• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ކަޓު އަނބި

ކަޓު އަނބި


1002359

ރިންޒީ އަންނަން އުޅޭތީ އަހަރެން ހުރީ ހިތް އަވަސްވެފައެވެ. ދަރިފުޅާ މިދިމާވެވެނީ ގާތްގަނޑަކަށް 6މަސް ފަހުންނެވެ. ރިންޒީއަކީ އަހަރެންގެ ފުރަތަމަ ކައިވެންޏައް ލިބުނު އަދި އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަހަންނާއި ޒުލޭހާގެ ކައިވެންޏަކީ އަހަރެންގެ މައިންބަފައިންނަށްޓަކައި އަހަރެންވި ގުރްބާނީއެކެވެ. އެހެންނޫންނަމަ އަހަރެން ކަހަލަ ” މޮޑާރން” ފިރިހެނަކު ޒުލޭހާކަހަލަ ކަޓު ހިޔާލުގެންގުޅޭ އަންހެނަކާ ދިމާލަށް ބާލާވެސްނުލާނަމެވެ.
ބައްޕަ ދުނިޔޭގައި ހުންނެވިއިރު ވަނީ އަހަރެމެންގެ ތަނަވަސް ކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިއްޕަވާފައެވެ. އަހަރެމެންގޭގެ އެންމެ މަތީ ފަންގިފިލާއަކީ އަބަދުވެސް ރަށުން ކުދިން ގެނެސް ކިޔަވައިދިނުމައްޓަކައި ބަހައްޓަން ހުސްކުރެވިފައިވާ ބައެކެވެ. އެހެން އައިސް ގޮސްފައިވާ އެތައް ކުދިންނެއްގެ ތެރެއިން ބައްޕަގެ ހުރި ހަމައެކަނި ދަރީގެ އަންބެއްގެ މަގާމަށް ގެންނަން ބައްޕައަށް ޒުލޭހާ ކަމުދިޔަ ގޮތެއް އަދިއަދަށް ދާންދެންވެސް އަހަންނަކަށް ނޭނގުނެވެ.
ބައްޕަގެ ބަލިހާލަތު އޭރު ހުރިގޮތުން އަހަންނަށް ކައިވެންޏާ ދެކޮޅު ހަދަކާށެއް ނުކެރުނެވެ. އަހަންނަށް މަޖުބޫރުވީ ކުޑަކޮށްވެސް ކަމުނުދާ އަންހެނަކާއި އެކު ޒަވާޖީ ހަޔާތެއް ފަށާށެވެ. ޒުލޭހާގެ ސަބަބުން އަަަހަރެންގެ އެތައް ހިތްހަމަޖެހުން ތަކެއް ކަފުންކުރުމަށްފަހު، އޭރުގެ ލޯބިވެރިޔާއާވެސް ރުޅިވީއެވެ. ހީކޮށްގެން ހުރީ ދުވަސްކޮޅަކުން އަހަންނަށް ޒުލޭހާދެކެ ލޯބި ވެވިދާނެ ކަމަށެވެ. ޢޭނާ އެލާ ދިގު ލިބާސް ބަދަލުކޮށް “ޒަމާނީ އަންހެނަކަށް” ހަދާލެވޭނެ ކަމަށެވެ. އެކަމެއްނުވިއެވެ. ދެން ހީކުރީ ދަރިއަކު ލިބުމުން ލޯބިވެވިދާނެ ކަމަށެވެ. އެކަމެއްވެސް ނުވިއެވެ. ޒުލޭހާގެ ކަޓުކަމަށް ބައްޕަދެނީ ސަތޭކައަކުން ސަތޭކައެވެ.
ބައްޕަ ނިޔާވުމަށް ފަހު އަހަރެންގެ ކައިވެނި ދެމިއޮތީ އިތުރު އަހަރެއްވާންދެންނެވެ. އެހެންނޫނަސް އަހަރެންހުރީ ކޮންމެވެސް ދުވަހަކުން ޒުލޭހާއާއި ވަކިވާން ނިންމައިގެންނެވެ. ކައިވެނި ރޫޅުމުން، ރިންޒީ ގޮވައިގެން ޒުލޭހާ ބަދަލުވީ ހުޅުމާލެއަށެވެ. ރަނގަޅު ފިރިއަކަށް ނުވެވުނަސް އަހަރެންވީ ވަރަށް ރަނގަޅު ބައްޕައަކަށެވެ. ދަރިފުޅާއި އެއްގެއެއްގައި ނޫޅުނަސް ބަައްޕައެއްގެ ފަރާތުން ދޭންޖެހޭ ލޯބި އަދި ކުރަންޖެހޭ ހަރަދު ރަނގަޅަށް ކުރީމެވެ. ނަމަވެސް ދަރިފުޅަށް ޒުލޭހާ ދަސްކޮށްދެނީ އޭނާގެ ކަޓުއުޅުމެވެ. އެންމެ ފަހުން ރިންޒީވެސް އޭނާގެ މަންމަގޮތަށް ލާންފެށީ ކަޅު ލިބާހެވެ.
ޒުލޭހާ ވަރިކުރުމަށްފަހު ދެން އަހަރެން އިނީ މަލިކާއާއިއެވެ. އެއީ އަހަރެން ބޭނުންވި ސްޓައިލްގެ އަންހެނެކެވެ. މަލިކާވެސް އަހަންނެކޭ އެއްގޮތަށް ފުރަތަމަ ކައިވެނިން ދަރިއަކު ލިބިފައި ހުރެއެވެ.ނަމަކީ އައިރާއެވެ. އަހަރެންމީ ލާރި ތަނަވަސް މީހެކެވެ. އަހަރެންގެ ދޮންދަރިއަށް އަގު ބޮޑެތި ފޯނާއި ޓެބް ގަނެދޭއިރު، ރިންޒީ ބޭނުންވާނީ އާދައިގެ ވާހަކަ ފޮތެކެވެ. ރިންޒީގެ ނަޒަރުގައި ގޭގައި ކޮމްޕިއުޓަރު ހުރުމުން ޓެބްއެއީ ބޭކާރު އެއްޗެކެވެ. ފޯނު ގެންގުޅޭ ވަރަށް ވުރެއް އަދި އޭނާ މާކުޑައެވެ. ސުކޫލު ނިމުމުން އަމިއްލައަށް ފޯނެއް ހޯދަނަމޭ އޭނާ ބުނެއެވެ. މިއިިީ ހުސްވެސް ޒުލޭހާ މަގޭ ދަރިއަށް ލައިދޭ މުސްކުޅި ނަސޭހަތުގެ ނަތީޖާއެވެ.
ސުކޫލު ނިމުމަށްފަހު ރިންޒީ ބޭނުންވީ ސައިކޮލޮޖީގެ ދާއިރާއިން ކުރިއަށް ދާށެވެ. ކިޔަވަން ދިއުމުގެ ކުރިން ލިބުނު ޗުއްޓީގައި ރިންޒީ ކުދިންނަށް ޓިއުށަން ދޭންފެށިއެވެ. އަހަރެންގެ ދޮންދަރި ނައްޓާލީ ސިންގަޕޫރަށެވެ. ހަރަދުކުރަނީ އަހަރެންގެ ޖީބުންނެވެ. އަހަރެން ބޭނުންވީ އަހަރެންގެ ދަރިފުޅުވެސް އެގޮތަށް ދުނިޔެ ބަލާލަން ދަތުރުކޮށްލާށެވެ. ފައިސާ ހަރަދުކުރަން އެދަރިފުޅުގެ ބައްޕަ ހުރިކަން ދަރިފުޅަށް އެނގޭނެއެވެ.
” އަސްލަމް ދަންޔާ ރިންޒީ ގެންދޭ، އެކަމަކު އޭނަ އެކަނި އެހެން ފޮނުވާކަށެއް ނުކެރޭނެ،” ޒުލޭހާއަށް އެކަމުގައި ގުޅުމުން ދިން ޖަވާބު އަޑުއަހާފައި އަހަރެން ފޯނު ބޭއްވީއެވެ.
ރިންޒީ އާއި ޒުލޭހާގެ މުސްކުޅި ހިޔާލުގެ ވާހަކަ މަލިކާއާއި އާއި އައިރާ ހީހީފައި ދައްކާ އަޑު އަހަންނަށް އިވެއެވެ. އަހަރެން ވަނީ ޒުލޭހާދެކެ ފާޑެއްގެ ފޫއްސެކެވެ.
ރިންޒީ ކިޔެވުމަށް މެލޭޝިއާއަށް ފުރީ އަހަރެންގެ ތިމާގެ ބައެއްގެ ކައިރީގައި ހުނަން ގޮތަށް ހަމަޖައްސާފައެވެ. ދަރިފުޅު މިހާރު އެއަންނަނީ ޗުއްޓީއަށް އައިސްސައެވެ. އަހަރެން ނިންމައިގެން ހުރީ ޒުލޭހާއާއި ދުރުގައި ރިންޒީހުރުމުން އެކުއްޖާގެ ވިސްނުންބަދަލު ކޮށްލެވޭނެ ކަމަށެވެ.
ދަރިފުޅު ގެއަށް އައުމުން އަހަރެން ދުރުދުރުން މައުލޫއަށް މިސްރާބު ޖަހަންފެށީމެވެ.
” އެހާގިނައިން ދަތުރު ކުރަންޖެހޭ އިރު ކާރެއް ގަންނަން ވީނުން، ބައްޕަ ގަނެދީފާނަމޭ. ބަލާބަލަ އައިރާއަށް، މިހާރު އަމިއްލަ ކާރެއްވެސް އޮވޭ. އަދި ބުންޔޭ ދަރިފުޅުއައީމަ ށޮޕިންނަށް ދާން ގުޅަލައްޗޭވެސް ” އަހަރެން ވާހަކަ ކުރިއަށް ގެންދިޔާމެވެ.
” ތިބާވެފަ ހުރި ހެނދުންތައް އުކާލާފަ އައިރާއާއި އެއްކޮށް ގޮސް ރަނގަޅު ރީތި އެއްޗެހި ގަނެބަލަ. ރިންޒީއަކަށް ނުޖަހާ ތަނަވަސް ބައްޕައެެއްގެ ދަރިއަކު ވައްތަރެއްވެސްް” ވަރަށް ނޫންކަމަށް ހަދާފައި އަހަން ރިންޒީ ބޮލަށް “ޗިޕެއް” ޖަހާލީމެވެ.
” ބައްޕައަށް ފެނޭތަ އަހަރެން އަތުގައި މިއޮތްފޯނު” އަހަރެއް ކުރިން ނުކުތް އައިފޯނު ދައްއަކާލުމުން އަހަރެން ބޯޖަހާލީމެވެ.
” މީ އަހަރެން ކުދިންނަށް ޓިއުށަން ދީގެން އެއްކުރި ލާރިން ހޯދި އެއްޗެއް” ފަހުރުވެރިކަމާއި އެކު ރިންޒީ ކިޔައިދިނެވެ.
” މަންމަ އަބަދުވެސް ބުނާ ވާހަކައެއް އޮވޭ، ލިބޭއިރުވެސް ކެތްތެރިވުމަށް. ލާރީގެ ބުރަކަން އެނގޭނީ އަމިއްލައަށް މަސައްކަތް ކުރުމުން ކަމަށް، އަހަރެން އަމިއްލައަށް މަސައްކަތް ކޮށްގެން ފޯނު ހޯދުމުން މިހާރު އަހަންނަށް އެނގޭ ބައްޕަ ތިކުރާ ބުރަ މަސައްކަތް. އަހަރެން ބޭނުމެއް ނޫން ކޮންމެހެން ކުރަންޖެހޭ ހަރަދު ނޫން އިތުރު ބޭކާރު ހަރަދު ތަކެއް ކުރާކަށް، އެހެންވެ އަސްލު ބައްޕަ އެހާ އަގުބޮޑެތި އެއްޗެހި ގަންނަން އެހުމުން ނޫނެކޭ ބުނަނީ” ދަރިފުޅު ހުއްޓާނުލާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
” ބައްޕާ ތަނަވަސް ކަމަކީ ކޮބާތަ؟ އަހަރެން ބަނޑު ހައިވީމަ ކާންލިބޭ، ބަލިވީމަ ފަރުވާ ކުރެވޭ، ކިޔަވަން ކޮލެޖަށްދެވޭ. އަހަރެންގެ ތަނަވަސްކަން މީހުންނަށް ދައްކަންވީ ކީއްވެ؟ އޭރުން ދުވަހަކުވެސް ހިތެއް ނުފުރޭނެ” ރިންޒީ އެންމެ ފަހުން ބުނީ ވަރަށް ބޮޑު ތެދެކެވެ. ނޭނގިނަމަވެސް އަހަރެން ބޭނުންވީ ރިންޒީއަކީ މުއްސަންޖެއްގެ ދަރިއެއްކަން މީހުންނަށް އަންގާށެވެ. ދޮންދަރި އެހާ ފެންވަރުގައި އުޅޭއިރު ރިންޒީގެ ސާދާ ތަރުބިއްޔަތު އެކަމަށް ތަންނުދިނީއެވެ.
” ބައްޕަ ނުބުނަމޭ ކޮންމެހެން އެއްކޮށް ދަރިފުޅު ޗޭންޖް ވާށެކޭ، މަންމަ ތިހިރީ ދަރިފުޅު މާ މުސްކުޅިކޮށްފަ. ބަލާލަބަލަ މިހާރުވެސް ލާފަހުރި ހެނދުން. އައިރާވެސް ހުންނަނީ ބުރުގާ އަޅާފަ އެކަމަކު އޭނާވެސް ނުލާ ތިކަހަލަ ލިބާހެއް. ބައްޕައަށް ފެންނަނީ ދެން ކިޔެވުން ނިމުނީމަ ދަރިފުޅު ބައްޕަ ކައިރިށް އެއްކޮށް ބަދަލުވާން” ކިތައްމެ ނުބުނަން ހުއްޓާވެސް ޒުލޭހާގެ ކަޓު ކަމުގެ ވާހަކަ ނުސީދާކޮށް ބުނެވުނީއެވެ.
“ބައްޕައަށް މަންމަގެ ހިޔާލު މުސްކުޅިވީ އަހަރެންނަށް ބޭކާރު ހަރަދުނުކުރަން ދަސްކޮށްދިނީމަތަ؟ ނޫނީ އިސްލާމް ދީނުގައި އަންގަވައިފައިވާ ގޮތައް ހެނދުން އަޅަން ދަސްކޮށްދިނީމަތަ؟ ނޫނީ ބައްޕަގެ ފައިސާ އިސްރާފުނުކޮށް އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ދަސްކޮށްދިނީމަތަ؟ ” ދަރިފުޅަށް ދީފައިވާ ތަރުބިއްޔަތުގެ ފުރިހަމަކަން އަހަންނަށް ނަގައި ގަނެވުނީ ދެނެވެ.
މަލިކާ އައިރާއަށް ކޮއްލާ ބޭކާރު ހަރަދުތައް ދުވަހަކުވެސް އަހަންނަށް ރިންޒީއަށް ކުރާކަށް ނުޖެހެއެވެ. އައިރާއަށް އެންމެ ފަހުގެ ފޯނާއި އޭތިމީތި ގަނެދޭއިރުވެސް އެކުއްޖާ ހުންނަނީ ހިތްނުފުރިފައެވެ. އެކަމަކު ރިންޒީއަށް އަހަރެން ހަރަދު ކޮއްފައި ފަހަށް ރައްކާކުރަމެވެ. ޒުލޭހާ އަހަރެންގެ ދަރިފުޅު ކަޓުކުރީކީ ނޫނެވެ. ކަޓީ އަހަރެންގެ ހިޔާލެވެ. މުސްކުޅީ އަހަރެންގެ ވިސްނުމެވެ.
ނިމުނީ
ކެޓެގަރީ: ކުރުވާހަކަ

10023

Kiuntherieh

0.0

Ehaa salhi noonas salhi ?????

2

1

3 months ago

Ebalhu

0.0

Thiya gadha ingey vvvv salhi

4

5 months ago

Ebalhu

0.0

Thiya gadha ingey

3

5 months ago

ޒެސް

0.0

ސަޅި

2

6 months ago

hello

0.0

Iburaitheri varah

5

6 months ago

މެޕްސް

0.0

ތަންކޮޅެއް ދިގުކޮށްލިނަމަ!

7

6 months ago

Seena

0.0

Foohivey

10

7 months ago

Seena

0.0

Foohi vaah

10

7 months ago

Yuman

0.0

Varah varah reethi mi vaahaka

25

3

7 months ago

sukuney

0.0

sukun dhaskuraashey

10

4

7 months ago

Shaya

0.0

Sheenu liyanvee thanthanuga shaviyani liyefa ebahuri

9

4

7 months ago

Ma

0.0

Ehvanaage vaahakaeh.mihaaru ulhey firihenunnah rangalhuvaanee buriah baaru jinsulaafa dhekolhuga fuhjahaafa thunmathuga kadi leema.edhen varah anhenvee eyrun.varah foohivey

37

7 months ago

1828

0.0

salhi

32

1

7 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles