• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކުރެއްދޫއަށް ފަސިންޖަރުން އުފުލި ޓީއެމްއޭގެ ސީޕްލޭން ޑިސްއިންފެކްޓްކޮށްފި

ކުރެއްދޫއަށް ފަސިންޖަރުން އުފުލި ޓީއެމްއޭގެ ސީޕްލޭން ޑިސްއިންފެކްޓްކޮށްފި


ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެމީހުން މަސައްކަތް ކުރަމުންދިޔަ ކުރެއްދޫ ރިސޯޓަށް މީހުން އުފުލަން ބޭނުންކުރި ޓީއެމްއޭގެ ސީޕްލޭން ޑިސްއިންފެކްޓުކޮށް ސާފުކޮށްފި އެވެ.ކުރެއްދޫއަށް ފަސިންޖަރުން އުފުލަން ބޭނުންކުރީ 8Q-MAZ ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ.ކޮވިޑް-19 އަށް, އެ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީން ޕޮޒިޓިވް ވެފައިވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ދިޔަ ފަތުރުވެރިޔަކު ބައްޔަށް ޕޮޒިޓިވް ވެފައިވާކަން އަންގާފައި ވަނިކޮށެވެ.އެއާއެކު ކަމާބެހޭ ފަރާތްތަކުން އަންނަނީ އެ ފަތުރުވެރިޔާއާ ކޮންޓެކްޓުވި ފަރާތްތައް ހޯދައި ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް އެއްކޮށް ނިމެންދެން ކުރެއްދޫ ރިސޯޓު އޮތީ އެލަރޓް ލެވެލް އޮރެންޖަށް މަތިކޮށް މީހުން އަރާ ފޭބުން މަނާކޮށްފައެވެ.ކުރެއްދޫ އައިލެންޑް ރިސޯޓުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ސަމާލުވާން އަންގާފައިވަނީ ފެބްރުއަރީ 23 އިން މަރޗް 6 އާ ދެމެދު އެ ރިސޯޓުން ފޭބި ފަތުރުވެރިންގެ ތެރެއިން ކޮރޯނާއާ ގުޅުންހުރި އަލާމާތްތައް އެބައެއްގެ ގައިން ފެންނަ މީހުންނަށެވެ. އެގޮތުން އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ކުރެއްދޫއިން ވަނީ އިލްތިމާސްކޮށްފަ އެވެ.މިވަގުތު އެ ރިސޯޓުގައި 699 ފަތުރުވެރިން ތިބިއިރު، ރިސޯޓުގެ ދިވެހި މުވައްޒަފުންނާއި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް އެރަށަށް ގޮސްތިބި ބިދޭސީ މަސައްކަތްތެރިންގެ ޢަދަދު 628 އަށް އަރާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވަނީ ވިދާޅުވެފަ އެވެ.Source link

Leave a Reply

Related Articles