• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ މާމަަގެ ވޭނީ ހަޔާތް

މާމަަގެ ވޭނީ ހަޔާތް


250725

އިރުއޮއްސުނީއްސުރެ ދުނިޔެ ދައްކަމުން ދިޔަ ރަތް ވިލާތަށް ބަދަލު ކޮއްލަން ނެެގީ އެންމެ ހިދުކޮޅެއްގެ ވަގުތެކެވެ. މުޅި ދުނިޔެ ބަނަކޮށް ވިއްސާރައިގެ ކުލަތަށް ވެރިވެއްޖެއެވެ. އިސާ ހިތަކު ގަދަ ވިއްސާރަޔާއެކު ވިދާ ގުގުރަން ފަށައިފިއެވެ. އެނާމާން ބިރުވެރި ރޭގެ ދަންވަރުގެ ވަގުތެއްގައި އަހަރެންގެ ނިދި ނަގާލެވުނީ ވޭނި ގިސްލުމުގެ އަޑަށެވެ. ހިތްތައް ކަތިލާފަދަ އެވޭނީ އަޑު އަންނަ ދިމާއަށް މަޑުމަޑުން ހިގައިގަތޭމެވެ. ފެނުނު މަންޒަރުން ކުންހިތް ކުދިކުދި ވިކަހަލައެވެ. އުމުރުން ދުވަސްވީ އަންހެން މީހަކު އޮތީ ގޭގެ އޮޅިމައްޗަށް ވެއްޓި ރޮޔެރޮޔެ އެވެ. މުޅި ގޭގެ ތެރެޔަށް ވެރިވެފައި ވަނީ އޭނާގެ ރުއިމުގެ އަޑެވެ.
އަހަރެންގެ ލޮލުން ބޭއިޙްތިޔާރުގައި ކަރުނަ ހޯސްލާ އޮހޮރެން ފެށީ ކީއްވެ ކަމެއް ނޭގުނެވެ. އެ އަންހެންމީހާގެ ގައިގައި އެއްވެސް އާރެއް ބާރެއް ނެތެވެ. އަވަސްއަރުވާލާ އަހަރެން އޭނާ ނަގާ ސޯފާ ގޮޑިމަތީ ބެއިންދީނެވެ. އެޔައްފަހު ފެންތައްޓެއް ދިނީމެވެ. ކުޑަ ބިރުވެރި ކަމެށް އިހުސާސްވި ނަމަވެސް އެ އަންހެންމީހާ ގާތު ކުޑަ ހިދުކޮޅަކަށް އިނީމެވެ. އޭނާގެ ހަށިގަނޑާ ދިމާލައް ނަޒަރު ހިންގާލި އިރު ފެނުނީ ޒަހަމް ވެފައިވާ އެތައް ލަކުނެކެވެ.
advertisment
ކުއްލިޔަކައް ކަރަންޓު ހިގައްގެއެވެ. އަހަރެން އިންތަނުން ފުންމާގެން ތެދުވީ ކަރަންޓު ބޯޑާ ދިމާއަށް ދިޔުމަށެވެ. ބުރޭކަރު އަރުވާލާ އެ އަންހެންމިހާ ގާތައް ދިޔައީމެވެ. އެހެނަސް އޭނާ ފެންނާކަށް ނެތެވެ. އެ ހިދު ހިތަށް ނާމާންކަން ވެރިވިއެވެ. އަހަރެން ދުއްވާފަ ގޮސް ބޭރައް ނިކުތީމެވެ. މާވިއްސާރައިގައި ތެމިފޯވެގެން އަހަރެން އަވަސްއަވަހަށް ނިކުތީ އޭނާ ވީތަނެއް ބެލުމަށެވެ.
އެތާ އޮތް ޖަންގައްޔެއްގެ ތެރެޔަށް ވަނުމުން އަޑު އިވުނީ ހަމަ އެއަންހެން މީހާ ރޯއަޑެވެ. އެ އަޑާ ދިމާޔަށް ހިގައިގަތުމުން ފެނުނީ ކުޑަ ޖިފުޓި ގަނޑެކެވެ. އަހަރެން އެ ޖިފުޓި ގަނޑުގެ ބޭރުގަ އިން ލޯވަޅަކުން ބަލަން އޮތީމެވެ. ފެނުނީ ހިތްދަތިވާފަދަ ހިތް ކުދިކުދި ވެގެން ގޮސް ވީރާނާ ވާ ފަދަ މަންޒަރެކެވެ. އަހަރެންގެ އަމިއްލަ ލެޔަށް ނިސްބަތްވާ ލޯބިވަ ބައްޕައެވެ. ބައްޕަގެ އަތު ލަކުނޑި ބުރިޔެއް އޮތެވެ. އެ ލަކުނޑި ބުރިން ކޮންމެ ފަހަރަކުވެސް އެ އަންހެންމީހާ ދިމާލަށް ހޫރުވަމުން ދިޔައެވެ. ނަމަވެސް އަހަންނަކަށް އެ ހިތްދަތި މަންޒަރު ބަލާކަށް ކެތެއް ނުވިއެވެ.
އިރުކޮޅަކުން ވިދާލިއެވެ. އަހަރެން ކުއްލިޔަކަށް ތިރިވެގަތީމެވެ. އަނެއްކާވެސް ތެދުވެ އެ ޖިފުތި ގަނޑު ބެލި އިރު އެއްވެސް މީހަކު ނެތެވެ. އެ ހިނދު ހީވީ ހިތް ކަތިލާލި ހެންނެވެ. އެ ވަގުތު އަހަރެން އެތަނަށް ވަންނަން ގަސްތުކުރީމެވެ.
އެތާގެ ދޮރު ހުރީ މަކުނުވާއިން ފުރާލާފަ އެވެ. އަހަރެން އެ މަކުޑިވާތައް ނައްޓާލަ އެތަނަށް ވަތީމެވެ. އަހަރެންނަށް ފެނުނީ މޭޒުމަތީގާ އޮތް ސިޓީއެކެވެ. އަހަރެން އެސިޓީ ނަގާ ކިޔާލީމެވެ. އެ ސިޓީގައި ލިޔެފައި ވަނިީ އެއަންހެން މީހާގެ ދިރިއުޅުމުގައި ހިގާފައިވާ ކަންތައްތަކެވެ. އެތަކޭއް މަސައްކަތުން އެ ސިޓީ ކިޔުނީމެވެ. އޭގައިވާ އަކުރުތަކުން އެ އަންހެންމީހާގެ ހާލަތު އެނގުނެވެ. އެ އަކުރުތައް ވަނި ކަޑަކަޑައިގެން ގޮސްފައެވެ.
އެ ސިޓީ ކިޔާލި އިރު އަހަރެންގެ ދެ ލޮލުން ކަރުނަ އޮހޭ ގޮތްވިއެވެ. އެ އަންހެންމީހާ އަކީ އަހަރެންގެ މާމައެވެ. އަދި އަހަރެންގެ ބައްޕަވީ މާމަޔަށް އެތަކޭއް އަހަރުވަންދެން ގޯނާ ކޮއްފައެވެ. އަދި އެއީ މާމަގެ ރޫހުކަން ވެސް އިނގުނެވެ.
އެ ދުވަހުގެ ފަހުން އަހަރެން ބައްޕަޔަށް އިންތިހާޔައް ނަފްރަތު ކުރީމެވެ.
އަހަރެން ގެޔާ ދިމާލަށް ދުއްވައި ގަތީމެވެ. ގެޔަށް ދެވުނުއިރު އެއްކަލަ ނުލަފާ ބައްޕަ ފެނުނެވެ. އަހަރެން ބާރުބާރަށް ހިގާފައިގޮސް ބައްޕަޔާ ދިމާލައް ހަޅޭއްލެއްވީމެވެ. ބައްޕަގެ ދެލޮލުން އެވަގުތު ކަރުނަ އޮހޮރެން ފެށިއެވެ. ބައްޕަ އަހަރެންގެ ގާތު ކުއްތަކައް ތައުބާ ވެގަތް ކަމަށް ބުންޏެވެ. އެވަގުތު އަހަރެން ބައްޕަގެ ގައިގައި ބާރުބާރަށް ބައްދާލީމެވެ. އެޔައްފަހު އަހަރެންވެސް ބައްޕަޔަށް މަަފުކުރީމެވެ.
ކެޓެގަރީ: ކުރުވާހަކަ

2507

މަލް

0.0

ހިިޔާލު ރަނގަޅު! އެކަމް ވާހަކަ ގެނެސްފައިވާ ގޮތެއް އެހާ ކަމަކު ނުދޭ! އިބާރާތްތައް ރަނގަޅުކޮށްލީމާ ވަރަށް ފުރިހަމަ ވާނެ!

3 months ago

Kiuntherieh

0.0

Haadha kurea??

3 months ago

ކިޔުންތެރިޔާ

0.0

ކުށް ގިނަކަމުން ކިޔަން ފޫހިވެގެން ވާހަކަ އެއްކޮށް ނުކިޔުނު. ދެން ފަހަރަކުން ލިޔެ ނިންމާފަ ކުށް ހުރިތޯ ބަލަން ކިޔާލާފަ އަޕްލޯޑްކޮށްލާތި. ކިޔުނު ބައި ރީތި

11

3 months ago

މަރިޔަމް ސުނާނާ

0.0

ރީތި…….

2

2

3 months ago

Anonymous

0.0

Makudi eh noon mukunu

7

5

3 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your Rating



Source link

Leave a Reply

Related Articles