• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑްް-19 ހުއްޓުވޭނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތް: އަމީން

ކޮވިޑްް-19 ހުއްޓުވޭނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތް: އަމީން


ކޮވިޑް-19 އަށް ރާއްޖެ އިން ހަތަރު ބިދޭސީއަކު ޕޮޒިޓިވް ވިޔަސް، އެ ބަލި ރާއްޖޭގައި ބާރަށް ފެތުރުން ހުއްޓުވޭނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތް ކަަމަށް ހެލްތު މިިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ޗައިނާގައި ފެތުރެން ފެށި ހިސާބުން ރާއްޖެ އިން އެޅި ފިޔަވަޅުތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ދެއްވަމުން އަމީންް ވިދާޅުވީ، ފަހަކަށް އައިސް ދުނިޔޭގައި ފެތުރުނު މިފަދަ ބަލިތަކާ އަޅާ ބަލާއިރު، މިއީ އެންމެ ބާރަށް ފެތުރޭ ބަލި ކަމަށެވެ. އެކި ގައުމުތަކުގައި ކޮވިޑް-19 ފެތުރެމުންދާ ގޮތަށް ބަލާއިރު، ބަލީގެ އަލާމާތް ނުފެނި ވެސް ފެތުރޭ ކަަމަށް ތަޖުރިބާކާރުން ދެކެވަަޑައިގަންނަވާ ކަމަށް އަމީން ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން މިހާތަނަށް ކޮށްފައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ދެއްވަން މިނިސްޓަރު އަމީނަށް ޖެހިވަޑައިގަތީ ކާށިދޫ ދާއިރާގެ ޑީއާރުޕީގެ މެމްބަރު އަބްދުﷲ ޖާބިރު، މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.

އެ ގަރާރުގައި ވަނީ ކޮވިޑް-19 ބާރަށް ފެތުރެމުންދާ ގައުމެއް ކަމަށްވާ އިޓަލީން ރާއްޖެ އަށް މީހުން އައުން ވަގުތީ ގޮތުން މަނާކޮށްފައި އޮތުމުގެ ސަބަބުން އިގުތިސާދަށްް ގެއްލުންވާ ކަމަަށެވެ. އެ މައްސަލަ ހައްލުކުރުމަށް، ކޮވިޑް-19 އާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ސިފައިންނާ ހަވާލުކުރަން ވެސް އެ ގަރާރުގައި ޖާބިރު ގޮވާލެއްވި އެވެ.

އެ ގަރާރާ ގުޅިގެން، ހެލްތު މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ކޮވިޑް-19 ފެތުރޭތީ، ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށްޓަކައި ޑަބްލިއުއެޗްއޯގެ ލަފާ ވަރަށް ފުޅާދާއިރާއެއްގައި ސަރުކާރުން ހޯދި އެވެ.

“އެހެން ނަމަވެސް ޑަބްލިއުއެޗްއޯގެ އިރުޝާދުގެ އެންމެ ބޮޑު އަސާސެއް ކަމުގައި ބެލިފައި ވަނީ އެ ގައުމެއްގެ ހާލަތާ ގުޅިގެން އެ ގައުމަކުން އަޅަންޖެހޭ ކަންކަން އެ ގައުމަކުން އެޅުން،” އޭނާ ވިދާޅުވި އެވެ.

Vilivarugai 30 kotareege quarantine facility eh hadhaifi
Mihaaru

އަމީން ވިދާޅުވީ ރާއްޖެ އިން ހުރިހާ ފިޔަވަޅެއް ވެސް އަޅާފައި ވަނީ ރާއްޖެ އަށް ބަލި އައުން ވީހާ ވެސް ލަސްކުރުމަށް ކަމަށެވެ. އެގޮތުން، ކޮށްފައިވާ މުހިއްމު ހުރިހާ މަސައްކަތެއްގެ ތަފްސީލު އޭނާ މިއަދު ދެއްވި އެވެ. ރާއްޖެ އިން ބަލި ފެނިއްޖެ ހާލަތެއްގައި މީހުން ކަރަންޓީނު ކުރުމަށް ކަނޑައަޅާފައިވާ ތަންްތަނުގެ މައުލޫމާތާއި ބަލީގެ އަލާމާތްތައް ފެނުނު މީހުންނާ މެދު އަމަލުކުރި ގޮތުގެ ތަފްސީލު އޭގެ ތެރޭގައި ހިމެނުއްވި އެވެ.

ކޮވިޑް-19 އަށް އަށް ޝައްކުރެވޭ އަލާމާތްތައް ފެންނަ މީހުން އެކަހެރި ކުރަން ސަރުކާރުން ފެސިލިޓީއެއް ފުރަަތަމަ ގާއިމްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. އޭގެ ފަހުން، ކ. ފުނަދު އާއި ކ. ފަރުކޮޅުފުށީގައި ކަރަންޓީނު ފެސިލިޓީއެއް ހެދި އެވެ. އެ އަށް ފަހު ކ. ވިލިވަރުގައި 30 ކޮޓަރީގެ ކަރަންޓީނު ފެސިލިޓީއެއް މިހާރު ވަނީ ގާއިމްކޮށްފަ އެވެ. އެ މަސައްކަތް ނިންމީ އެންމެ 10 ދުވަހުގެ ތެރޭގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުވި އެވެ.

މާލެ އަތޮޅު ވިލިވަރުގައި ހަދާފައިވާ ކަރަންޓީން ފެސިލިޓީގެ ކޮޓަރިތައް.—ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ހެލްތު މިނިސްޓްރީ އާއި އެ މިނިސްޓްރީއާ ގުޅިފައިވާ އެހެން އިދާރާތަކުން ކުރި އެންމެ މުހިއްމު އެއް މަސަައްކަތެއްގެ ގޮތުގައި އަމީން ފާގަކުރެއްވީ ބައްޔާއި މެދު މީހުން ހޭލުންތެރ ކުރުވުމެވެ.

“އަޅުގަނޑުމެން ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ފެބްރުއަރީ މަހުގެ ނިޔަލަށް ވަރަށް މުހިއްމު މަސައްކަތްތަަކެއް ކުރިން. ވަކިވަކި ފަރުދުންގެ ގޮތުގައި މީހުން ހޭލުންތެރި ކުރުމަށްޓަކައި މަސައްކަތް ކުރެވުނު އަދި އާއްމު މައުލޫމާތު އިތުރު ކުރުމަށްޓަކައި މަސައްކަތް ކުރެވުނު. ހަމަ އެހެންމެ ސިއްހީ ދާއިރާގައި ޚިދުމަތް ކުރައްވާ ޚިދުމަތްތެރިން ތަމްރީނު ކުރެވުނު،” އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި، ރާއްްޖޭގައި ކޮވިޑް-19 ފުޅާ ދާއިރާއެއްގައި ފެތުރުން ހުއްޓުވޭނެ ކަމުގެ އުއްމީދު އަދިވެސް އޮތީ މިހާތަނަށް މަސައްކަތްތައް ކޮށްފައިވާ ގޮތުންނެވެ. އެ ބައްޔަށް މިހާތަނަށް ޕޮޒިޓިވް ވި މީހުންނާ ގުޅުން ހުރި މީހުން ރަނގަޅަށް ދެނެގަނެ، އެ ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެހެންކަމުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަަކަށް ބަލާއިރު، މި ބަލި ކޮންޓެއިންް ކުރުމަށް އޮތް އުއްމީދު އަދިވެސް އެބައޮތް،” އަމީން ވިދާޅުވި އެވެ.

ކޮވިޑް-19 އަތުވެދާނެތީ ތައްޔާރުވުމުގެ ޑްރިލްއެއް ކުރިއަށް ގެންދަނީ. މައުލޫމާތު ދީ މީހުން ތަމްރީނު ކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އަމީން ވިދާޅުވި.

ފިޔަވަޅުތައް އެޅީ އިގުތިސާދަށް ވިސްނައިގެން

ކޮވިޑް-19 ފެތުރޭތީ ރާއްޖެ އިން ފިޔަވަޅުތައް އެޅިއިރު، ދެވަނަ ކަމެއްގެ ގޮތުގައި ވިސްނާފައި ވަނީ އިގުތިސާދަށް އެކަމުގެ ސަބަބުން ކުރިމަތިވާނެ މައްސަލަތައް ކުޑަކުރުން ކަމަށް ވެސް އަމީން ވިދާޅުވި އެވެ. އިގުތިސާދީ ގޮތުން ރާއްޖެ އަށް ކުރިމަތިވެދާނެ ތަފާތު ހާލަތްތަަކަށް ވިސްނައި، އެ އިން ކޮންމެ ހާލަތެއް މެދުވެރިވިޔަސް، އަމަލުކުރާނެ ގޮތްތަކެއް ދުރާލައި ރާވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުން، ރާއްޖެ އަށް އިގުތިސާދީ ގޮތުން ކުރިމަތިވެދާނެ ހާލަތްތަކާ ބެހޭ މައުލޫމާތު ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް ވަނީ ދީފަ އެވެ.

“މީގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ފިނޭންސް މިނިސްޓްރީ އާއި ކަމާ ބެހޭ ހުރިހާ ފަރާތެއް ހިމެނޭ،” އޭނާ ވިދާޅުވި އެވެ.



Source link

Leave a Reply

Related Articles