• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އެނބޫދޫގެ ފަރުމައްޗަށް މަސް ހިފަން ފޭބި ސިފައިންގެ މީހަކު ނިޔާވެއްޖެ

އެނބޫދޫގެ ފަރުމައްޗަށް މަސް ހިފަން ފޭބި ސިފައިންގެ މީހަކު ނިޔާވެއްޖެ


އެނބޫދޫގެ ފަރުމައްޗަށް މަސް ހިފަން ފޭބި ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.ނިޔާވި ސިފައިންގެ މީހަކީ ސަރޖެންޓް ޔައުޤޫބު އަޙްމަދެވެ.އެމްއެންޑީއެފުން ބުނީ އެނބޫދޫ ފަރުމައްޗަށް ފަރުމަސް ހިފަން ފޭބި މީހަކު ގެއްލިގެން ކޯސްޓްގާޑް ޑައިވަރުން ހޯދަމުންދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ފެނިގެން މާލެ ގެންނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސާޖެންޓް ޔައުގޫބް އަހުމަދު

ޔައުޤޫބް ދަގަނޑު ހިފައިގެން މަސް ހިފަން ފީނި ކަމުގެ މަޢުލޫމާތު ލިބޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔައުޤޫބު މަސް ހިފައިން ދިޔައީ ގުރޫޕަކާއެކު ކުޑަ ޑިންގީއެއްގައި ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.



Source link

Leave a Reply

Related Articles