• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް- 19: ސްޕޯކްސްޕަރސަން އަކަށް މަބްރޫކް ހަމަޖައްސައިފި

ކޮވިޑް- 19: ސްޕޯކްސްޕަރސަން އަކަށް މަބްރޫކް ހަމަޖައްސައިފި


މިހާރު ދުނިޔޭގައި ފެތުރެމުންދާ ނޮވެލްކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން ރާއްޖޭގެ ހާލަތާއި ގުޅޭ މައުލޫމާތު ދޭން ހާއްސަ ސްޕޯކްސްޕަރސަން އަކަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އަންޑަ ސެކެރެޓަރީ މަބްރޫކް އަޒީޒް ހަމަޖައްސައިފިއެވެ.ރާއްޖެއިން މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ދެ މީހަކު ފެނިފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރ އަމީން ވަނީ ކޮވިޑް-19 އަށް ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރާ ދެ ބިދޭސީއަކު ޕޮޒިޓިވްވެފައިވާކަން އިއުލާނުކުރައްވާފައެވެ.މި ނޫސްވެރިންގެ ބައްދަލުވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ އެންމެ ފުރަތަމަވެސް އަހަންމިއްޔަތުކަން ދެއްވީ ރައްޔިތުންނާ ހަމައަށް މި ޚަބަރުތައް ގެނެސްދީ، ކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކަމަށެވެ.އެގޮތުން މިއީ ރައްޔިތުން ކަންބޮޑުނުވެ، ސަރުކާރުގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމުގެ ވަގުތުކަމަށާއި އެންމެ ބޮޑު ސަމާލުކަމެއް ދެއްވަނީ މި ބަލިން ރައްޔިތުން ސަލާމަތް ކުރެއްވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުއްވުމަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.Source link

Leave a Reply

Related Articles