• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19 އާގުޅިގެން ކަންބޮޑުނުވެ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެއްގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި

ކޮވިޑް-19 އާގުޅިގެން ކަންބޮޑުނުވެ ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއެއްގޮތަށް އަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި


ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން މިދަނީ ކުރަމުންކަމަށާއި، ހާސްކަމާއި ކަންބޮޑުވުމުގެ ތެރެއަށް ރައްޔިތުން ނުދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު އިލްތިމާސްކުރައްވައިފި އެވެ.ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ނުގޮސް ޑޮކްޓަރުންނާއި އެޗްޕީއޭގެ ލަފަޔާއި އިރުޝާދަށް ޢަމަލުކުރަމުން ގެންދިޔުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މިހާތަނަށް އާއިރު ރާއްޖެއިން ކޮވިޑް-19 އަށް 2 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއާއެކު ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ، ހޭލުންތެރިވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި, ހުންއައިސް ކެއްސާ، ރޯގާގެ އެއްވެސް އަލާމާތެއް ފެންނަނަމަ ގޭގައި މަޑުކުރުމަށްފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޤާއިމުކޮށްފައިވާ ހޮޓްލައިން ނަންބަރު 1676 އަށް ގުޅާ އެ މަޢުލޫމާތު ހިއްސާ ކުރުމަށް އެޗްޕީއޭ އިންނާއި ހެލްތު މިނިސްޓްރީން ވަނީ އެދިފައެވެ.ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ދެ ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ. އެއީ ޗައިނާ އަދި އިޓަލީއެވެ. އޭގެ އިތުރުން ދެކުނު ކޮރެއާގައި މި ބަލި އެންމެ ގަދައަށް ފެތުރެމުން އަންނަ ދެ ސަރަހައްދަކުންވެސް ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފައެވެ.Source link

Leave a Reply

Related Articles