• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ އެންމެންގެ ސަލާމަތަށްޓަކައި އިންތިޚާބު ފަސްކުރަންޖެހޭ: އަލްހާން

އެންމެންގެ ސަލާމަތަށްޓަކައި އިންތިޚާބު ފަސްކުރަންޖެހޭ: އަލްހާން


އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކުރަން، މާލޭގެ މޭޔަރުކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ އަލްހާން ފަހުމީ ގޮވާލައްވައިފި އެވެ.

ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވީ، މިހާރު އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެ އިން ވެސް ފެނިފައިވާއިރު، ސަލާމަތީ ގޮތުން އެންމެ ރަނގަޅު ވާނީ އަންނަ މަހުގެ ހަތެއްގައި ބާއްވާ އިންތިޚާބު ފަސްކުރުން ކަމަށެވެ.

އަލްހާން ވިދާޅުވި ގޮތުގައި، އޭނާ ވަނީ މި އިންތިޚާބުގެ ކެމްޕެއިނަށް ވަރަށް ބޮޑެތި ޚަރަދުތަކެއް ވެސް މިހާތަނަށް ކުރައްވައިފަ އެވެ. އެހެންވެ، އިންތިޚާބު ލަސްނުކޮށް ބާއްވައިފި ނަމަ ޚަރަދުތަކެއް ސަލާމަތް ކުރެވުނަސް މުހިންމީ އެންމެންގެ މަސްލަހަތު ކަމަށް އަލްހާން ވިދާޅުވި އެވެ.

“އަޅުގަނޑު ދެކޭ ގޮތުގައި ގައުމެއްގެ އެންމެ އަސާސީ ކަމަކަށް ވާން ޖެހޭނީ ރައްޔިތުން ރައްކާތެރި ކުރުން،” މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބުވި އަލްހާން ވިދާޅުވި އެވެ.

އަލްހާން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ. އެ ބަލީގައި އެންމެ ބޮޑަށް ހާލަތު ގޯސްވާ ގްރޫޕްތައް ކަމަށްވާ ދުވަސްވީ މީހުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއެއް ކަމަށް ބަލައިގެން މަސައްކަތް ކުރުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.

ކޮވިޑް-19 އާ ގުޅިގެން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމާ މެދު ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކޮށްގެން ގޮތެއް ކަނޑައެޅުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އިންތިޚާބު ފަސްކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

އަލްހާން ވިދާޅުވަނީ ހިލޭ ބޯހިޔާވަހިކަން ދެއްވާނެ ކަމަށް

މާލޭގެ މޭޔަރުކަމަށް އަލްހާން އިންތިޚާބު ވެއްޖެ ނަމަ އޭނާގެ އެއް ވައުދަކީ މާލޭގެ ރައްޔިތުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.

އަލްހާން ވިދާޅުވީ، ސަރުކާރުން އެކަމުގައި އަމަލު ކުރަނީ އެންމެ ރަނގަޅަށް ނޫން ކަމަށާއި އޭނާ އަށް ކާމިޔާބު ވެއްޖެ ނަމަ، ދަފްތަރު އުވާލައި، އޭގައި ހިމެނޭ އެންމެންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށް ދެއްވާނެ ކަމަށެވެ. އަދި އެއީ ގާނޫނީ ގޮތުން މާލޭގެ މޭޔަރަށް ލިބިދޭ ބާރެއް ކަމަށާއި އެކަން ހުއްޓުވަން ބަޔަކު މަސައްކަތް ކޮށްފި ނަމަ، ކޯޓަށް ވަޑައިގެން ނަމަވެސް ހުއްޓުވާނެ ކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަކީ، އަޅުގަނޑުގެ ބެލުމުގެ ދަށުގައި ހުންނަ ހުރިހާ މާލޭ ރައްޔިތުންނަށް، ބޯހިޔާވަހިކަން ހިލޭ އަޅުގަނޑު ފޯރުކޮށްދޭނަން،” އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވި ގޮތުގައި، އޭނާގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރާ އިރު، ސިޔާސަތުތައް އިއުލާން ކުރައްވާނެ ކަމަށެވެ.Source link

Leave a Reply

Related Articles