• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެ އެއްކޮށް ލޮކްޑައުންއަކަށް ނުދާނެ

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެ އެއްކޮށް ލޮކްޑައުންއަކަށް ނުދާނެ


ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެ މީހަކު ފެނުނު ކަމުގައިވީ ނަމަވެސް، ރާއްޖެ އެއްކޮށް ލޮކްޑައުންއަކަށް ނުދާނެ ކަަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަައް ސާފުކޮށްދެއްވަމުން، އަލީ ވަހީދު ވިދާޅުވީ ރާއްޖެ އެއްކޮށް ބަންދުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އިގްތިސާދު އެއްކޮށް ފުނޑުފުނޑު ކޮށްލުމަކީ ކުރެވޭނަ ކަމެއް ނޫން ކަމަށާއި، ލޮކްޑައުން ކުރުމަކީ ރާއްޖޭގެ އިގްތިސާދަށް އުފުލޭނެ ބުރައެއް ނޫންކަމަށް ވިދާޅުވިއެވެ.އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އެއްކޮށް ފުނޑުފުނޑުވެ ކާބޯތަކެއްޗަށް ޖެހޭ ހާލަތެއް މި ސަރުކާރުން ކުރިމަތިވިޔަ ނުދޭނެ ކަމަށާއި، އެފަދަ ކަމަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ސަރުކާރުން އަންނަނީ މިކަމާއި ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ކަމަށާއި، އެކަށީގެންވާ ވަރުގެ ފިޔަވަޅުތަކެއް އެޅިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.އޭގެ އިތުރުން، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މުޒާރައާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަލީ ވަހީދު ވިދާޅުވީ، އެއީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ހާލަތެއްގައި، އެކަމަށް ވެސް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވިއެވެ.ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ދެ ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ. އެއީ ޗައިނާ އަދި އިޓަލީއެވެ. އޭގެ އިތުރުން ދެކުނު ކޮރެއާގައި މި ބަލި އެންމެ ގަދައަށް ފެތުރެމުން އަންނަ ދެ ސަރަހައްދަކުންވެސް ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ.Source link

Leave a Reply

Related Articles