• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ މައިދައިތައެއް ނޫން… މަންމަ

މައިދައިތައެއް ނޫން… މަންމަ


467368

އަބަދުވެސް އަހަރެންގެ ހިތަށް އަރަނީ އަދި ޤަބޫލްވެސް ކުރެވެނީ އަހަރެންނަކީ ހުރިހާ ކަމެއް ފުރިހަމަވެފައިވާ ވަރަށް އުފާވެރި މީހެއްކަމަށެވެ. މިވަގުތީ ދުނިޔޭގައި ސަކަރާތާ މަޖަލުގައި ގިނަވަގުތުތަށް ހޭދަކުރެވެނީ އެ ސަބަބަށްޓަކައެވެ. ބޭނުންވީމަ ބޭރަށްގޮސް ރަށްޓެހިންނާއެކީ ގިނަވަގުތު ކޮފީ ޓޭބަލްގަ ނޫނީ ކޮންމެވެސް ރަށްޓެހިކުއްޖެއްގެ ކަމެއްގަ މަސްޢޫލްވެ އުޅެވެނީ ހަޤީޤަތުގައި އަހަރެންގެ އަސްލު ޒިންމާ ހަނދާން ނައްތާލާފައެވެ. އަބަދުވެސް އެހެންމީހުންގެ ކަންތަކުގަ އަހަރެން އެހީތެރިވެދީ ހަދަނީ އަހަރެންގެ އަމިއްލަ އުފަލަށެވެ. އެއީ އެންމެ ކުރިންވެސް އެކަންތަށް އަހަރެންގެ ކަށީގައި ހަރުލާފަ ހުންނާތީއެވެ. ކޮންމެ މީހަކު ކޮންމެ ވަގުތެއްގައި އަހަރެން ކައިރީ އެހީއަކަށް އެދުނަސް އަހަރެން އެކަމެއް ކޮށްދެނީ ފަސްޖެހުމެއް ނެތިއެވެ. އަމިއްލަ ދިރިއުޅުން އަމިއްލަ ޒިންމާ ފަސްކޮށްފައެވެ. އެއީ އެވަގުތަށް އަހަރެންނަށް ލިބޭ ވަގުތީ އުފާ ހާސިލް ކުރުމަށް އަހަރެން އެދޭތީއެވެ.
މިޔަދު އަހަރެންނަކީ އަމިއްލަ މަސައްކަތުން ލިބޭ އެއްޗަކުން ފުދިގެން ހިތްހަމަޖެހިގެން އުޅޭ މީހެކެވެ. އަހަރެންނަށް މިދުނިޔޭން މަދުވަނީ ކޯއްޗެއް ހެއްޔެވެ؟ ގިނަ ލާރިތަކެއްގެ މަތީ ނުއުދުހުނެއް ކަމަކު އަހަރެން ބޭނުން ކޮންމެ ކަމެއްގައި އަހަރެން ހުންނަނީ ފުދިގެނެވެ. އެއީ ކާން ބޭނުން ކޮންމެ އެއްޗެއް ކެއުމުގައެވެ. ލާން ބޭނުން ކޮންމެ ހެދުމެއް ލުމުގައެވެ. އަގު ބޮޑު ފޯނެއް ނޫނީ އެހެންވެސް އެއްޗެއް ބޭނުންވި ކޮންމެ ވަގުތެއްގައެވެ. މިހުރިހާ އެއްޗެއް ލިބިވެސް އަހަރެންނަށް ދަސްނުވީ އެންމެ ކަމެކެވެ. އެއީ އެންމެ މުހިންމު ކަންތަށްކަން ހަނދާންވަނީ ކޮންމެ ރެއަކު ނިދަން އެދުމަށްޗަށްއެރީމައެވެ. އެނދުމަތީގައި ފުރޮޅި ފުރޮޅި އޮވެވެނީ އަމިއްލަ ހިތާހިތުން އެސުވާލުގެ ޖަވާބު ނުލިބިގެނެވެ. ވަރަށް ގިނަ މީހުންގެ ލަފަޔަށް އެދެވިއްޖެއެވެ. ވަރަށް ބޮޑަށް ވިސްނާ އަމިއްލައަށް ޖަވާބު ހޯދަން މަސައްކަތް ކުރެވިއްޖެއެވެ.
advertisment
ހަމަ ހަޤީޤަތަށްވެސް އަހަރެންނަށް ދަސްނުވި ކަމަކީ އެއީއެވެ. ޝުކުރު ކުރާށެވެ. އެ ހުރިހާ ކަމެއް އަހަރެންނާ ހަމައަށް ފޮނުވައިދިން އެ މަތިވެރި ފަރާތް މަތިންނެވެ. އެއީ އަހަރެންގެ ފެށުމެވެ. އަދި ނިމުންވެސް ވަނީ އެފަރާތުގެ ފުރިހަމަ ބާރުގެ ދަށުގައިކަން އަހަރެންނަށް ނުވިސްނުނީއެވެ. އުޅެމުން މިދަނީ ވަގުތީ އާލަމެއްގައިކަން އަހަރެންނަށް ނޭންގުނީއެވެ. މާދަމާވެސް މި ދިރުމަށް ނިމުންއައިސް ހުރިހާ އެއްޗެއް ނެތި ފަނާވާނެކަން ނޭންގުނީއެވެ. މި ވަގުތީ ދުނިޔޭގައި ޙިޔާރު ކުރެވުނީ ކޮންފަދަ އަނދިރި މަގެއް ހެއްޔެވެ؟ އެ މަގުގައި އަލިކަމެއް ނެތްކަން އިޙްސާސް ނުކުރެވުނީއެވެ. އެ އަނދިރިކަމުގައި އަހަރެން ކުރިއަށްދިޔައީ ދަތި އުންދަގޫކަމެއް ނެތިއެވެ. ހުޅުވެމުންދިޔަ ނުބައި ޢަމަލުތަކުން ފުރިގެންވާ ދޮރުތަށް ހުޅުވެމުން ދިޔަވަރަކަށް އެކަންތަށް އަހަރެންނަށް މަރުހަބާ ކިޔައެވެ. އެކަންތަކަށް ހެއްލި ވަރަށް ފަސޭހައިން އެކަމުގެ ތެރެއަށް ވަދެވެމުން ދިޔައީ އެއްވެސް ބިރުވެރިކަމެއް އަހަރެންގެ ހިތަށް ނާރައެވެ. ނަމަވެސް ނިދަން އޮށޯންނަ ކޮންމެ ރެއަކު މިކަންތަށްތަކާ އަހަރެން ވިސްނާ ވިސްނާ ލޮލަށް ހަމަނިދި ނުލިބޭ އިރުވެސް ރަނގަޅުމަގަށް އަހަރެންނަށް ނާދެވުނީ ހަމަ އެންމެ ސަބަބަކާ ހުރެއެވެ.
އެއީ އީމާންތެރިކަމެވެ. އެ ލަފްޒުވެސް އަހަރެންގެ ހިތަށް ވަންނާނީ ކިހިނަކުން ހެއްޔެވެ؟ އަހަރެންނަކީ ނަމާދާ ދުރުހެލި ކީރިތި ޤުރުއާނާ މުޅިން ދުރުގައި އުޅެމުން އައި މީހެކެވެ. ހެޔޮއަމަލަކަށް މީހުނަށް ހިތްހެޔޮވެ މީހުންނަށް އެހީތެރިވެ އޯގާތެރި ވުމަކުން ފުދުނީކަމަށް އަހަރެންނަށް ހީކުރެވުނީ އެންމެ މުހިންމު އެއް ވާޖިބު އަދާ ނުކޮށެވެ. ކުރާ ކޮންމެ ހެޔޮ ޢަމަލެއް ލިޔެވިގެންދާނީ ފަސްވަގުތު ކުރާ ނަމާދާ އެކުގައިކަން ކުޑަކޮށްވެސް ވިސްނައެއް ނުލަމެވެ. އޭގެފުރިހަމަ ހެއްކަކީ ހުރިހާ ކަމެއް ފުދި، އަހަރެންނަކީ ނުފުދޭ މީހެއްކަމުގެ އިހްސާސް ކުރެވެން ފެށި ހިސާބުންނެވެ. އުފަލުގައި، އުޅޭ އެހެނަސް އުފާވެރި މީހެއް ނޫންކަން އިހްސާސްވި ހިސާބުންނެވެ. އާމްދަނީ ލިބި އޭގައި ބަރަކާތް ނެތްކަން އިހްސާސްވި ހިސާބުންނެވެ.
ހަޤީޤަތުގައި އަހަރެންނަކީ ހަމަ ޔަޤީނުންވެސް ފުރިހަމަ މީހެއް ނޫންކަން އަމިއްލައަށް ޤަބޫލް ކުރެވެންފެށި ހިސާބުންނެވެ. މިޔަދު އަހަރެންނަށް ވިސްނިއްޖެއެވެ. ހަމަރަނގަޅަށްވެސް އަހަރެން މިވަނީ ވަރަށް ނުބައިމަގަކުން ހިނގި މަގުފުރިދިގެންވާ ޢަމަލުތަކެއްގެ މަތީގައެވެ. ހެޔޮމަގަށް އަންނަން އަހަރެން އިންތިހާއަށް އެދެމެވެ. މިކަމުގައި އެހީތެރިކަން އަހަރެން ބޭނުންވެއެވެ. އެ އިލާހުގެ ހެޔޮ ތަޢުފީގަށް އެދޭ ހިނދުގައެވެ. އެ މަތިވެރި މާތް އިލާހުގެ ހަޝްރަތުގައި އަހަރެން ތަޢުބާވާން ބޭނުންވެއެވެ. ނަމާދަށް ފަރުވާތެރި ކީރިތި ޤުރުއާނަށް ލޯބިކޮށް އެ އިލާހުގެ މާތް ދޮރުކޮޅު އަހަރެން މިޔަދު ޙިޔާރުކޮށްފީމެވެ. އޮތީ ކުޑަހިތްވަރެކެވެ. އީމާންތެރިކަން ހިތުގައި ލަހައްޓަވާތޯ ތާއަބަދު ދުއާކުރުމެވެ. އެދުޢާ އެ އިލާހަށް ދެންނެވުންމަތީ ދެމިހުރުމެވެ.
މީ މިޔަދު އަހަރެންގެ ހާލެވެ. ދުނިޔެވީ ނަޒަރަކުން ވިންނައިފިނަމައެވެ. ދެންއޮތީ އަހަރެންގެ ދިރިއުޅުމުގެ ވާހަކައެވެ. މި ދުނިޔޭގައިވެސް އަހަރެންނަށް ސުވަރުގެ ފެނުނެވެ. އެދޮރުކޮޅުން އަހަރެންނަށް ވަންނަން ފުރުސަތުވެސް ލިބުނެވެ. ނަމަވެސް އަހަރެންގެ ބަދު ނަސީބުކަމެއް ނޫނީ އަހަރެންގެ ޖާހިލުކަމާހުރެ އަހަރެންނަށް އެ ފުރުސަތުގެ ބޭނުންވަނީ ގެއްލިފައެވެ. މިޔަދު އަހަރެން އެކަމާ އިންތިހާއަށް ހިތާމަކުރަމެވެ. އެ މާތް މަގު ހިޔާރު ކުރެވުނުނަމަ އަހަރެންނަކީ ހުދު ފޮތިކޮޅެއްގެ މިސާލެވެ. މިދުނިޔެމަތީގެ ސުވަރުގެއަކަށް އަހަރެންނާ ހަމައަށް އެ އިލާހުފޮނުވީ އިންސާނެއްގެ ސިފައިގައެވެ. އޯޤާތެރި ހިތްހެޔޮ މާތް އިންސާނެކެވެ. ދުވަހެއްގެ ކޮޅުންވެސް އުންމީދުނުކުރާފަދަ އަޖައިބު ކުރުވަނިވި ގޮތަކަށެވެ. އެއީ އަހަރެންނަށް މަންމައެއްގެ މަޤާމް ދެވުނު ތި ލޯބިވާ މަންމައެވެ.
މަންމާއެވެ. އަހަރެންގެ ހިތުގެ އުދާސްތަށް އަޑުއެހުމުގެ ކުރިން އަހަރެން ތި މަންމަ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. މާފް ހައްޤުނުވާކަން އެނގިހުރެވެސްމެއެވެ. އަހރެންނަކީ ވަރަށް ގޯސް ވަރަށް ރަހުމް ކުޑަ މީހެއްކަން ޤަބޫލް ކުރަމެވެ. ތީ އަހަރެން ބަނޑުއަޅައި ވިހައި މައިމީހާ ނޫންނަމަވެސް ތީ ހަމަ އެފަދަ ދެވަނައެއް ނުވާފަދަ ލޯބިވާ މަންމައެވެ. އަހަރެންގެ އަމަލުތަށް ކޮންމެ ސިފައެއްގައި މަންމައަށް ފެނިފައިވީނަމަވެސް ތި މަންމައަކީ އަހަރެން ވަރަށް ލޯބިވާ އަދި އުފަންމަންމައަށްވުރެވެސް ބޮޑަށް ލޯބިވާ މަންމައެކެވެ.
ވަރަށް ހިތުގައި ޖެއްސީމެވެ. ވަރަށް ރޮށްވައިފީމެވެ. ވަރަށް އިހާނެތިކޮށް ތި މަންމައާ ދޭތެރޭ ކަންތަށްކުރެވިއްޖެއެވެ. ދުވަހަކުވެސް އަހަރެންނަކަށް މާފް ލިބޭކަށް ނުޖެހެއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ތި މަންމަ ހިތުގައި ޖައްސާ ކޮންމެ ފަހަރަކު އަހަރެންގެވެސް ހިތުގައި ޖެހުނެވެ. ރޮށްވާލެވޭ ކޮންމެ ފަހަރަކު އަހަރެންވެސް ރުއީމެވެ. އެއީ އަހަރެން މަންމަދެކެ ލޯބިވާތީއެވެ. އެކަން އަހަރެންކުރީ ގަސްތުގައި ނޫންވީމައެވެ. މިހެން ބުންޏަސް ޤަބޫލް ނުކުރާނެކަން އެނގެއެވެ. ފަހަރެއްގައި މަންމަގެ ވިސްނުމާ އަހަރެންގެ ވިސްނުމާ ތަފާތުވީމަކަމަށް ވެދާނެއެވެ. ނޫނީ ތީ އަހަރެންގެ އުފަން މަންމަ ނޫންވީމަކަމަށް ވެދާނެއެވެ. ތި މަންމަ ހިތުގައި އަހަރެންނާމެދު ދަރިއެއްގެ ލޯބި ނެތީމަކަށް ވެދާނެއެވެ. މައްސަލައެއްނެތެވެ. އަހަރެންނަކީ އުފަން ދަރިއެއް ނޫނެވެ. އަހަރެން މިގެއަށް އައީ މަންމަގެ ފިރިހެން ދަރިއެއްގެ އަނބިމީހާގެ މަޤާމްގައެވެ. އެހެނަސް އަހަރެންނަށް އަހަރެންގެ ހައިސިއްޔަތު އަސްލު ވަރަށް ބޮޑަށް އޮޅުނެވެ. އަހަރެންގެ ހަޤީޤީ މަޤާމްވެސް އޮޅުނެވެ. ފަހަރެއްގައި މިގޭގައި އިތުރު އަންހެންކުއްޖަކު ނެތީމަކަށް ވެދާނެއެވެ. ނުވަތަ މަންމަ ފަރާތުން އަހަރެންނަށް މާ ބޮޑަށް ލޯބި ލިބުނީކަމަށް ވެދާނެއެވެ. އަހަރެން އެއަށް ފެންބޮވައިގެންފައިވާ މަންމަގެ ލޯބި އަހަރެންނަށް ލިބުނީމަކަމަށްވެސް ވެދާނެއެވެ. މީ ހައިސިއްޔަތު އޮޅިދާނެ އެތަށް ސަބަބު ތަކެވެ.
ވާނީވެސް އެހެނެވެ. އަހަރެންގެ މައިދަތައަކީ މަންމައެއްކަމަށް ދެކެ ތި މަންމައަކީ އަހަރެންގެ އުފަން މަންމަކަމަށް އަހަރެން ދެކޭކަށް އަސްލު ނުޖެއެވެ. އެހެން ދެކެވުނީތީ އަހަރެންގެ އަމަލުތަށްވެސް ބެހެއްޓުނީ ހަމަ އެހެނެވެ. ބޮޑާހާކާ ދަރިއެއްގެ އުސޫލު އަހަރެންނަށް ދެއްކުނެވެ. އެއީ މަންމައެއް ކައިރީގައި އުފަންދަރިން އުޅޭގޮތްކަން އަހަރެންނަށް ނުވިސްނުނީ އަހަރެން މޮޔަކަމުންނެވެ. ބޭނުން އެއްޗެއް މަންމައާ ދިމާއަށް ކިޔާ ދެރަކުރެވެނީ އުފަން މަންމަ ދަރިއެއްދެކެ ރުޅިއެއް ނާންނާނޭ ފޫހި ނުވާނޭ ހިތަށް އޭރުއެރީމައެވެ.
އެހެނަސް މިޔަދު އަހަރެންނަށް ހުރިހާ އެއްޗެއް ވިސްނެއެވެ. ވަރަށް ބޮޑު ޅައެއްޗެއް އެޅުނުކަން ވިސްނިއްޖެއެވެ. ހައިސިއްޔަތު ހަނދާންހުރި ނަމަ މިހެންނުވީސްކަން ޔަގީނެވެ. އޭރު އެހެން ކަންތަށް އެގޮތަށް ނުކުރެވުނުނަމަ އަހަރެންދެކެ އަހަރެންގެ މައިދައިތަ ފޫއްސެއްނުވާނެއެވެ. ދަނބިދަރިއެއްހެން އަހަރެންނަށް އުޅެވުނުނަމަ އަހަރެންދެކެ ތި މަންމަ ދުވަހަކުވެސް ނަފްރަތުނުކުރާނެއެވެ. މިހާރު ހިތަށްއަރައެވެ. އަހަރެންނަށް ކުރިމަތިކުރުވީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ؟ މިޔަދު އަހަރެން މިވަނީ ފެއިލްވެފައެވެ. ވަރަށް ބޮޑަށް ފެއިލްވެފައެވެ.
މީ މީގެ ދެތިންއަހަރު ކުރީގެ އަހަރެންގެ އަމަލުތަކެވެ. އޭރު އަހަރެންނަށް ބަލައި ނުގަނެވުނު މަންމަގެ ލޯބީގެ ވާހަކައެވެ. އޭރުވެސް އަހަރެން ވަކި ރަނގަޅެއް ނޫނެވެ. އެކަމަކު މިހާރާ ހާސްބައި އަހަރެން އޭރު ތަފާތުވާނެއެވެ. އަހަރެންނަކީވެސް ދިރިއުޅުމަށް އުންމީދުތަކެއް ކޮތްގެން ދިރިއުޅުމެއްފެށި މީހަކީމެވެ. އަހަރެން ދިރިއުޅުމެއް އެހާއަވަހަށް ފެށި އެންމެ ބޮޑު ސަބަބަކީވެސް ތި މަންމައެވެ. އޭރުވެސް އަހަރެންގެ ފިރިމީހާ އަހަރެންނަށް ދެރަދިނެވެ. އެހެނަސް ތި މަންމަގެ ހައްޤުޤައި އޭނައާ ކައިވެނިކުރީ އަބަދަށް ތި ލޯބި ލިބޭނެކަމަށް ހީކޮށެވެ.
މި ދުނިޔޭގައި އެންމެ މާތް އަގުބޮޑު ލޯތްބަކީ ތީކަމަށް ހީކޮށްށެވެ. ކަންތަށްވީވެސް އެހެނެވެ. އިންތިހާއަށް ތި މަންމަގެ އަޅާލުމާ ލޯބި ލިބުނެވެ. ދުވަހަކުވެސް ފެނިފައިނުވާ މާތް މަތިވެރި ދަރަޖައެއްގައެވެ. ކުރިން އަހަރެން އަޑުއަހަނީ މަންމައެއްގެ ލޯބި ވަރުގަދަކަމެވެ. އެކަން ފެނި އިހްސާސްކޮށްދިން ފުރަތަމަ އިންސާނަކީ ތީއެވެ.
އޭރު އަހަރެން ވަރަށް ކުޑައެވެ، ދިރިއުޅުމެއް ފަށަން މާބޮޑަށްވެސް ކުޑައެވެ. ކައިރި ކައިރީގައި ދެކުދިން ލިބި ދިރިއުޅުމުގެ ޒިންމާތަށް ނިހާޔަތަށް ބޮޑުވެ އަހަރެންވެސް އެއާ އެއްވަރަށް ބޮޑުވެ ވިސްނުން ބޮޑުވެގެންއައީ އެތަށް ގޮންޖެހުންތަކަކާ އެކުގައެވެ. ގައިމުވެސް އޭރު އަހަރެންގެ ދެލޮލުގެ ނޫރަކީ އަހަރެންގެ ކުޑަ ކުޑަ ދެކުދިންނެވެ. ދެކުދިންގެ ހުރިހާ ޒިންމާއެއް އަމިއްލައަށް އަދާކުރަމުން ގޭގައި ބަސްއަހާ އަންބަކަށް ވެގެން އޭރު އުޅުނުތަން މަންމައަށްވެސް ހުންނާނީ ފެނިފައެވެ. އެންމެ ޒިންމާއެއްވެސް އަހަރެންގެ އަތުން ކައްސާލިޔަކަ ނުދެމެވެ. ފިރިމީހާގެ ކަންތަށްކުރަމުން ގޭގެ މަސައްކަތް ކުރަމުން ދެ ދަރިންގެ ކަންތަށް ބަރާބަރަށް އަދާކުރަމެވެ. އަބަދުވެސް ބޭނުންވީ ދެދަރިންނަކީ ވަރަށް މޮޅު ދެކުދިންނަށް ހަދާށެވެ. ބަސްއަހާ ދެދަރިން ބޮޑު ކުރާށެވެ. ގޭގައި ބަނދުވެގެން ދެ ދަރިންގެ ކަންތަކުގައި މަސްޢޫލުވެ އުޅުނު އަހަރެންގެ މާގިނަ ރަށްޓެހިންނެއްވެސް އޭރު ނުތިބޭނެއެވެ. އޭރު އަހަރެން އުޅުނީ އުފާވެރި މާހައުލެއްގައެވެ. އާއިލީ ލޯބި ލިބިގެނެވެ. އެކަކު އަނެކަކަށް ލޯބި ހިއްސާކޮތްގެނެވެ. އަހަރެންގެ މުޅިދުވަސްހެން ދާނީ ދެދަރިންނާ ގޭގެ އެކި ކަންތަކުގައެވެ. އޭރު އަހަރެންގެ ދިރިއުޅުން ކައިރިން ފެނުނު ކޮންމެ މީހަކުވެސް އަހަރެންނަށް ތައުރީފްކުރެއެވެ. ދިރިއުޅުމުގެ ވަށްޓަފާޅީގެ ހަރުދަނާ ކަމުންނެވެ. އުމުރުން ކުޑަ އަހަރެންގެ ޒިންމާދާރުކަމަށެވެ.
ތެދެކެވެ. އޭރުވެސް އަދި މިހާރުވެސް އަހަރެންނަކީ ރުޅިގަދަ މީހެކެވެ. އެއީ އަހަރެންގެ ބަލިފައެވެ. ރުޅިއަންނަ ފަހަރަކު ދުލަށް އައިހާ އެއްޗެއް އަހަރެން ގޮވަމެވެ. ފަހަރެއްގަވެސް މީހަކު ހިތަށް އަރާފާނެ އެއްޗަކަށް ނުވިސްނަމެވެ. މީހަކު ވެދާނެ ފޫއްސަކަށް އަޅައެއްނުލަމެވެ. އޭރު ހަމަ ނުވިސްނެނީ އެވެ. އުޅެބޮޑުވީ ބައެއްގެ އަޅާލުމާއެކީގައި ނޫންވީމަކަމަށް ވެދާނެއެވެ. ކުޑައިރުވެސް އެކަނި އުޅެ ބޮޑުވީމަކަމަށް ވެދާނެއެވެ. އޭރުވެސް އަހަރެން މީހުންގެ ލޯތްބާ އަޅާލުން ހޯދަން ބޭނުންކުރާ އަށްޑަނައަކީ “ރުޅި” ވީކަމަށް ވެދާނެއެވެ.
ކޮންމެއަކަސް އަހަރެންގެ މިޒާޖުގައި ކިތަމެ ޅަ ގޮތެއް ހުއްޓަސް އަހަރެން ތި މަންމަ ކައިރިން ވަރަށް ގިނަ ކަންތަށް ދަސްކުރީމެވެ. ގޭގެ އެކި މަސައްކަތްތަކެވެ. ގެއަށް އަންނަ މެހްމާނުނުންނަށް ކަމޭހިތުމެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ތި ހިތްހެޔޮކަމުގެ މިސާލުން އަހަރެންވެސް ބޮޑުބައެއް އުނގެނުނީނެމެވެ. ހަމައެކަނި ފަސްވަގުތު ނަމާދު ކުރުން ފިޔަވައެވެ. އޭރު އަހަރެން ނަމާދު ކުރިޔަސް އެކަން ކަށީގައި ހަރު ނުލެއްވުނީ އަހަރެންގެ މޮޔަކަމުންނެވެ. އެހެންނޫންނަމަ މިޔަދު އަހަރެންގެ ހިތުގައި އީމާންތެރިކަމެއް ވީސްތާއެވެ. އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެ އެތަށް ވަގުތުތަކެއް ތި މަންމައާއެކު ވަނީ ފެވިފައެވެ. އަހަރެންގެ އުފަލަށް ތި މަންމަ ވީ ޤުރުބާނީތަކެވެ. އަހަރެންގެ ފުރަތަމަ ދަރިއަށް ބަނޑުބޮޑުވިފަހުން މަންމަ އަހަރެންނަށް ދިން ދެވަނައެއް ނުވާފަދަ އޯގާތެރި ލޯތްބެވެ. އަހަރެން ކާތިތްވާ އެއްޗެއް ހޯދަދީ އަހަރެން ބޭނުންކަމެއް މަންމަ ކޮށްދިނެވެ. އެ ދަރި ލިބިގެން އަހަރެންނަށް ނުނިދި ފަތިސް ވަންދެން އެނދުގައި ލެގިލައިގެން ދަރި އުންގުމަށްޗަށްލާ ނާނާ ކިޔަން އިންނައިރު އައިސް ދަރި ގޮވައިގެން މަންމަ ކޮޓަރިއަށްދަނީ އަހަރެންނަށް އަރާމްކުރަން ވަގުތު ހުސްކޮށްދީފައެވެ. އަދިކޮބާހެއްޔެވެ؟ ދެވަނަ ދަރިއަކަށް ބަލިވެއިންފަހުން ލިބުނު އަޅާލުންވީ ބޮޑެވެ. އަހަރެން ތަނެއްގައި ރިއްސާނަމަ މަންމަ އައިސް ގައިގަ ބޭސް އުނގުޅަދީ ފިރުމަދިނީ ކިހާވަރަކަށް ހެއްޔެވެ؟ އަހަރެން ބަލިވީމަ އަހަރެންނަށް ތި މަންމަގެ ފަރާތުން ލިބުނު އެ އޯގާތެރި ވަގުތުތަށް ހަނދާން ނެތޭނެ ހެއްޔެވެ؟ އޭގެ ބަދަލުގައި އަހަރެން ކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެން ފަރާތުން މަންމަ އަށް ލިބުނިއްޔާ ލިބުނީ ހިތްދަތިކަމެވެ. ވިއްޔާވީ އުންދަގުލެވެ. އެކަމަކުވެސް ތި މަންމަ ޝަކުވާއެއް ނުކުރެއެވެ. ކެތްތެރިކަމުގެ ދެވަނައެއް ނެތް މިސާލެކެވެ.
މިއަށްދެން މައިދަތައޭ ކިޔެން އެބައޮތް ހެއްޔެވެ؟ މަންމަ އަކަށް ނުވާންވީ ސަބަބެއް ނެތެވެ. ބަނޑުއަޅާ ނުވިހާ ކަމެވެ. މަންމާއެވެ. އޭރުވެސް އަހަރެންގެ ހިތުގައި މަންމައާ މެދު އޮތް ލޯބި ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ދެރައީ މަންމައަށްޓަކައި އަހަރެންނަށް ކަމެއް ކޮށްދެވިފަނެތީމައެވެ. އޭރު ތި މަންމަގައިގަ އާރާ ބާރު ހުއްޓެވެ. މާތް ރަސްކަލާނގެ ރަހުމަތުން ބަލިތަކާ ދުރެވެ. މި ދެއަތުން ފިރުމާލަން އެންމެ ފުރުސަތެއްވެސް މަންމަ ނުދެއެވެ.
ނަމަވެސް އޭގެ 6 އަހަރުފަހުން ހާލަތު ބަދަލްވެގެންއައީ ހީވެސް ނުކުރާހާ ބޮޑު އިންގިލާބަކުންނެވެ. އަހަރެންގެ ފިރިމީހާ ފަރާތުން އަހަރެން ދުވަހަކު ދެކެންބޭނުންނުވި އެ އަމަލުތަކުގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ވިއްސިވިހާލިވީ ކުޑަ ހިނދުކޮޅެއްގައެވެ. ދިރިއުޅުމުގެ އުފާވެރިކަމަށް ނިމުން އައީއެވެ. ކުޑަ ކުޑަ ލޯބި ލޯބި ދެކުދިންނަށް އަހަރެންނަށް އިހްމާލް ވެވުނެވެ. އަޅާލުން ކުޑަވެ އަހަރެން ބޭރުތެރެއަށް ގިނަވިއެވެ. އޭރު ޙިޔާރު ކުރެވުނީ އެންމެ ގޯސް މަގުގަން ނޭންގިނަމަވެސް އަހަރެންނަށް ދެވުނީ އަހަރެންގެ ބަދުނަސީބާ ދިމާއަށެވެ. ދިރިއުޅުމުގެ ކަންތަކުގައި ފަރުވާކުޑަވެ އަހަރެންނަށް ތި މަންމަވެސް މުހިންމު ނުވިއެވެ. އެ ލިބުނު ލޯބިވެސް ހަނދާންނެތުނު ކަހަލައެވެ. ތެދުތެދަށް ބުނަނީނަމަ އަހަރެންނަށް އެ ލިބުނު ޝޮކުގައި އަހަރެންގެ މުޅި ހަޔާތް ބަރުބާދުވީއެވެ.
މަންމައަށް އިނގޭ ހެއްޔެވެ؟ އަހަރެންނަށް ކެތްތެރިވާން ހަޤީޤަތަށްވެސް ހަމަ ނޭންގުނީއެވެ. ތި މަންމަ ކިހާވަރަކަށް ނަސޭހަތް ދިނިންހެއްޔެވެ؟ ކިހާވަރަކަށް ރުއިން ހެއްޔެވެ؟ އާދޭސްވެސް ކުރީމުއެވެ. އެހެނަސް އަހަރެންދިނީ ބީރު ކަންފަތެކެވެ. ގޭގައި އިންދެގެން މޮޔަވުން ނޫންކަމެއް ނުވާނޭ ކިޔާ ބޭރުތެރެއަށް ގިނަވީމެވެ. އޭރު އަހަރެންނަށް ލިބުނު ޝިފާއަކީ އެއީއެވެ.
މަންމާއެވެ. ރަށްޓެހިންގެ މުހިންމުކަން އިހްސާސްވީ އޭރުއެވެ. މަންމަ ހީކޮށްފާނެއެވެ. އަހަރެންގެ ހަލާކަކީ ރަށްޓެހިންނެވެ. ނޫނެކެވެ. ރަށްޓެހިން ނެތްނަމަ އަހަރެން މޮޔަވީސްތާއެވެ. ދުނިޔެ ތެރެއަށް ލޯ ހުޅުވާލަން ފުރުސަތު ލިބި އެ ފުރުސަތުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރި މީހަކީ އަހަރެންނެވެ، ރަށްޓެހިންނެއް ނޫނެވެ. ދިރިއުޅުމުގައި ކުރިއަށްދާނެ ހިތްވަރު ނެތި އެތަށްފަހަރަކު އަހަރެން ދާން މަސައްކަތް ކުރީމެވެ. އިނގޭހެއްޔެވެ؟ އެހެންހިތަށް އަރާ ކޮންމެފަހަރަކު އަހަރެން ހުއްޓުވާ މީހަކީ ތިމަންމައެވެ. ތި މަންމަ ދޫކޮށްލާފަ ދާން ހަމަ ހިލާ މަގޭ ހިތެއް ނޭދުނެވެ.
އާނއެކެވެ. އަހަރެންގެ އަމަލުތަށް ކިތަމެހާވެސް ގޯސްވެފައި ހަރުކަށިވިއެވެ. އެއްދުވަހުން އަނެއްދުވަހަށް މަންމަ އަހަރެންދެކެ ފޫހިވާހެން އަމިއްލައަށް އިހްސާސްކުރެވުނެވެ. އަބަދު އެއްގޮތަކަށް އެއްވެސް މީހަކު ނުހުންނާނެކަން އެނގެއެވެ. ދިރިއުޅުމަށް އައި ތޫފާނުގެ ސަބަބުން އުޅެވުނު ގޮތުންނާ މަންމައަށް ހެދުނުގޮތުން މަންމައާ އިސްވެ ވާހަކަވެސް ނުދެއްކުނީ ގައިންފައިހުރި ލަދުންނެވެ. މަންމަ އުންމީދުކުރިކަހަލަ ދަރިއަކަށް ނުވެވުނުކަމުގެ ޔަގީންކަން އޮތީމައެވެ. ފަހުން ފަހުން އައިސް މަންމަ ކުރަމުންދިޔަ އާދޭސްތަށް ހުއްޓުމަކަށް އައީ ވަރުބަލިވެގެންކަން އިނގެއެވެ. މީހަކަށް ނަސޭހަތްދީ އިސްލާހުވާން ކިޔޭނީ ވަކިވަރަކަށެވެ. ބައެއްފަހަރު އެހެންމީހެއްގެ ސަބަބުން މަންމަ އަހަރެން ދުރުކުރަނީއޭވެސް ހިތަށް އަރައެވެ. ހަޤީޤަތަކީ އެއީ ނޫނެވެ. ކުއްވެރިޔަކީ އަހަރެންނެވެ. އެހެންމީހަކު ކުށްވެރިކުރުމުގެ މާނައެއް ނެތެވެ. މަންމަ ބަލި އެނދުގައި އޮންނައިރުވެސް އަހަރެން މަންމަ ކައިރިއަށް ދާން ކިތަމެ ބޭނުންވިޔަސް ދާން ނުކެރުނީ މަންމަ އަހަރެންދެކެ ނަފްރަތު ކުރާކަމަށް ހީކޮށެވެ. ކިތަމެ ފަހަރު އަހަރެން މަންމަ ކައިރިއަށްގޮސް ފިރުމަދޭން ބޭނުންވިއެވެ. ލޯބިން ގޮސް ބަށްދާލާ ހިއްވެއެވެ. އެ ހިތްވަރު އަހަރެން ނެރޭނީ ކިހިނެއް ހެއްޔެވެ؟
މަންމަ އަބަދުވެސް ފަހުން އަހަރެންނަށް ރުޅި މޫނު ދަށްކަންފެށި ހިސާބުން އަހަރެންގެ ހިތް ފަޅައިގެން ނުދިޔައީ ހަމަކިރިޔާއެވެ. މަންމަ ބުނަމު ނޫންހެއްޔެވެ؟ ދަރިން އަޅާނުލާތީ މަންމަ ދެރަވާ ވާހަކައާއި އެކުދިންނަށް އަޅާލާށެވެ.
މަންމާއެވެ. އަހަރެން ޤަބޫލުކުރަމެވެ. ދުވަސްކޮޅެއް އަޅާނުލެވި ދިޔައެވެ. އެއީ އަހަރެން ޑިޕްރެޝަނަށް ބޭސްކުރަމުން އައި އިރުއެވެ. އަމިއްލަ ނަފްސަށް ނުބެލިބެލުމެއް އޭރު އިތުރުމީހަކަށް ބެލޭނެ ހެއްޔެވެ؟ އެހެނަސް އަހަރެންވެސް ދަރިންދެކެ އިންތިހާއަށް ލޯބިވެއެވެ، އެކުދިންނަށްޓަކާ އަހަރެން މަރާ ހަނގުރާމަ ކުރީމެވެ. އެތަށްފަހަރަކު އަމިއްލަ ނަފްސް މަރުވާން ބޭނުންވެ އެކުދިން މަތިން ހިތަށް އަރާ ކޮންމެ ފަހަރަކު އަހަރެން އެކަމުން ދުރުވަމެވެ. ހަތަރު ފަރާތުން ފިތިފައިވާ އަހަރެން ދިރިއުޅުން ދަމަހަށްޓަން މަސައްކަތްކުރީ ދަރިންނަށްޓަކައެވެ. ފިރިމީހާގެ ހުރިހާ އަމަލަކަށް ކެތްކުރީވެސް ދަރިންނަށްޓަކައެވެ. އެ އަނިޔާތަށް ތަހަށްމަލް ކުރީވެސް ދަރިންނަށްޓަކައެވެ. ހަނދާންވޭ ހެއްޔެވެ؟ ދެ އަންބަށް އިންނަށް އަހަރެން އެއްބަސްވެ އެކަމާ ކުރިމަތިލި ދުވަހު ތި ލޯބިވާ މަންމަ އަހަރެން ކައިރީ ކިހާވަރަކަށް ރުއިން ހެއްޔެވެ؟ އަންހެނަކަށް އަންހެނެއްގެ އިހްސާސް މަންމައަށް ކުރެވޭތީތާއެވެ؟ އަހަރެން މަންމައަށް ވިސްނަދިނިންދޯއެވެ. ދަރިންނަށްޓަކައި އަހަރެން މިކަމާ ކުރިމަތިލާނަމެވެ. އެހެންވީމާ އަހަރެންވެސް ލައްކަ ޤުރުބާނީ ވީންތާއެވެ.
މަންމާއެވެ. ދެ މައިންގެ ގުޅުމަށް އައި ހީނަރުކަމުގެ ސަބަބުން މިހާރު މިވަނީ ހަތަރުކަޅި ހަމަކުރަންވެސް ނުކެރޭ ހިސާބުގައެވެ. އަހަރެން އަހަރެންގެ ކުށް ގަބޫލް ކުރަމެވެ. މަންމަގެ ބަސްކަވާލާފައި ނުބައި މަގު ޙިޔާރު ކުރުން އެއީ އަހަރެންގެ ކުށެވެ. އެ ކުށަށް އަހަރެން ޢިޢުތިރާފް ވަމެވެ. އަހަރެންނަށް ވިސްނުނީތީއެވެ.
މިހާރު އަހަރެން މިވަނީ ދިރިއުޅުން އަލުން ކޮޅަށް ޖަހާފައެވެ. ފިރިމީހާއާ އެކީ ދިރިއުޅެން އާ އަޒުމެއްގައެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދޭން ތައްޔާރަށެވެ. ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަމެވެ. މަދުވަނީ އެންމެ ކަމެކެވެ. އެ އުފާވެރިކަމެވެ. އެ އާއިލީ ގުޅުމެވެ. މިޔަދު އަހަރެން މިވަނީ އެ ލޯބި އަލުން ނިހާޔަތަށް ބޭނުންވެފައެވެ. ނުލިބޭނެކަންވެސް އެނގެއެވެ. އެކަމަކު މަންމަ ދުވަހަކުވެސް އަހަރެން މަންމަދެކެ ލޯބި ނުވާތީ އެހެން އުޅުނީއޭ ނުބުނަށްޗެވެ.
އަބަދުވެސް އަހަރެންގެ ހިތް އެންމެ އެދޭ އެންމެ ބޭނުންވާ ލޯތްބަކީ ތީއެވެ. ތި ފައިތިލަ ދަށުން އަހަރެންނަށް ސުވަރުގެ ދަށްކަދޭނެ ދުވަހަކަށް އަދުވެސް އަހަރެން އިންތިޒާރު ކުރަމެވެ. ތި މަންމަ މުސްކުޅިވާ ދުވަހު މަންމައަށް އޯގާތެރި އަތަކުން ފިރުމަން ނިހާޔަތަށް އަހަރެން ބޭނުނެވެއެވެ. ބަލިވީމަ އަޅާލަން ބޭނުމެވެ. ލޯބި ދޭން ބޭނުމެވެ. މިޔަދު އަހަރެން މިވަނީ މަންމައަކަށް އިހާނެތިކޮށް ހިތި ދަރިއެއްގެ އިހްސާސް އަމިއްލައަށް ކުރެވިފައެވެ. ދިރިއުޅުމުގައި އަހރެންނަށް ކުރިމަތިލާން ޖެހުނު ބޭއިންސާފު އެތަށްކަމެއްގެ ސަޒާ މަންމައަށް ދެވުނީތީއެވެ.
އަހަރެން އަދިވެސް ތި މަންމަގެ ހިތުން ކުޑަނަމަވެސް ޖާގައެއް ބޭނުންވެއެވެ. އެ ފުރުސަތު ދޭނަންހެއްޔެވެ؟ މަންމަގެ ތި މަޑު ހިތަކީ މާފް ނުކުރާނެ ހިތެއްނޫނެވެ. އެއަށްވުރެ މަޑުހިތެއްގެ ވެރި ތި މަންމައަކީ މި ދުނިޔޭގައި އަހަރެންނަށް ލެއްވި އެންމެބޮޑު ނިޢުމަތެވެ. މިޔަދު އަހަރެން މަންމަ ކިބައިން މާފަށް އެދެނީ މާދަމާވެސް އަހަރެންގެ މަރު އައިސް އަހަރެންނާ ބައްދަލްކޮފާނެ ކަމުގެ އިޙްސާސްކުރާ ހާލުގައެވެ. ކުރިން މަރުވާނީ ކާކު ކަމެއް ނޭންގެއެވެ. އަހަރެންނަށްވުރެ ކުރިން މަންމަގެ މާފް ނުލިބި މަންމަ މިދުނިޔެއާ ޢަލްވާދާއު ކިޔާ ދުވަހަކީ އަހަރެން މިދުނިޔޭން މޮޔަވާނެ ދުވަހެވެ. އެއީ ތީ އަހަރެންގެ މިދުނިޔެމަތީ އަދި ދެދުނިޔޭގެވެސް ސުވަރުގެއަށް ވާތީއެވެ.
އަބަދުވެސް މަންމަގެ ލޯތްބަށް އެދޭހާލު ބުނެލަމެވެ. ތިޔަ ނިޔަނެތި މަލަކީ އަހަރެންގެ މައިދާތައެއް ނޫނެވެ. ތީ އަހަރެންގެ މަންމައެވެ.
(ނިމުނީ)
ކެޓެގަރީ: ކުރުވާހަކަ

4673

@m€€|@#

0.0

ވ.ރީތި؟

4 months ago

Bunny girl

0.0

Gamaaru varah mi vaahaka. Maa emotionally. I thought mee funny vaahaka eh kamah

1

2

6 months ago

Fazna

0.0

Is this even a story… the worst story so far… unnecessarily jazubaathi vefa…

3

2

7 months ago

F.sadhy

0.0

Masha allah varah reethi vaahaka.❤❤❤

4

2

7 months ago

Azu

0.0

V v reethi hama rovijje nish

7

2

7 months ago

Anonymous

ޝުކުރިއްޔާ

3

1

7 months ago

ކިޔުންތެރިއެއް…

0.0

މިޔަދު އެއް ނޫން މިއަދު….

10

7 months ago

Nishama

0.0

…..Thanks for the comment

2

7 months ago

@#s

0.0

Varah varah reethi.. l really like this story..

8

1

7 months ago

@#s

0.0

Wow. Varah reethi..it’s like your telling your own story..I really like this story..

9

2

7 months ago

ލުތުފީ

0.0

ވަރަށް ހަޑި. މިހާތަނަށް ކިޔުނު އެންމެ ހަޑި ވާހަކަ

11

25

7 months ago

zaahidhaa ge dhoshee dhari leevan

inbah hadi vuhvaa kiyeh dhw..ehbnaa inba kiyaatho liyefa oiy vaahaka eh vaa miyo

3

2

7 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles