• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ކޮވިޑް-19: ޓާސްކްފޯހުން ކުރަމުންދާ މަސައްކަތުގައި ދިވެހި ރެޑް ކްރެސެންޓުން ދަނީ ބައިވެރިވަމުން

ކޮވިޑް-19: ޓާސްކްފޯހުން ކުރަމުންދާ މަސައްކަތުގައި ދިވެހި ރެޑް ކްރެސެންޓުން ދަނީ ބައިވެރިވަމުން


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖެއިން ވެސް ފެނުމާއި ގުޅިގެން ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސަރުކާރާއި އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކްފޯހާއެކު މަސައްކަތް ކުރަމުންދާ ކަމަށް އެޖަމާއަތުން ބުނެފި އެވެ.ކޮވިޑް-19 އާ ގުޅިގެން ދަރުބާރުގޭގައި ގާއިމުކޮށްފައިވާ، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރެޑް ކްރެސެންޓުން ބުނީ ދުނިޔޭގައި ކޮވިޑް-19 ފެތުރެން ފެށުމާ ގުޅިގެން އެޖަމާއަތުން އެވައިރަހާބެހޭ ގޮތުން ލިބެންހުރި މައުލޫމާތު އާންމުނަށް ފޯރުކޮށްދީ، މިބަލި ފެތުރުން ހުއްޓުވުމަށްޓަކައި އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.މިހާރު މިވައިރަސް ރާއްޖެއަށްވެސް އައިސްފައިވާތީ، ވައިރަސް އިތުރަށް ފެތުރަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، ވައިރަސް ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ކައުންސިލިން ދިނުންފަދަ މަސައްކަތްތުގައި ރެޑް ކްރެސެންޓުގެ ވޮލަންޓިއަރުންނާއި މުވައްޒަފުން ހަރަކާތްތެރިވަމުން ދާކަމަށް ވެސް އެޖަމާއަތުން ބުނެއެވެ.ދިވެހި ރެޑް ކްރެސެންޓުން ބުނީ، އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި ސާފުތާހިރު އިތުރުކޮށް، ބަލި ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމާއި، ބައްޔާ ގުޅުންހުރި އަލާމާތްތަކާއި، އެހެނިހެން މައުލޫމާތު ހިއްސާކުރުމަށް، ރެޑް ކްރެސެންޓުގެ ވޮލަންޓިއަރުން ދަނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަމުން ކަމަށެވެ. މި ޕްރޮގްރާމްގެ ތެރެއިން ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރުމުގެ މަސައްކަތް މިވަގުތު ކުރެވެމުންދާ ކަމަށްވެސް ރެޑް ކްރެސެންޓުން ބުނެއެވެ.ރެޑް ކްރެސެންޓުން ބުނީ، ކޮވިޑް-19ގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވޮލަންޓިއަރުން ހިންގި ދޮރުން ދޮރަށް ހިނގުމުގެ ޕްރޮގްރާމް މިވަގުތަށް ހުއްޓާލާފައިވަނީ ބަލި ރާއްޖެއިން ފެނުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.މީގެއިތުރުން ކޮވިޑް-19އަށް ޝައްކުކުރެވޭ ފަރާތްތަކާއެކު ރެޑް ކްރެސެންޓުން ކުރަމުންދާ ހަމައެކަނި މަސައްކަތަކީ ނަފްސާނީ އިޖުތިމާއީ އެހީތެރިކަން (ސައިކޯ ސޯޝަލް ސަޕޯޓް) ފޯރުކޮށްދިނުން ކަމަށެވެ. ކޮވިޑް-19 އަށް ޝައްކުކުރެވިގެން އެކަހެރި ކުރެވޭ ފަރާތްތަކަށް ޕީއެސްއެސް ފޯރުކޮށްދެމުންދަނީ ފޯނު މެދުވެރިކޮށް، ރައްކާތެރި މާހައުލެއްގައި، ޕީއެސްއެސްގެ ތަމްރީން ލިބިފައިވާ ހާއްސަ ވޮލަންޓިއަރުންގެ ޓީމަކުން ކަމަށްވެސް ދިވެހި ރެޑް ކްރެސެންޓުން ބުނެއެވެ.ކޮވިޑް-19ގެ ޓާސްކްފޯހާ އެއްގޮތަށް ދިވެހި ރެޑް ކްރެސެންޓުން ވެސް ބުނީ، މިއީ ހާސްވެ، ކަންބޮޑުވާންވީ ވަގުތެއް ނޫން ކަމަށާއި ބޭންނުންވަނީ، ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކާއެއްގޮތަށް އަމަލުކޮށް، އެންމެންވެސް ސާފު ތާހިރުކަންމަތީ އަދި ރައްކާތެރިކަމާއެކު ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ.



Source link

Leave a Reply

Related Articles