• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އަންހެނުންނާ މެދުކުރާ ތަފާތުކުރުން ނައްތާލަން ޕާލިމަންޓްރީ އިންކުއަރީއެއް ހިންގަން ހުށައަޅައިފި

އަންހެނުންނާ މެދުކުރާ ތަފާތުކުރުން ނައްތާލަން ޕާލިމަންޓްރީ އިންކުއަރީއެއް ހިންގަން ހުށައަޅައިފި


ދިވެހިރާއްޖޭގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތައް ނައްތާލުމަށް، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ގަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށްޓަކައި ޕާލިމަންޓަރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ޤަރާރެއް ހުށަހަޅައިފިއެވެ.ރާއްޖޭގައި، އެކި ދާއިރާތަކުގައި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއް ގެނައުމަށްޓަކައި ނުވަތަ ކުޑަކުރުމަށްޓަކައި ކުރާ މަސައްކަތުގައި، ކަމާގުޅޭ ސިޔާސަތުތަކާއި، ނިޒާމުގައި ހުރި ހުރަސްރަކާއި ތަފާތު ކުރުންތައް ދެނެގަތުމަށް އިންކުއަރީ އެއް ހެދުމަށް ގޮވާލާ ގަރާރެއް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެެ.ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންކުރާ އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސްގޮތަކުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމާއި އެ ޙައްޤުތަކާއި މިނިވަންކަން ލިބުމުގައި ޖިންސަށް ބަލައިތަފާތުކޮށްގެން ނުވާނެކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ހުށަހެޅުއްވި މި ގަރާރުގައި ވާގޮތުން އަންހެނުންނަކީ ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 49 އިންސައްތަ ކަމަށްވާއިރު، އަންހެނުންނާމެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއް ގެނެސް، އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި އަންހެނުންގެ ފުރިހަމަ ހިއްސާ ޤައުމީ ތަރައްޤީގައި އޮތުމަކީ ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނެ ކަމެއް ކަމަށެވެ.އެހެން ކަމުން ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާއިރު، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެންމެ ފަހުން ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުން، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލުތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުން ގަރާރުގައި ފާހަގަކޮށްފައިވެއެވެ.އަދި ޤައުމީ ތަރައްޤީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި، ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯރމްސް އޮފް ޑިސްކްރިމިނޭޝަން އެގެއިންސްޓް ވިމެން (ސީޑޯ) މުޢާހަދާގެ 16 ވަނަ މާއްދާގެ (1) ވަނަ ނަންބަރާއި، އެ މާއްދާގެ (2) ވަނަ ނަންބަރަށް ދިވެހިރާއްޖެއިން ކޮށްފައިވާ އިއުތިރާޟު ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމައި، ރައްޔިތުންގެ މަޖިލީހުން ވެސް ނިންމި ނިންމުންވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެދަށުން ހުށަހެޅި މި ގަރާރުގައި ވަނީ، އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގައި އަދި، އަންހެނުންނާމެދު ކުރާ ތަފާތުކުރުންތައް ނައްތާދުމަށްޓަކައި ރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކާއި ޤަވާއިދުތަކާއި، ސިޔާސަތްތަކާއި، ނިޒާމުގައި ކުރި ދަތިތަށް ޙައްލުކުރުމަށްޓަކައި އެތައް މަސައްކަތެއް ކުރެވިފައިވާކަމަށެވެ. ނަމަވެސް އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށްޓަކައި މީގެ އިތުރުންވެސް ކަންކަން ކުރަންޖެހިފައިވާ ކަމަށެވެ.އަދި މުޖްތަމައުގައި އަންހެނުންނާމެދު ކުރާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށާއި، ދިވެހި މުޖްތަމަޢުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު މަގު ފަހިކޮށްދިނުމަށް ގޮވާލާފައިވެއެވެ. އަދި މިކަމާއި ގުޅިގެން ހެދޭ ޕާލިމަންޓެ އިންކުއަރީއަށް ފަހު، އެކަމަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކާއި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށް އެ ކޮމިޓީގެ ރިކޮމެންޑޭޝަންސްތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ގޮވާލާފައިވެއެވެ.Source link

Leave a Reply

Related Articles