• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮރޯނާއަށް އެޅި ފިޔަވަޅުން އިގްތިސާދު ފުނޑުފުނޑުވާ ކަމަށްބުނެ ކުއްލި މައްސަލައެއް

ކޮރޯނާއަށް އެޅި ފިޔަވަޅުން އިގްތިސާދު ފުނޑުފުނޑުވާ ކަމަށްބުނެ ކުއްލި މައްސަލައެއް



ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި މި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ 41 މެމްބަރުންގެ ވޯޓާއެކުއެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ވައިރަހާ ގުޅިގެން ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުން ފަތުރުވެރިން ކުއްލިއަކަށް އައުން މަނާކުރުމަކީ ޓޫރިޒަމް ސިނާއަތަށް ބިލިއަން ޑޮލަރުން އިންވެސްޓުކޮށްގެން ތިބި ވިޔަފާރިވެރިންގެ ވިޔަފާރިތައް ފުނޑުފުނޑު ވެގެންދާނެ ކަމެއް ކަމަށެވެ.
އަދި މީގެ ސަބަބުން އެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންގެ ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށާއި މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ވެގެންދާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
މީގެއިތުރުން ޖާބިރު ވަނީ ވެލާނާާ އިންޓަނޭޝަނަލް އެއާޕޯޓުން ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް ރާއްޖޭން އެތެރެވި ދެ ފަތުރުވެރިޔަކަށާއި ދެ ބިދޭސީ މީހަކަށް ކޮރޯނާއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އަދި މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިން ރަނގަޅަށް ސްކްރީން ނުކުރެވުމުގެ ނަތީޖާ ކަމަށާއި އެކަމުގައި އިހުމާލުވި މީހުންނަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. އަދި މި ބަލިން ސަލާމަތްވުމަށް ރާއްޖެ އިން ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ގޮތުން މިކަން ހައްލު ކުރަން ދިވެހި ސިފައިންނާ ހަވާލު ކުރަންވެސް ޖާބިރު ވަނީ ގޮވާލާފައެވެ.
ކޮރޯނާވައިރަހަށް ރާއްޖެ އިން މިހާތަނަށް ވަނީ ހަތަރު މީހަކު ޕޮޒިޓިވް ވެފައެވެ.



Source link

Leave a Reply

Related Articles