• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މިއީ ސިޔާސީ ވާދަވެރިކަން އެއް ފަރާތްކޮށް އެއްބައިވަންތަ ވާންވީ ވަގުތު: އިދިކޮޅު ކޯލިޝަން

މިއީ ސިޔާސީ ވާދަވެރިކަން އެއް ފަރާތްކޮށް އެއްބައިވަންތަ ވާންވީ ވަގުތު: އިދިކޮޅު ކޯލިޝަން


ކޮވިޑް-19 އާ ގުޅިގެން އުފެދިފައިވާ ނުރައްކާތެރި ކަމުގެ ތެރޭގައި އިސްކަންދޭންވީ ގައުމުގެ އެއްބައިވަންތަކަމާއި ހަމަޖެހުން ގާއިމްކުރުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމަށް ގޮވާލެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެގޮތުން މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ސިޔާސީ ވާދަވެރިކަން އެއް ފަރާތްކޮށް، އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.މިފަދަ ހާލަތްތަކުގައި ކުރީގެ ސަރުކާރުތަކުން ވެސް އެއްބައިވަންތަކަން އިސްކުރިކަމުގެ މިސާލުތައް ދެއްވަމުން އަބްދުއްރަހީމް ފާހަގަކުރެއްވީ، ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ރާއްޖެއަށް ކުރިމަތިވީ ކޮލެރާގެ ބަލި މަޑުކަމާއި، ރައީސް މައުމޫންގެ ދައުރުގައި ރާއްޖެއަށް ކުރިމަތިވީ ސުނާމީ ކާރިސާގައި އަމަލުކުރެއްވި ގޮތެވެ.އޭގެ އިތުރުން، ދިމާވެގެން މިއުޅޭ ހާލަތާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް ސޯލިހުއަށް މެސެޖުން ދަންނަވާފައި ވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ނޫސްކޮންފަރެންސްގައި މިކަން (ކޮވިޑް-19) ކަށަވަރުވުމާއެކީގައި އަޅުގަނޑު އޮންނާނެ މިއަދުގެ ރައީސް ސޯލިހަށް މެސެޖަކުން ދަންނަވާފައި، މިވަގުތަކީ އެއްބައިވަންތަކަން އިސްކުރަންވީ ވަގުތު ކަަމާއި، އަދި މި ކޮރޯނާ ވައިރަހުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ކުރާ ހުރިހާ މަސައްކަތަކަށް އަޅުގަނޑުމެން ދެ ޕާޓީގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް.
~ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ ސަރުކާރުގެ އިހުސާންތެރިކަމާ މެދު ސުވާލު އުފައްދާފައެވެ. އޭނާ ފާޑުކިޔުއްވީ އާދިއްތަ ދުވަހުގެ 13:00 ގައި ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ނިންމާފައި އޮތުމާއި ގުޅިގެންނެވެ.އެ ބައްދަލުވުން ނިމެން ގާތްވެފައި ވަނިކޮށް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރުން ކެންސަލް ކުރެވިފައިވާ ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. ނަމަވެސް، ކެންސަލް ކުރީ ކޮން ސަބަކާއި ހުރެގެން ކަމަށް މިހާތަނަށް ކަށަވަރު ވެފައެއް ނުވެއެވެ.ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ ޕާޓީން ލޯކަލް ކައުންސިލް އިންތިހާބަށް ކުރަމުންދިޔަ ކެމްޕޭން ހުއްޓާލުމަށް ވެސް ނިންމާފައެވެ. އަދި ހާލަތަށް ބަދަލު އައުމުން ނޫނީ ކެމްޕޭން ހަރަކާތެއް ކުރިޔަށް ނުގެންދާނެ ކަމަށް އެ ކޯލިޝަނުން ވަނީ އިއުލާންކޮށްފައެވެ.Source link

Leave a Reply

Related Articles