• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ކުޅިވަރު ⁄ އިޓަލީގެ މުޅި ފުޓުބޯޅަ ސީޒަން ނިންމާލަން ގޮވާލައިފި

އިޓަލީގެ މުޅި ފުޓުބޯޅަ ސީޒަން ނިންމާލަން ގޮވާލައިފިދުނިޔޭގައި ދެވަނައަށް ކޮވިޑް-19 އެންމެ ހަލުވިމަމާ އެކު ފެތުރެމުންދާ އިޓަލީގެ ގިނަ ސަރަހައްދުތައް ލޮކްޑައުން ކުރުމާ ގުޅިގެން އެގައުމުގެ ފުޓުބޯޅަ ސީޒަން އެކީ އެކައްޗަކަށް ނިންމާލުމަށް އެގައުމުގެ އިޓަލައިން ފުޓްބޯލާސް އެސޯސިއޭޝަންގެ ރައީސް ޑަމިއާނޯ ތޮމާސީ ގޮވާލައިފި އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޓަލީއިން ވަނީ ކޮވިޑް-19 ޖެހިގެން 133 މީހަކު މަރުވެފަ އެވެ. އެހެންކަމުން ބަލި ޖެހިގެން އިޓަލީވިލާތުން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 366 އަށް އަރައިފަ އެވެ. އިޓަލީގައި މިއަދު އިތުރަށް 1542 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ. އެގައުމުގެ ސިވިލް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ އިޓަލީގައި ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު 7375 އަށް އަރައިފި ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން އިޓަލީގެ ޕްރޮވިންސްތަކުގެ ތެރެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ލޮމްބާޑީންނެވެ. މި ސަރަހައްދުގެ ތެރޭގައި މިލާންގެ ސިޓީ ވެސް ހިމެނޭ އިރު ކުރިއަށް އޮތްތާގައި އިތުރު 11 ޕްރޮވިންސެއް ލޮކްޑައުން ކުރުމަށް އިޓަލީން ވަނީ ނިންމާފަ އެވެ. އެހާ ހިސާބުން އެ ޕްރޮވިންސްތަކުގެ އެއްވެސް ސިޓީއަކުން މީހުން ފޭބުމާއި އެރުން މަނާވާނެ އެވެ. އަދި އެގޮތަށް ކަންތައް ވެއްޖެ ނަމަ ފުޓުބޯޅައިގެ އަވޭ މެޗުތައް ކުޅުމަށް ޓީމުތަކަށް ދަތުރު ކުރުން ވެސް މަނާ ވާނެ އެވެ. އިޓަލީއިން މި ވައިރަހުގެ އަސަރުތައް ފެނުމާ އެކު އެގައުމުގައި މިހާރު ވެސް ކުޅުވަރުގެ ހަރަކާތްތައް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ފުޓުބޯޅަ ލީގުގެ މެޗުތައް ވެސް ކުޅެނީ ސަޕޯޓަރުންނާ ނުލަ އެވެ. “ފުޓުބޯޅަ ހުއްޓާލައި. ގައުމީ ފުޓުބޯޅަ ލީގު ވެސް ނިންމާލަންވީ، އިތުރަށް ބަލި ފެތުރެން ފުރުސަތު ނުދީ.” އިޓަލައިން ފުޓްބޯލާސް އެސޯސިއޭޝަންގެ ރައީސް ޑަމިއާނޯ ތޮމާސީ ބުނެފައިވެ އެވެ. އިޓަލީގައި ކޮވިޑް-19 ހަލުވިކަމާއި އެކު ފެތުރެމުންދާތީ އެގަމުގެ ހުރިހާ ސްކޫލަކާއި ޔުނިވަސިޓީތައް މިހާރު ވަނީ ބަންދުކޮށްފަ އެވެ. އަދި ކަރަންޓީން ކޮށްފައިވާ ސަރަހައްދުތަކުގައި ހުންނަ ސިނަމާތަކާއި، މިއުޒިއަމްތަކާއި، ތިއޭޓަރުތަކާއި، ޖިމްތަކާއި ސްވިމިންޕޫލްތަކާއި ސްކީ ރިސޯޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.Source link

Leave a Reply

Related Articles