• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19: ސަރުކާރު އޮތީ ތައްޔާރަށް!

ކޮވިޑް-19: ސަރުކާރު އޮތީ ތައްޔާރަށް!


ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރެމުންދިޔަ އިރު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަށްވެސް އެވައިރަސްގެ އަސަރު ފޯރާ، ކޮވިޑް-19 ބަލި ރާއްޖެއަށް އަންނާނެކަން އެންމެންވެސް ޤަބޫލުކުރިއެވެ. ސަބަބަކީ ބަލި ފެތުރެމުން ދާ ސްޕިޑާއި، ރާއްޖޭގެ އިޤްތިޞާދު އެކަމެއްގެ މައްޗަށް ބަރޯސާ ވެފައިވާ ފަތުރުވެރިކަން ހުއްޓާލެވެން ނެތަތީ، އެކަން ކުރިއަށް ދިޔުމެވެ.ވައިރަސް އައިސް ގާދޫކޮލުން އެތެރެވި އިރު، ދިވެހި ސަރުކާރު އޮތީ އެކަމަށް ތައްޔާރުވެފައިކަމަށް ފެނެއެވެ. މީޑިއާގައި މާބޮޑަށް އެކަމުގެ ވާހަކަ ނުދައްކައި އެންމެ 10 ދުވަސްތެރޭގައި ޓޫރިޒަމް މިނިސްޓްރީ އިސްވެ އޮވެ ކުރިން ރިސޯޓް ހިންގި ރަށެއްގައި އެވަނީ އައިސޮލޭޝަން ފެސިލިޓީއެއް ޤާއިމްކޮށްފައެވެ. ރާއްޖޭގެ ނިސްބަތުން އެކުރެވުނީ ވަރަށް ބޮޑު މަސައްކަތެކެވެ. ޗައިނާގައި މަދު ދުވަސްކޮޅަކުން ހޮސްޕިޓަލެއް އެޅުމެކޭ، މިކަމާ މާބޮޑު ތަފާތެއް ނެތެވެ.ރާއްޖެއިން ބަލި ފެނުމުގެ މާ ކުރިން ކަރަންޓީން ސެންޓަރެއްގެ އިތުރުން އައިސޮލޭޝަން ފެސިލީޓީއެއް ޤާއިމްކުރުމުން، އެއިންވެސް އެނގިގެންދަނީ އެކަމަށް ތައްޔާރުވެފައިވާ ކަމެވެ. ހެލްތު މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ކުރަމުންދާ މަސައްކަތަށް ބަލާލުމުން، ރާއްޖެއިން ކޮވިޑް-19 ފެނުނުނަމަވެސް އެކަމާ ކުރިމަތިލެވޭނެ ޤާބިލްކަން ދިވެހި ސަރުކާރުގައި ހުރިކަން ދިވެހި ރައްޔިތުންނަށް މިހާރު ޤަބޫލުކުރެވޭނެއެވެ.އައިސޮލޭޝަން ފެސިލިޓީ ހެދުމުގެ މަސައްކަތަކީވެސް ކުޑަ މަސައްކަތެއް ނޫނެވެ. މިނިސްޓްރީގެ މުވައްޒަފުންނާއި މަސައްކަތުގައި އުޅުނު އެންމެން ރަށުގެ އަތިރި މަތީގައި ނިދައިގެން، އެރަށުގެ ވަށައިގެންވާ މޫދުން ފެންވަރައިގެން ފުރަތަމަ ދެތިން ދުވަހު އުޅެ. އެމަސައްކަތް ނިންމާލުމުން، އެކަމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރެވެއެވެ. އަދި އައިސޮލޭޝަން ފެސިލިޓީއާއި ފަރުކޮޅު ފުށީގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީއަކީ މިވަގުތު ދުނިޔޭގެ އެކި ޤައުމުތަކުގައި ޤާއިމްކޮށްފައިވާ މިފަދަ ފެސިލިޓީތަކުގެ ތެރެއިން އެންމެ ހިތްގައިމު ތަންތަންކަމަށް ބައެއް މީހުން ބުނެއެވެ. ކަރަންޓީނުގައި ތިބޭ މުއްދަތަކީ މަދު ދުވަސްތަކެއް ނޫނެވެ. އެހެންކަމުން ފަރުކޮޅުފުށިން ފެންނަ ފަދަ ރީތި މަންޒަރެއް ފެންނަން ހުރެއްޖެނަމަ ހިތަށް ލިބޭ ހަމަޖެހުން ބޮޑުވާނެ ނޫންތޯއެވެ؟

ކޮންމެއަކަސް، 10 ދުވަސްތެރޭ ޤާއިމްކުރި އައިސޮލޭޝަން ފެސިލިޓީއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ގެއްލުން ވީހާވެސް ކުޑަވާނެ ގޮތަކަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން، ސަރުކާރުން ކޮވިޑް-19 އަށް ތައްޔާރުވެފައިވާ މިންވަރު ފެނެއެވެ. ދެން އޮތީ އަޅުގަނޑުމެން ރައްޔިތުން ކެތްތެރިވުމެވެ. ސަރުކާރުގެ އިދާރާތަކުން އަންގާ ގޮތަށް އަމަލުތައް ބެހެއްޓުމެވެ. ހާސް ނުވެ، ފިހާރަތަކުގައި ހުރި ހުރިހާ އެއްޗެއް ގަނެ ގެއަށް ނުވައްދައި، ސާފުތާހިރުކަމަށް އިސްކަން ދިނުމެވެ.



Source link

Leave a Reply

Related Articles