• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އިޓަލީގެ ފަތުރުވެރިން އައުން މަނާ ކުރުމުން ޖާބިރުގެ ކަންބޮޑުވުން އިޓަލީ ބަހުން

އިޓަލީގެ ފަތުރުވެރިން އައުން މަނާ ކުރުމުން ޖާބިރުގެ ކަންބޮޑުވުން އިޓަލީ ބަހުން



ރާއްޖެ އިން ކޮވިޑް19 އިން ސަލާމަތް ވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދު ހަލާކުވަމުން ދާކަން ފާހަގަކޮށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެ މައްސަލަ ބަލައިގަތުމަށް ހާޒިރުވެވަޑައިގަތް 44 މެންބަރުންގެ ތެރެއިން 41 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތަރުވެރިން އަންނަމުން ދިޔައީ ޗައިނާ އާއި އިޓަލީކަން ފާހަގަކޮށް ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ، އެ ދެ ގައުމުން ފަތުރުވެރިން އައުން “މުޅިން މަނާކުރުމުން” އެކަމުގެ ސަބަބުން ޓުއަރިޒަމްގެ އިންޑަސްޓްރީއަށް އިންވެސްޓް ކޮށްފައިވާ ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުން ތަކެއް ވަމުން އަންނަ ކަމަށެވެ. ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުން ގައުމީ ދިފާއީބާރު އެމްއެންޑީއެފްއާ ހަވާލު ކުރުމަށް ބާރު އެޅުމަށް އެ ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ. ސަބަބެއްގެ ގޮތުގައި ޖާބިރު ފާހަގަކުރައްވާފައިވަނީ ދައުލަތުގެ ކަމާގުޅޭ އިދާރާތައް ފެއިލް ވެފައިވާ ކަމެވެ. އެ މައްސަލައަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށާއި ނަމަވެސް ގައުމުތަކުން މީހުން އައުން މުޅިން މަނާ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެއާ ހިލާފަށް ބޯޓުން މީހުން ފައިބާ ވަގުތު ރަނގަޅަށް ސްކްރީން ކުރެވިދާނެ ކަން ޖާބިރު ފާހަގަކުރެއްވި އެވެ. “އެންމެ އިސްކަމަކަށް ވާން ޖެހޭނީ ވެސް ރައްޔިތުން ސަލާމަތާއި ރައްކާތެރިކަންމަތީ ބެއިތިއްބުން،” ޖާބިރު ވިދާޅުވި އެވެ. ރާއްޖެއިން ކޮވިޑް19 އެންމެ ފުރަތަމަ ފެނިފައިވަނީ އިޓަލީގެ ފަތުރުވެރިއެއްގެ ފަރާތުން ކަން ފާހަގަކޮށް ޖާބިރު ވަނީ އެކަމާ ދެރަވާކަން ފާހަގަކޮށްފަ އެވެ. އަދި އިޓަލީ ބަސް ދަންނަ ނަމަވެސް މިއީ އެ ބަހުން ވާހަކަ ދައްކާ ކަހަލަ ދުވަހެއް ނޫން ކަމަށް ޖާބުރު ވިދާޅުވި އެވެ. ޖާބިރު އެހެން ވިދާޅުވުމުން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި ވާހަކަ ނުދެއްކޭނެ ބަހެއް ނޯންނާނެ ކަމަށެވެ. އެއާއި އެކު ބާއްޖެވެރި ހެނދުނަކަށް އެދޭކަމަށް އިޓަލީ ބަހުން ވިދާޅުވެ ޖާބިރު ވާހަކަ ނިންމަވާލެއްވީ އިޓަލީ ބަހުންނެވެ. ޖާބިރުގެ ވާހަކަ ނިންމަވާލެއްވުމާއި އެކު ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ، އިޓަލީ ބަހުން ޖާބިރު ދެއްކެވި ވާހަކަ މެންބަރުންނަށް ނޭންގޭ ކަމަށާއި އެ ވާހަކަތައް ތަރުޖަމާ ކޮށްދެއްވަން ޖެހޭ ކަމަށެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި އެހެން ބައެއް ބަސްތަކުން ވެސް ވާހަކަދައްކަވާ ކަމަށާއި އަދި އެހެން ބަހަކުން ވާހަކަ ދެއްކި ނަމަވެސް ގޯސް ވާހަކަތަކެއް ދައްކަވާ ނަމަ އެކަން އިނގިދާނެ ކަމަށް ބަލައިގެން އިންނަވާ ކަމަށެވެ. އެފަދަ ހާލަތަލަށް ގޮސްފިނަމަ ހުއްޓުވާނެ ކަން ވެސް ނަޝީދު ފާހަގަކުރެއްވި އެވެ.



Source link

Leave a Reply

Related Articles