• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ވައިރަހަށް ޕޮޒިޓިވްވި ހަތަރު މީހުންގެ ހާލުވެސް ރަނގަޅު

ވައިރަހަށް ޕޮޒިޓިވްވި ހަތަރު މީހުންގެ ހާލުވެސް ރަނގަޅު



ކޮރޯނާވައިރަހަށް ރާއްޖެ އިން ޕޮޒިޓިވްވި ހަތަރު މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ސަރުކާރުން ބުނެފިއެވެ.
ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ހަތަރު މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނާއި ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިއެކެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އެ ހަތަރު މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި ސިއްހީ ގޮތުން އެ މީހުންނަށް ދޭންޖެހޭ ފަރުވާތައް ދެމުންދާ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓާއި، ބަތަލާ އައިލޭންޑް ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ.
ރާއްޖެއިން ހަތަރު މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.
ހަތަރު މީހަކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު، އިތުރު މީހުންތަކެއްގެ ޓެސްޓުތައް ހެދުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.



Source link

Leave a Reply

Related Articles