• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19 ގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނަމާދަށް ނުދިޔުމަށް އަންގައިފި

ކޮވިޑް-19 ގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނަމާދަށް ނުދިޔުމަށް އަންގައިފި


ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއި، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން މިވައިރަސްގެ އަލާމާތެއް ހުރިނަމަ އެމީހަކު މިސްކިތައް ޖަމާޢަތަށް ނުދިޔުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.އެ މިނިސްޓްރީން އެކަން ހާމަކޮށް ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިވައިރަސްގެ އަލާމާތްތައް ކަމަށްބެލެވޭ ހުން އައުމާއި، ކެއްސާ ކިނބިހި އެޅުމާއި، ކަރަންޓީނު ކޮށްފައިވާ ރަށަކަށް އަރާފައިވާ މީހުން، ޢާންމުން އެއްވެ އުޅޭ ޖަމާޢަތްތަކުގެ ތެރެއަށް ނިކުމެ ނޫޅުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތުގެ ޖަމާޢަތައް ކުޑަކުދިންނާއި، މުސްކުޅިން ނުދިޔުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.އިސްލާމިކް މިނިސްޓްރީން ބުނީ މިފަދަ ކަންކަމަކީ ދީނުގައި މިމަގަށް ބާރުއަޅާފައިވާ ކަންކަމެވެ. އަދި މިފަދަ ނުރައްކާތެރި ވައިރަހެއްގެ އަލާމާތްތައް ފެންނަނަމަ މިސްކިތުގެ ޖަމާޢަތަށް ނުދިޔުމަކީ އިސްލާމް ދީނުގެ ރިވެތި އުޞޫލުތަކުގެ ތެރެއިން ހިމެނޭކަމެއް ކަމާމެދު ޝައްކުނުކުރާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ. އަދި މާތްﷲ ގެ އިރާދަފުޅާއެކު މިފަދަ ނުރައްކާތެރި ބައްޔެއްގެ އަލާމާތްތައް ފެންނަ ހިނދު، އެމީހަކު މިސްކިތުގެ ޖަމާޢަތުން އެއްކިބާކުރާ ނަމާދަށް، އެމީހަކަށް ފުރިހަމަ ޞިއްޙަތެއްގައި ވީހިނދު، މިސްކިތުގެ ޖަމާޢަތުގައި ކުރާ ނަމާދަށް ލިބޭ ފުރިހަމަ ޘަވާބު ލިބިގެންދާނެ އެވެ.މިފަދަ ދަނޑިވަޅުތަކުގައި، މާތްﷲ ގެ ރަޙުމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ ފުރިހަމައަށް މާތްﷲ އަށް ވަކީލު ކުރުމަށާއި، ގިނަ ގިނައިން ދުޢާކޮށް އުޅުމަށް ނަޞޭޙަތްތެރިވާކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ. އަދި އެއިރަކަށް ބޭނުންވާ ދީނީ މަޢުލޫމާތު ޢިލްމުވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.



Source link

Leave a Reply

Related Articles