• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މިއީ ވައިރަސް ރާއްޖެއަށް އައީ ސަރުކާރުން އިހުމާލުވެގެންތޯ ބަލަންވީ ވަގުތެއް ނޫން

މިއީ ވައިރަސް ރާއްޖެއަށް އައީ ސަރުކާރުން އިހުމާލުވެގެންތޯ ބަލަންވީ ވަގުތެއް ނޫންމިއީ ކޮރޯނާވައިރަސް ރާއްޖެއަށް އައީ ސަރުކާރުން އިހުމާލުވެގެންތޯ ބަލަންވީ ވަގުތު ނޫން ކަމަށް ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ކޮވިޑް-19 ރާއްޖެ އައީ ސަރުކާރުން އިހުމާލުވެގެންތޯ ބަލަންވީ ވަގުތެއް ނޫން ކަމަށާއި އެކަމުގެ ވަގުތު އަދި އަންނާނެ ކަމަށެވެ. އަދި މިހާރު އެންމެން މަސައްކަތްކުރަންވީ އެއް އަމާޒަކަށް މި ބަލި ފެތިރިއަނުދޭން ކަމަށް ޣައްސާން ވިދާޅުވިއެވެ.
“ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިި މިއޮތްގޮތުން ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް ގާއިމު ކުރެވިއްޖެނަމަ އެއްފަސްކޮށް އުފެދިފައިވާ ގައުމުތަކަށްވުރެ ކޮވިޑް-19 ކޮންޓެއިން ކުރުމުގެ ފުރުސަތު އިންޝާﷲ މާބޮޑު. އިހުމާލު ވެވިއްޖެނަމަ އެކަމުގެ ހިތި އޮތީ ހުރިހާ ދިވެހިންނަށް” ކަމަށެވެ.

Gudhrathee gothun raajje ufedhifa mi oih gothun harudhanaa, avas fiyavalhuthakeh kashavaru kurevijje nama eh fas koh ufedhifa vaa gaumu thakah vure #COVIDー19 contain kurumuge furusathu Insha Allah maa bodu. Ihumaal vevijje nama e kamuge hithi othee hurihaa dhivehinnah.
— Mohamed Ghassan Maumoon (@mgmaumoon) March 9, 2020

ރާއްޖެ އިން މިހާތަނަށް ކޮރޯނާވައިރަހަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެގޮތުން އެ ހަތަރު މީހުންނަކީ ކުރެއްދޫ އައިލޭންޑް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ ދެ މުވައްޒަފުންނާއި ބަތަލާ އައިލޭންޑް ރިސޯޓުގައި ތިބި ދެ ފަތުރުވެރިއެކެވެ.
ސަރުކާރުން މިހާރު ވަނީ ކުރެއްދޫ އައިލޭންޑް ރިސޯޓާއި، ބަތަލާ އައިލޭންޑް ރިސޯޓަށް އަރައި ފޭބުން މަނާކޮށްފައެވެ.
ރާއްޖެއިން ހަތަރު މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވާތީ ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.Source link

Leave a Reply

Related Articles