• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އާޒިމާގެ ޝަރީއަތް: ހެކީން ހުށަހެޅިފަހުން، ކުށަކީ ކޮބައިކަމެއް އާޒިމާއަށް ސާފެއްނުވި!

އާޒިމާގެ ޝަރީއަތް: ހެކީން ހުށަހެޅިފަހުން، ކުށަކީ ކޮބައިކަމެއް އާޒިމާއަށް ސާފެއްނުވި!


އިބްތިދާއީ އަޑުއެހުންތައް ބާއްވާ، ކުށް ސާބިތު ކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައިވަނިކޮށް، ކުށް ސާފުނުވާ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އާޒިމާ ވިދާޅުވީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ، ރަސްމީ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއަކާއި، މަނީ ލޯންޑަރިންގއަށް މަގު ފަހިކޮށްދިނުމުގެ ދަޢުވާ ސާފުވާންޖެހޭ ކަމަށެވެ.ދަޢުލަތުގެ ވަކީލާ ވިދާޅުވީ، މީގެކުރިން އިބްތިދާޢީ އަޑުއެހުންތަކެއް ބާއްވާފައިވާ ކަމަށާއި އެ އަޑުއެހުންތަކުގައި، ޝަރީޢަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން، ދަޢުވާގެ ލިޔެކިޔުންތައް ޙަވާލު ކުރެވި، ޝަރީޢަތުގެ ކުރިން ހުށަހަޅަންބޭނުންވާ ހުށަހެޅުންތައް އަދި ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމުގެ ފުރުޞަތު ދީފައިވާ ކަމަށެވެ. އަދި ދަޢުވާ އިއްވާ، ދަޢުވާއާ ގުޅިގެންވެސް އާޒިމާގެ ފަރާތުން ވާހަކަދައްކާފައިވާއިރު، އޭރު ނުދައްކާ ވާހަކަތަކެއް މިހާރު ދެއްކުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.ދަޢުލަތުގެ ވަކީލާ ވިދާޅުވީ، މި ދަޢުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމާފައިވާ ކަމަށާއި، އަދި ޝަފަޢީ ހެކިން ވެސް އެންމެފަހުން ބޭއްވި އަޑުއެހުމުގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ހެކިންނާ ގުޅިގެންވެސް އާޒިމާ ވާހަކަދައްކަވާފައިވާ ކަމަށާއި، އަދި އާޒިމާގެ މައްޗަށް ކުރާ ދެ ދަޢުވާއާ ގުޅިގެން، ޝަރީޢަތުގެ ކުރިން ހުށަހަޅަންޖެހޭ ކަންކަން ބަލައިގަތުމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އިތުރު އަޑުއެހުމެއް ބޭއްވޭނެ ކަމަށް ގާޒީ ވިދާޅުވެފައިވާ ކަމަށެވެ.އެހެންކަމުން އިބްތިދާޢީ މަރުޙަލާ އަލުން ފަށަންޖެހޭކަމަށް ޤަބޫލު ނުކުރައްވާ ކަމަށްވެސް ދަޢުލަތުގެ ވަކީލާ ވިދާޅުވި އެވެ. ނަމަވެސް އާޒިމާ ތަކުރާރުކޮށް ވިދާޅުވީ، ދަޢުވާގައި ބުނާ ކުށަކީ ކޮބައިކަން އޭނާއަށް ސާފުވާން ޖެހޭ ކަމަށެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ އާޒިމާއަށް ދަޢުވާއިން ބަރިއްޔަވުމަށް އެކަށީގެންވާ ފުރުޞަތު ދެވިފައިވާ ކަމަށާއި އަދި މަދަނީ މިންގަނޑުން މި ދަޢުވާ ކުރިއަށް ގެންދިއުމަށް ގާޒީ ނިންމަވާފައިވެސް ވާކަމަށެވެ. ނަމަވެސް އާޒިމާ ވިދާޅުވީ މިމައްސަލަ ކުރިން ބެއްލެވި ގާޒީ އަޙްމަދު ހައިލަމް އެ ސުވާލު ކުރުމުގެ ފުރުޞަތު ދެއްވާފައިނުވާކަމަށެވެ.ނަމަވެސް ދައުލަތުގެ ވަކީލާ ވިދާޅުވީ، އާޒިމާއަށް ވާހަކަ ދެއްކުމުގެ ފުރުޞަތު ގާޒީ ދެއްވާފައިވާ ކަމަށާއި އަދި ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު ވެސް ލިބިލެއްވިކަމަށެވެ. ނަމަވެސް ދަޢުލަތުގެ ވަކީލާ ވަނީ ކޮންމެވެސް ވަރަކަށް ކުށަކީ ކޮބައިކަން އާޒިމާއަށް ސާފުކޮށްދިނުމަށް މަސައްކަތްވެސް ކުރައްވާފަ އެވެ.އެގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ)ގެ ކުރީގެ ރައީސް ޙަސަން ލުޠުފީއާއި، އެކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ފުލުހުންގެ ތަހުޤީޤަށް ދީފައިވާ ބަޔާނުން އާޒިމާ އޭސީސީއަށް ދޮގު މަޢުލޫމާތު ދީފައިވާކަން ހާމަވާ ކަމަށެވެ. އެގޮތުން ރައީސް އޮފީހުން އާޒިމާ ފޮނުވި ސިޓީއެއްގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.އާޒިމާގެ އެ ސީޓީއާ ގުޅިގެން އޭސީސީ ޤަބޫލުކޮށްގެން ތިބީ، އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެ އެއްމިލިއަން ޑޮލަރު ކަމަށެވެ. ނަަމަވެސް އެ އެއް މިލިއަން ޑޮލަރުގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާއެއްކަން އޭސީސީއަށް އެނގިފައިނުވާތީ އޭސީސީއަށްވެސް އެކަމުގެ ތަހުޤީޤެއް ހިންގިފައި ނުވާކަމަށެވެ. އަދި ރައީސް ޔާމީން ހިންގެވި މަނީ ލޯންޑަރިންގ ކަންކަން ފުރިހަމަވެގެން ގޮސް، ޚިޔާނާތުގެ ފައިސާ އިންވެސްޓްމަންޓް އެކައުންޓެއްގައި ބަހައްޓައިގެން 36 މަސް ވަންދެން އޭގެން ފައިދާ ނަގައި، އެހެން ގޮތަކަށް ހޯދި ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އޮޅުވާލައި، ރައީސް ޔާމީން މަނީ ލޯންޑަރިންގ ޢަމަލު ހިންގުމަށް އާޒިމާ މަގުފަހިކޮށްދީ އަދި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތުު ދީފައިވާކަން ދަޢުލަތަށް ޤަބޫލު ކުރެވޭ ކަމަށެވެ.އަޒިމާ ވަނީ، އޭސީސީއަށް ފޮނުވި ސިޓީގައި އޮތީ ރަނގަޅު ބޭންކް އެކައުންޓް ނަންބަރެއް ނޫންކަން ވެސް ފާހަގަ ކުރައްވާފަ އެވެ. އެކަމާ ގުޅިގެން ދަޢުލަތުގެ ވަކީލާ ވިދާޅުވީ މުޅި ސިޓީ ކިޔާލުމުން އެއީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެސްއޯއެފް ކިޔާ ކުންފުންޏެއް މެދުވެރިކޮށް، ރައީސް ޔާމީނުގެ އެކައުންޓަށް ވަދެފައިވާ ފައިސާކަން އެނގޭއިރު، އެފައިސާ އެސްކްރޯ އެކައުންޓެއް ހުޅުވާ، އެ އެކައުންޓަށް ޖަމާކުރުމަށް އޭސީސީއާ އެކުވި އެއްބަސްވުމެއްގެ ދަށުން އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރާ ފައިސާކަން އެނގޭ ކަމަށެވެ. އަދި މަނީ ލޯންޑަރިންގގެ މިމައްސަލަގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން ވެސް އެސްކްރޯ އެކައުންޓެއް ހުޅުވިކަމާއި، އެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އެހެން ފަރާތަކުން ނެގި އެއް މިލިއަން ޑޮލަރު ޖަމާކޮށް، އޮޅުވާލާފައިވާ ކަމަށް އެނގޭ ކަމަށެވެ.ގާޒީ ވިދާޅުވީ، މިމައްސަލާގައި ކުރިއަށްދާނެ ގޮތްތަކެއް ނިންމާފައިވާތީ އެގޮތުގެ މަތީން ކުރިއަށް ގެންދަން ނިންމާ ކަމަށެވެ. އެހެންކަމުން އެންމެފަހުން ބޭއްވި އަޑުއެހުމުން ފެށިގެން ކުރިއަށް ގެންދާގޮތަށް ނިންމާ ކަމަށެވެ.*އެންމެފަހުން ބޭއްވި އަޑުއެހުން (މިދިއަ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު)އާޒިމާގެ މައްޗަށް އުފުލާފައިވާ ދަޢުތަކުގެ ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެންމެފަހުން އެ މައްސަލަތަކުގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ބޭއްވި އިބްތިދާޢީ އަޑުއެހުމުގައި ވަނީ ޝަރީޢަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ހުށައެޅުމެވެ. އެގޮތުން އާޒިމާގެ މައްޗަށް ކުރާ ދެ ދަޢުވާގައި ދަޢުލަތުން ހުށައެޅި ޝަފަޢީ ހެކިންގެ ގޮތުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދާއި، އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީއާއި، ބީއެމްއެލްގެ ކުރީގެ ސީއީއޯ މުޙައްމަދު ޝަރީފު ހިމެނެ އެވެ.އާޒިމާ ވަނީ އެ ހެކިން ބަލައި ނުގަތުމަށް އެދިވަޑައިގަންނަވާފައެވެ.އެގޮތުން ރައީސް ޔާމީނުގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ފާހަގަ ކުރައްވާފައިވަނީ އެމަނިކުފާނަކީ މަނީ ލޯންޑަރިންގެ ދަޢުވާ ލިބޭ ފަރާތް ކަމަށާއި، އެމައްސަލާގައި ދަޢުވާ ލިބޭފަރާތްކަމުން އެމައްސަލައިގައި ހެކިބަސް ނުނެގޭނެ ކަމަށެވެ.މުވައްވިޒު އާއި ލުޠުފީގެ ހެކިބަސް ނުނެގޭނެ ކަމަށް ދެކިވަޑައިގަންނަވާ ސަބަބު ކަމަށް އާޒިމާ ވިދާޅުވެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ ފައިސާތަކެއް ބޭންކަށް ޖަމާވިކަން އެނގިހުރެ އެކަން ހުއްޓުވާފައި ނުވާތީއެވެ. އެގޮތުން މުއައްވިޒު ވަނީ ލުޠުފީއާއެކު ޔާމީނާއި ސުވާލުކޮށްފައިކަމަށާއި އޭނާއަށް އެކައުންޓް ފްރީޒްކުރުމަށް ފުރުޞަތު ލިބި އެކަން ކޮށްފައި ނުވާތީ އޭނާގެ ހެކިބަސްވެސް ނެގިގެން ނުވާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.ބީއެމްއެލްގެ ޝަރީފުގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ވިދާޅުވީ އޭނާއަކީ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު މަޢުލޫމާތު ދީފައިވާ ފަރާތެއްކަމަށާއި، ދޮގު ހެކިބަސް ދިނުމުން އެމައްސަލަ ފުލުހުން ބަލަމުންދާތީ އެ ހެކިބަސް ނުނެގޭނެ ކަމަށެވެ.ޖަވާބުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ޤާނޫނީ ވަކީލު ވަނީ ސަބަބުތަކާއެކު، ހެކިންގެ ހެކިބަސް ނުނެގެންވީ ސަބަބެއް ނެތް ނެތްކަން ފާހަގަކުރައްވާފައެވެ.ޝަރީޢަތުގައި މައްސަލަ ބެއްލެވި ގާޒީ ވަނީ އެސްކްރޯ އެކައުންޓެއް ހެދުން އެއީ ޤާނޫނާއި ޚިލާފު ކަމެއްތޯ އާއި، އެސްކްރޯ އެކައުންޓް ހެދުމަށް ލަފާ ދީފައިވަނީ އާޒިމާ އެކަނިތޯއާއި، ލަފާ ދިނުމަކީ ކުށެއްތޯ ދަޢުލަތާއި ސުވާލު ކޮށްފައެވެ. ދައުލަތުން ބުނެފައިވަނީ އެސްކްރޯ އެކައުންޓް ހެދުން އެއީ ޤާނޫނާއި ޚިލާފު ކުށެއްކަމެއް ދައުލަތުން ޤަބޫލު ނުކުރާކަމަށެވެ. ނަމަވެސް މައްސަލައިގެ ޙާލަތައް ބަލާނަމަ އެއީ ކުށެއް ކަމަށާއި، މަނީ ލޯންޑްރިންގެ ޤާނޫނުގައިވާ ގޮތުން އެކަން ފޮރުވަން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރުމަކީ ކުށެއް ކަމަށް ދަޢުލަތުން ދެކޭ ކަމަށެވެ.* އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލުންއާދިއްތަ ދުވަހުގެ އަޑުއެހުން ނިންމާލެއްވީ، މިހާރު އާޒިމާގެ ޤާނޫނީ ވަކީލެއް ނެތުމުން ޤާނޫނީ ވަކީލެއް ޢައްޔަނު ކުރުމުގެ ފުރުޞަތު މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދެއްވާފަ އެވެ. އަދި އެ ދުވަހު މިމައްސަލައިގެ އަޑުއެހުމެއް ބޭއްވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.މީގެކުރިން އާޒިމާގެ ދެ ދަޢުވާ ވެސް ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމެވެ. ހައިލަމްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލައި، އޭނާ ގާޒީ ކަމުން ވަކިކުރަން ނިންމުމާ ގުޅިގެން ގާޒީ ކަމުގެ މަޤާމުން ހައިލަމް ވަނީ އިސްތިއުފާ ދެއްވާފައެވެ.އެހެންކަމުން އާޒިމާގެ މި ދެ ދަޢުވާ ކުރިއަށް ގެންދަވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ޙަސަން ސަޢީދެވެ.



Source link

Leave a Reply

Related Articles