• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ އެންމެ ހެޔޮ ޢަމަލުކުރަން ބޭނުން މީހާ ފަރުޟު ނަމާދަށް ރައްކާތެރިވެ މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ!

އެންމެ ހެޔޮ ޢަމަލުކުރަން ބޭނުން މީހާ ފަރުޟު ނަމާދަށް ރައްކާތެރިވެ މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ!ކުރަން އެންމެ ފައިދާހުރި އެންމެ ހެޔޮ ޢަމަލަކީ ކޮބައިކަމާއިމެދު ވަރަށް ގިނަ ބައަކު މިހާރުވެސް ސުވާލުކުރެއެވެ. އެފަދަ މީހުންނަށް ބުނަން އޮތީ އިތުރު ކަންކަން ހޯދަން އުޅުމުގެ ބަދަލުގައި ޙަދީޘްފުޅުތަކުން އެންމެ ފަސޭހައިން ފެންނަން ހުރި ޢަމަލުތައް ކުރަން އަވަހަށް ފަށާށެވެ!
މިސާލަކަށް ފަރުޟު ނަމާދަށް ރައްކައުތެރިވުމާއި މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަކީ އެންމެ ހެޔޮ އަމަލު ކަމުގައި ރަސޫލް (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. ވީއިރު ފުރަތަމަ ކަމެއްގެ ގޮތުން އެޙަދީޘްފުޅަށް ޢަމަލުކުރަން ފެށުން ކީއްހެއްޔެވެ؟  
މިއީ ހަމައެކަނި ޙަދީޘްފުޅެއްވެސް ނޫނެވެ! ﷲ ތަޢާލާގެ އަމުރުފުޅެއްވެސް މެއެވެ. ކީރިތި ޤުރްއާނުން ފެންނަން އޮތް ކަމެކެވެ. ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ބޮޑުވެގެންވާ ވާޖިބެކެވެ. ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.  
ކޮންމެ މީހަކުވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ޖަމާޢަތުގައި ފަރުޟު ނަމާދުކުރުމަށެވެ. އިޚްލާޞްތެރިކަމާއިއެކު ފަރުޟު ނަމާދުތައް އެނަމާދެއްގެ ވަގުތުގައި އަދާކުރަމުން ދާން ފެށުމުން އެމީހެއްގެ ހިތަށް ހިތްހަމަޖެހުން ލިބެންފަށާނެއެވެ. ކުރިމަތިވާ ތަކްލީފްތަކަށް ކެތްތެރިވުމުގެ ހިތްވަރު ދެއްވަވާނެތެވެ. އެމީހާއަށް އިތުރު ކުރިއެރުން ދެއްވަވާނެތެވެ! ވީމާ އެންމެ ހެޔޮކަން ބޮޑު އަޅުކަން ހޯދަން އެންމެ ފުރަތަމަވެސް ކުރަން އޮތް ކަމަކީ ޖަމާޢަތުގައި ފަރުޟު 5 ނަމާދުކުރުމެވެ! 
– އިސްލާމީ ތިލަފަތުގެ ދަރުސަކުންSource link

Leave a Reply

Related Articles