• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19: ށ، ފޯކައިދޫ މީހަކު އެރަށުން، ކަރަންޓީނު ފެސިލިޓީއަށް ގެންދަނީ

ކޮވިޑް-19: ށ، ފޯކައިދޫ މީހަކު އެރަށުން، ކަރަންޓީނު ފެސިލިޓީއަށް ގެންދަނީ


މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވަރައިސް (ކޮވިޑް-19) އަށް ޝަކުކުރެވޭ މީހަކު ށ. ފޯކައިދޫއިން، ކަރަންޓީނު ފެސިލިޓީއެއް ކަމަށްވާ ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.އެޗްޕީއޭއިން ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ. ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި މީހާއަކީ ކުރެއްދޫ ރިސޯޓުގެ މުވައްޒިފެއް ކަމަށެވެ. އެޗްޕީއޭއިން ބުނީ މިކަމުގެ އިތުރު މައުލޫމާތު ޙިއްސާ ކުރަމުންދާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ކުރެއްދޫ ރިސޯޓުގައި މަސައްކަތްކުރާ ފޯކައިދޫއަށް ނިޞްބަތްވާ ދެ މީހަކު ވަނީ ފޯކައިދުއަށް ގޮސްފަ އެވެ.ފޯކަައިދޫ ހެލްތު ސެންޓަރު ހިންގެވުމާއި ޙަވާލުވެ ހުންނެވި އަޙްމަދު އަންވަރުއާ ޙަވާލާދީ ސީއެންއެމްގައި ރިޕޯޓު ކޮށްފައިވާގޮތުން، ހޮނިހިރު ދުވަހު ކުރެއްދޫ އައިލެންޑް ރިސޯޓުން ކޮރޯނާއަށް ޝައްކުކުރެވި މީހަކު ކަރަންޓީންކުރި ޚަބަރު ފެންމަތިވިއިރު އެ ރިސޯޓުގައި މަސައްކަތް ކުރާ އެރަށުގެ ޒުވާނަކު ހުރީ ރަށުގަ އެވެ. އެހެންކަމުން އޭނާ ގޭގައި އައިސޮލޭޓްކޮށްފައިވާ ކަމަށް ވެއެވެ. އަދި އޭނާ ގޭގައި އައިސޮލޭޓް ކުރެވުނުއިރު އޭނާ ވަނީ ރިސޯޓުން އައިސް ޢާއިލާގެ މެންބަރުންނާއެކު ވެސް ވަގުތު ހޭދަކޮށްފައިވާ ކަމަށްވެސް ވެއެވެ.އަންވަރު ވިދާޅުވެފައިވަނީ، އެ ޢާއިލާގެ ނުވަ މީހަކު ހުރީ ސެލްފް އައިސޮލޭޝަނެއްގައި ކަމަށެވެ.އެރަށުގެ “ކޮވިޑް-19 ޓާސްކް ފޯސް” ގައި ވެސް ހިމެނިވަޑައިގަންނަވާ އަންވަރު ވިދާޅުވެފައިވާ ގޮތުގައި، އެ ރިސޯޓުގައި މަސައްކަތްކުރާ އިތުރު ޒުވާނަކު އޭނާގެ ޢާއިލާއާއެކު ރަށަށް އަންނަ ޚަބަރު އާދިއްތަ ދުވަހު ލިބިފައިވާ ކަމަށެވެ. އަދި މަނަދޫ ލޯންޗެއްގައި އެމީހުން އާދިއްތަ ދުވަހުގެ ހަވީރު ރަށަށް އައުމާއެކު އައިސޮލޭޓްކޮށްފައިވާކަމަށް ވެސް ވިދާޅުވެފައި ވެއެވެ.އަންވަރު ވިދާޅުވެފައިވަނީ، އޭނާ އައީ އޭނާގެ އަނބިމީހާއާއި ދަރިފުޅާ ވެސް އެކުގަ ކަމަށެވެ. ދެން އެ ލޯންޗުގައި އައީ އެލޯންޗުގެ ކައްޕި ކަމަށްވެސް އަންވަރުއާ ޙަވާލާދީ ސީއެންއެމްގައި ރިޕޯޓު ކޮށްފައި ވެއެވެ.ކުރެއްދޫ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުން ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވް ވެފަ އެވެ.



Source link

Leave a Reply

Related Articles