• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮރޯނާއަށް އަޅާ ފިޔަވަޅުތަކުން އިގްތިސޯދު ހަލާކުވާ ކަމަށް ބުނެ ކުއްލި މައްސަލައެއް

ކޮރޯނާއަށް އަޅާ ފިޔަވަޅުތަކުން އިގްތިސޯދު ހަލާކުވާ ކަމަށް ބުނެ ކުއްލި މައްސަލައެއް


ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

— ފޮޓޯ: މަޖިލީސް

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ހަތަރު މީހަކު ރާއްޖޭން ފެނުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ސްކްރީން ކުރުމަށް ގާއިމުކޮށްފައިވާ ނިޒާމާ މެދު ސުވާލު އުފެދޭ ކަމަށާއި އެ ކަން ރަނގަޅު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ ބަލައިގަނެ މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެއްވުމަށް ފާސްކުރީ 41 މެންބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ބުނާ ގޮތުން ވެލާނާާ އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް ރާއްޖޭން އެތެރެވި ދެ ފަތުރުވެރިޔަކަށާއި ދެ ބިދޭސީ މީހަކަށް ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންވެފައި ވަނީ ރާއްޖެއަށް އަންނަ ފަތުރުވެރިން ރަނގަޅަށް ސްކްރީން ނުކުރެވުމުން ކަމަށާއި އެހެންކަމުން އެ ކަމުގައި އިހުމާލުވި މީހުނަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޖާބިރު ހުށަހެޅުއްވި މައްސަލާގައިވެ އެވެ.

މި ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާ އާއި އިޓަލީން މީހުން އައުން މަނާ ކުރުމާ ގުޅިގެން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ބަނގުރޫޓުވާން ފަށާފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން އެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން ރާއްޖޭގެ މުޅި އިގްތިސާދަށާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ފުނޑިގެންދާނެ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ސްކްރީން ކުރުމުގެ މަސައްކަތުގައި އިހުމާލުވި މީހުންނަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ހުރިހާ ކަމެއް ރާއްޖޭގެ ދިފާއި ބާރު ކަމުގައިވާ އެމްއެންޑީއެފްއަށް ހަވާލު ކުރުމަށް ޖާބިރު ގޮވާލެއްވި އެވެ.

މީގެ އިތުރުން ރާއްޖެއަށް ފަތުރުވެރިން އައުން މުޅިން މަނާ ކުރުމުގެ ބަދަލުގައި ސްކްރީން ކުރުމުގެ ނިޒާމު ހަރުދަނާކޮށް ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ރާއްޖޭން ބޭރަށް ފޮނުވާލައި އަދި ވައިރަސްއަށް ނެގެޓިވްވާ ފަތުރުވެރިން އެތެރެވާ ގޮތަށް ކަންކަން ހަމަޖައްސަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ރާއްޖޭން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައި ވަނީ އއ. ބަތަލާ ރިސޯޓްގައި ތިބި ދެ ޓޫރިސްޓުންނަށާއި ޅ. ކުރެއްދޫ ރިސޯޓުގެ ދެ ބިދޭސީ މުވައްޒަފަކަށެވެ. އެ ދެ ރިސޯޓުން ވެސް މިހާރު އޮތީ މީހުން އަރާ ނުފޭބޭ ގޮތަށް ބަންދުކޮށްފަ އެވެ. ކުރެއްދޫ ރިސޯޓްގައި 93 މީހަކު ރޫމް ކަރަންޓީނުކޮށްފައިވާއިރު ބަތަލާގައި 11 މީހަކު ވަނީ ރޫމް ކަރަންޓީނުކޮށްފަ އެވެ.

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު ވެސް ވަނީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ފަށާފަ އެވެ. ފޯކައިދޫއަށް ދިވެހި މުވައްޒަފު ދިޔައީ އޭނާގެ ޗުއްޓީގަ އެވެ. އޭނާގެ ހާލަތު އެޗްޕީއޭއިން ދަނީ ކައިރިން ބަލަމުންނެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ކުރެއްދޫއަށް އޮރެންޖް އެލާޓް ނެރެ، އިޓަލީ އާއި ޗައިނާ އިން މީހުން އައުން ވަނީ މަނާކޮށްފަ އެވެ. މި ވަގުތު އެންމެ ބޮޑަށް ވައިރަސް ފެތުރެމުން ދަނީ އިޓަލީންނެވެ. އަދި މި ވައިރަސް އެންމެ ފުރަތަމަ ފެނި ގިނަ ބަޔަކު ޕޮޒިޓިވް ވެފައި ވަނީ ޗައިނާ އިންނެވެ.

ރައްޔިތުންގެ މަޖިލިސް

އަބްދުﷲ ޖާބިރު

ކޮރޯނާ ވައިރަސް

+

ކޮވިޑް-19

Subscribe to Avas daily newsletter

މިލިޔުމާއި ގުޅޭ

ކޮރޯނާއަށް ޕޮޒިޓިވްވި މީހުނާ ކޮންޓެކްޓްވި 173 މީހުން

3

ފޯކައިދޫ ރައްޔިތުން ޕެނިކް ވާން ޖެހޭ ހާލަތެއް ނެތް: މިނިސްޓަރު

އައިޖީއެމްއެޗްގައި ބަލި މީހުނަށް ޒިޔާރާތް ނުކުރެވޭ ގޮތަށް ހަދައިފި

ކޮރޯނާއާ ގުޅިގެން އެމްއެންޔޫގެ ގްރެޖުއޭޝަން ފަސްކޮށްފިSource link

Leave a Reply

Related Articles