަބުން ވަރުބަލިވުން ކުޑަކޮށްދީ ހަކަތަ އިތުރު ކޮށްދެއެވެ.
ކަދުރުގައި މުޅިއެކު 6 ވިޓަމިންސް އަދި 15 މިނެރަލްސް ގެ ބާވަތް ހިމެނެއެވެ.
ކަދުރުގައި އެކުލެވޭ ފައިބަރ، މި މާއްދާގެ ސަބަބުން ހަޖަމް ކުރުމަށް ފަސޭހަވެ، ބަނޑު ހިއްކުން ފަދަ ބަލިތަކުން ސަލާމަތް ކޮށްދީ، މީހާ މުޅި ދުވަހު ތާޒާ ކަންމަތީގައި ދެމެހެއްޓުމަށް ބާރު އަޅައެވެ.
އާންމުކޮށް ކަދުރު ބޭނުން ކުރުމަކީ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދޭ ކަމެކެވެ.
ހަކުރު ބަލި ހުންނަ ބޭފުޅުން ފޮނި އެއްޗެހި ބޭނުން ކުރުމުގެ ބަދަލުގައި ކަދުރު ބޭނުން ކުރެވިދާނެއެވެ.