• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކުރެއްދޫގައި އެކަހެރިކުރި 90 މީހުންގެ ފަރާތުން ބަލީގެ އަލާމާތްތަށް ނުފެނޭ: މަބުރޫކް

ކުރެއްދޫގައި އެކަހެރިކުރި 90 މީހުންގެ ފަރާތުން ބަލީގެ އަލާމާތްތަށް ނުފެނޭ: މަބުރޫކް



ކުރެއްދޫ ރިސޯޓުގައި އެކަހެި ކުރި 90 މީހުންގެ ފަރާތުން މިހާރު ކޮރޯނާ ނުވަތަ ކޮވިޑް-19ގެ އަލާމާތްތައް ނުފެންނަކަމަށް ކޮރޯނާގެ މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރުން ހަމަޖެއްސި ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެ އެވެ. ކުރެއްދޫ ރިސޯޓަށް އައި އިޓަލީގެ ފަތުރުވެރިޔަކު ރާއްޖެއިން ބޭރަށް ފުރި ފަހުން ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާ ކަން ވަނީ އެނގިފަ އެވެ. އެއާއެކު މިރޭއާ ހަމައަށް އެ ރިސޯޓުން މިހާރު ވަނީ ޖުމްލަ ހަތަރު މީހަކު ކޮރޯނާއަށް ޕޮޒިޓިވް ވެފަ އެވެ. ރިސޯޓު ސްޓޭޓަސް އޮރެންޖް ލެވެލްގައި އޮތް އިރު، ރިސޯޓަށް އަރާ ފޭބުން މަނާކޮށް، ކޮންޓެކްޓް ޓްރޭސްވި ބައެއް މީހުން ވަނީ ރޫމް އައިސޮލޭޓް ނުވަތަ އެކަހަރި ކޮޓަރިއެއްގައި ބައިތިއްބާފަ އެވެ. މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑަސެކެޓްރީކަންވެސް ކުރައްވަމުން ގެންދަވާ މަބްރޫކު ވިދާޅުވީ، އެ ރިސޯޓުން ޖުމްލަ 90 މީހަކު އެކަހެރިކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެ ރިސޯޓުގައި 60 މީހަކު އަދި 25 މީހަކު މިހާރު އެ މީހުން ތިބި ތަނެއްގައި އެކަހެރިކޮށްފައިވާ ކަމަށެވެ. “ޖުމްލަ 90 މީހުންގެ ތެރެއިން ސިމްޓަމްއެއް ނުވަތަ ބަލީގެ އަލާމާތެއް ފެންނާކަށެއް ނެތް،” މަބްރޫކު ވިދާޅުވި އެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން —- ސަން ފޮޓޯ ކުރެއްދޫގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިޔާ ރާއްޖެއިން ފުރުމުގެ ކުރިން ދެ ދުވަހސް ވަންދެން މޭލެގައި މަޑު ކުރި ކަމަށް މިއަދު މެންދުރު މަބްރޫކު ވަނީ ހާމަކުރައްވާފައެވެ. އަދި އޭނާއާ ބައްދަލުވި 15 މީހަކު އެކަހެރިކޮށްފައިވާއިރު، ޓެކެޓް އޮފީހުގައި މަސައްކަތް ކުރި އެކަކު ބަލީގެ އަލާމާތްތައް ފެނިގެން ވަނީ ކަރަންޓީންކޮށްފަައެވެ. އެ މީހަ ރާއްޖެއިން ފުރައިގެން ދިޔުމުގައި، އިހުމާލުވެފައިވާ ކަމަށް ތުހުމަތުވާތީ އެ މައްސަލަ ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމް ފުލުހުންގެ މައްޗަށް އަމުރެއް ނެރުއްވައިފައެވެ. އެކަމާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، އެ ހާދިސާގައި ދެތިން ސިނާރިއޯއެއް އުޅޭ ކަމަށާއި ދެން އެ މައްސަލައިގައި މައުލޫމާތު ހާމަކުރައްވާނީ ފުލުހުން ކަމަށެވެ. އަދި އެމަސައްލަ ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. އަދި އިޓަލީ ފަތުރުވެރިޔާއާ ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރައްމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. “އަޅުގަނޑު ސާފުކޮށް ބުނަން ބޭނުން، މިކަމުގައި އިހުމާލުވާ ފަރާތެއް އޮތް ނަމަ ސަރުކާރުން ފުރިހަމައަށް ފިޔަވަޅު އަޅާނެކަން. އެއީ ވަކި ލެވެލްގައި ވަކި ބޭފުޅެއްތޯ ބެލުމެއް ނޯންނާނެ. އެކަން ކުރިއަށް ދާނެ،” މަބްރޫކު ވިދާޅުވިއެވެ. މިހާރު މުޅި ޖުމްލަ 11 ފަރާތެއް ފަރުކޮޅުފުށީގައި ވަނީ ކަރަންޓީން އަދި އެކަހެރިކުރެވިފައިވެއެވެ. އޭގެ ތެރޭގައި ކުރެއްދޫ އައި ފޯކައިދޫ އިން ބަލީގެ އަލާމާތްތައް ފެނުނު މީހުން ހިމެނެއެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، ކުރެއްދޫއިން އިޓަލީ ފަތުރުވެރިޔާއާ ކޮންޓެކްޓްވި 174 މީހަކު އެބަތިވި ކަމަށެވެ. މިރޭ ކުރެއްދޫއިން ޕޮޒިޓިވްވި އިތުރު ދެ…



Source link

Leave a Reply

Related Articles