• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މިނިސްޓަރު އަމީން ގެންދަވަނީ ސަރުކާރަށް ޖެއްސުން ކުރަމުން: އަފީފް

މިނިސްޓަރު އަމީން ގެންދަވަނީ ސަރުކާރަށް ޖެއްސުން ކުރަމުން: އަފީފް



ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގެންދަވަނީ ސަރުކާރަށް ޖެއްސުން ކުރައްވަމުން ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ތުހުމަތު ކުރައްވައިފިއެވެ.
އަފީފް މިފަދަ ތުހުމަތެއް ކުރައްވާފައިވަނީ ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުން ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުންނެވެ.
އެގޮތުން އަފީފް ވިދާޅުވީ މި ސަރުކާރުގެ މިނިސްޓަރެއް ކަމުގައިވީ ނަމަވެސް ކަމެއް ގޯސްކޮށްކޮށްފިނަމަ އެއީ ގޯސްކަމެއްގެ ގޮތުގައި ބަލަންޖެހޭނެ ކަމަށާއި އަދި އެ ވާހަކަ ދައްކަންވެސް ޖެހޭނެ ކަމަށެވެ.
“ވަރަށް ފަހުރުވެރި ކަމާއެކު ހެލްތު މިނިސްޓަރު އެބަ ވިދާޅުވޭ އެއާޕޯޓުތަކުގައި ކެމެރާ އެހެރީ ހަރުކޮށްފައޭ. އެކަމަކު އެމަނިކުފާނު މިތަނަށް ކެމެރާ ގެނައުން ލަސްކުރަން މަސައްކަތް ކުރައްވާފައި އޮތީ ފުރަތަމަ އެކަންތައް ފެށި އިރު” އަފީފް ވިދާޅުވިއެވެ.
މިއީ ރައްޔިތުންނަށް އިނގެންޖެހޭ ކަމެއް ކަމަށާއި މި ވާހަކަ ދައްކަވަނީ އޭނާ އަށް އެ ކަންތައް ރަނގަޅަށް އެނގިވަޑައިގަންނަވާތީ ކަމަށްވެސް އަފީފް ވިދާޅުވިއެވެ. އަދި އަމީން އަކީ މި ސަރުކާރަށް ޖެއްސުން ކުރާ މީހެއް ކަމަށް ވިދާޅުވެ، އަފީފް ވަނީ އެ މިނިސްޓަރާއި މެދު ވިސްނަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.
“އަޅުގަނޑުމެންގެ ތެރޭގައި ތިބެގެން މި ސަރުކާރަށް ޖެއްސުން ކުރާ މީހެއް އޭނައަކީ. ހަމަ ކަނޑައެޅިގެން އަޅުގަނޑު މި ދަންނަވަނީ ޖެއްސުން ކުރާ މީހެކޭ އޭނައަކީ. އަޅުގަނޑުމެން އެބަޖެހޭ އޭނައާ ދޭތެރޭ ވިސްނަން. ސަރުކާރުން ރައީސް ވެސް އެބަޖެހޭ އޭނައާ ދޭތެރޭ ވިސްނަން” އަފީފް ވިދާޅުވިއެވެ.
އަފީފް ވަނީ މީގެކުރިން ވެސް ހެލްތު މިނިސްޓަރު އަމީން އަށް މިފަދަ ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ކޮރޯނާ ވައިރަހަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކަށް އޮތް ހަމައެކަނި ދައްޗަކީ އަމީން ކަމަށް އަފީފް ވަނީ މީގެކުރިން ވިދާޅުވެފައެވެ.



Source link

Leave a Reply

Related Articles