• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ކުޅިވަރު ⁄ އޭއެފްސީގައި ވާދަކުރުމަށް މާޒިޔާއާއި ޓީސީ ފުރައިފި

އޭއެފްސީގައި ވާދަކުރުމަށް މާޒިޔާއާއި ޓީސީ ފުރައިފި



އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުމަށް ރާއްޖޭގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކުލަބާއި 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބު ގައުމުން ބޭރަށް ފުރައިފި އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފަށާއިރު، މިފަހަރުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ދެ ޓީމު ވާދަކުރާނެ އެވެ. މިއީ 2016 ވަނަ އަހަރު އޭއެފްސީ ކަޕްގެ ފޯމެޓަށް ބަދަލުކޮށް، ދެކުނު އޭޝިއާ ޓީމުތަށް އެއް ގްރޫޕެއްގައި ވާދަކުރަން ފެށި ފަހުން ރާއްޖޭގެ ދެ ޓީމެއް ގްރޫޕް ސްޓޭޖުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. އެގޮތުން ހޮނިހިރު ދުވަހު އިންޑިއާގެ ޗެންނާއީ އަށް މާޒިޔާ ފުރިއިރު، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޗެންނާއީ ސިޓީއާ ދެކޮޅަށް އެ ޓީމު ނުކުންނާނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 19:00 ގައެވެ. މި މެޗު ކުޅޭނީ ޗެންނާއީގެ ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައެވެ. އަދި އިއްޔެ ބަންގާޅަށް ޓީސީ ފުރިއިރު، ގްރޫޕް ސްޓޭޖުގައި ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް އެ ޓީމު ނުކުންނާނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން 14:30 ގައެވެ. މި މެޗު ކުޅޭނީ ޑާކާގެ ބަންގަބަންދު ނެޝަނަލް ސްޓޭޑިއަމް ގައެވެ. https://twitter.com/TC_Fraternity/status/1236653705195212802 ލީގުގެ ޗެމްޕިއަންކަން ބޮޑު ފަރަގެއްގައި އޮވެ މާޒިޔާއިން ހޯދި އިރު އެ ޓީމުން ވަނީ އޭއެފްސީ މުބާރާތް ކާމިޔާބު ކުރުމަށް ބޮޑު އިންވެސްޓްމެންޓެއް ކޮށްފަ އެވެ. އެގޮތުން ޓީމު ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިންތަކެއް ގެނައި އިރު އެ ޓީމުން އޭއެފްސީގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވީ ވަރުގަދަ ހަތަރު މެޗެއް ކުޅުމަށްފަހު އެވެ. އެއީ ޕްލިމިނަރީ ރައުންޑުގައި ބަންގްލަދޭޝްގެ އަބަހާނީއާ ދެކޮޅަށް ކުޅުނު ދެ މެޗާއި ޕްލޭ އޮފް ރައުންޑުގައި އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ކުޅުނު ދެ މެޗެވެ. މި ދެ މެޗުން ވެސް ހޯދި ބޮޑު ކާމިޔާބީއާ އެކު މާޒިޔާ ރަނގަޅު ފޯމެއްގައި އޮތް އިރު މާޒިޔާއިން ވަނީ އެޓީމުގެ ސްކޮޑުގައި ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާދަމް ނިޒާމް (ކިތުނަ) ހިމަނާފައެވެ. ދެވަނަ ޑިވިޝަނުގައި މޮޅު ކުޅުމެއް ދެއްކި ކިތުނަ މާޒިޔާއަށް ގެނައި އެއް ސަބަބަކީ އެޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް އަނިޔާވެ، ކުޅުމާއި ދުރަށް ދާން ޖެހުމުންނެވެ. މީގެ އިތުރުން އޭއެފްސީގެ ގްރޫޕު އީ ގައި ދެން ވާދަ ކުރާ ޓީސީ ވެސް ވަނީ މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. އެގޮތުން އެ ޓީމުން ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި 10 ދުވަހުގެ ޓްރެއިނިންގް ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ.





Source link

Leave a Reply

Related Articles