• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ އެހެން މީހުން ދައްކާ ވާހަކައިގަ މުހިންމު ކަމެއް ނެތް ނަމަވެސް ރަސޫލް (ޞޢވ) އަޑު އެއްސެވިއެވެ! ތިބާވެސް އަޑުއަހާށެވެ!

އެހެން މީހުން ދައްކާ ވާހަކައިގަ މުހިންމު ކަމެއް ނެތް ނަމަވެސް ރަސޫލް (ޞޢވ) އަޑު އެއްސެވިއެވެ! ތިބާވެސް އަޑުއަހާށެވެ!



ބައެއް ފަހަރު ބައެއް މީހުން ދައްކާ ވާހަކަތަކުގައި ތިބާއަށް މުހިންމު ކަމެއް ނެތިދާނެއެވެ. އަދި އެވާހަކައަކު ތިބާއަށް ކުރާނެ ފައިދާއެއް، އަދި ލިބޭނެ ގެއްލުމެއްވެސް ނެތި ހިނގައިދާނެއެވެ. ނަމަވެސް ހަމަ ޝައުޤުވެރިކަމާއިއެކު އަޑުއަހާށެވެ!  
އެހެނީ އެމީހަކު އެވާހަކައެއް ދައްކާނީ އެމީހަކަށް ވަރަށް މުހިންމު ކަމެއް ކަމަށްވުމުންނެވެ. އެމީހާގެ އިޙްޞާޞްތައް އެކަމަކާއި ވަރަށް ބޮޑަށް ގުޅިފައިވާތީއެވެ. އެމީހަކަށް އެކަމުން އަސަރުތަކެއް ކުރާތީއެވެ. 
ނަމަވެސް މުސްލިމުން އަޑު އެހުން ހުއްދަ ނުކުރާ ޒާތުގެ ވާހަކަ ދައްކާނަމަ އެކަން ހާމަކުރާށެވެ! މިސާލަކަށް މީހުންގެ ނުބައި ވާހަކަތަކާއި ފިތުނަ ފަސާދަ އުފެދޭ ޒާތުގެ ވާހަކަތައް އަޑުނުއަހާށެވެ! އަދި އަޑު ނުއަހަނީ ކީއްވެގެންކަންވެސް އެމީހަކަށް ރީތިކޮށް ބުނެދޭށެވެ! އެއިރުން އެކަން ތަކުރާރުކުރުން މަދުވާނެއެވެ. 
މިބާވަތުގެ ކަންކަމުގައި ނަމޫނާއަކަށް ބަލަންވީ ރަސޫލް (ޞޢވ) އެވެ. ރަސޫލް (ޞޢވ) އަރިހުގައި މުޝްރިކުން އައިސް ދެއްކި ވާހަކަތައް ޝައުޤުވެރިކަމާއިއެކު އަޑު އެއްސެވިއެވެ. ޖަވާބު ދެއްވަމުން ގެންދެވީ އެމީހުން ވާހަކަ ދައްކައި ނިމުމުންނެވެ. ވީމާ އަހަރެމެންނަށްވެސް އޮތީ މީހުން ދައްކާ ވާހަކަ ހަމަ ޝައުޤުވެރިކަމާއިއެކު އަޑުއެހުމެވެ.
ބައެއް ފަހަރު ދެމަފިރިންގެ މެދުގައިވެސް އަނެކާ ޝައުޤުވެރި ނުވާ ޒާތުގެ ވާހކަތައް ދެއްކެއެވެ. އެ ޙާލަތުގައިވެސް އަޑުއަހާށެވެ! އަޑު ނުއަހާނަމަ މުހިންމު ވާހަކަވެސް އޮންނާނީ ހިއްބާ ނުކޮށްފައެވެ. އެއިރުން ލިބޭ ގެއްލުން މާބޮޑުވާނެއެވެ! 
– އިސްލާމީ ތިލަފަތުގެ ދަރުސަކުން



Source link

Leave a Reply

Related Articles