• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ މާގިރި ހޮޓަލާއި، ޔުނިވަރސަލްގެ ޓިކެޓު އޮފީހަށް ދިޔަ

ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ މާގިރި ހޮޓަލާއި، ޔުނިވަރސަލްގެ ޓިކެޓު އޮފީހަށް ދިޔަ


ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޤައުމަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ މާގިރި ހޮޓަލާއި، ޔުނިވަރސަލްގެ ޓިކެޓު އޮފީހަށް ދިޔަކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.އެޗްޕީއޭއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ ކޭސްއާ ގުޅިގެން ކުރިއަށް ގެންދިޔަ “ކޮންޓެކްޓް ޓްރޭސިންގ” އަށްފަހު، ދެ ދުވަހު ( 1 މާރޗުން 2 މާރޗަށް) އެ ފަތުރުވެރިޔާ މާލޭގައި ހުންނަ މާގިރި ހޮޓަލުގައި މަޑުކޮށްފައިވާކަން އެނގިފައިވާ ކަމަށާއި، އެ ފަތުރުވެރިޔާއާ “ކޮންޓެކްޓް” ވެފައިވާކަމަށް ޤަބޫލު ކުރެވޭ 13 މީހަކު މިހާރު ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.އޭގެ އިތުރުން، އެ ފަތުރުވެރިޔާ ޔުނިވަރސަލްގެ ޓިކެޓިންގ އޮފީހަކަށް ޒިޔާރަތް ކޮށްފައިވާތީ އެތަނުގައި މަސައްކަތް ކުރާ އެކަކު ފަރުކޮޅުފުށީގައި ކަރަންޓީން ކުރެވިފައިވާ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.ބަޔާނުގައި އިތުރަށް ބުނީ، ށ ފޯކައިދޫގައި ހުރި ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސެއްވެސް އެކަހެރިކޮށް، ޓެސްޓު ކުރުމަށް ފަރުކޮޅުފުއްޓަށް ގެނެވިފައިވާ ކަމަށެވެ.ރާއްޖެއިން ކޮވިޑް-19 ގެ 4 ކޭސްއެއް ފެނިފައިވުމާއެކު ރާއްޖޭގެ ނެޝަނަލް އެލަރޓް ލެވެލް ވަނީ ރީނދޫ އެލަރްޓްގައެވެ. އޭގެ އިތުރުން، ކުރެއްދޫ އައިލެންޑް ރިސޯޓު އޮތީ އޮރެންޖް އެލަރޓްގައި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.



Source link

Leave a Reply

Related Articles