• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ މި ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެމުންގެންދޭ: އެމްއާރްއެމް

މި ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެމުންގެންދޭ: އެމްއާރްއެމް


މި ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ހެޔޮ ބަދަލުތަކެއް ގެނެސެދެމުން ގެންދާކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، މިއަދުގެ ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެމުން ގެންދާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުގައި 33 އިންސައްތަ އަންހެން މިނިސްޓަރުން ހިމެނުމާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި 33 އިންސައްތަ ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމާއި، ވިހެއުމުން ލިބޭ ޗުއްޓީ ހަމަސް ދުވަހަށް އިތުރު ކުރުމުގެ އިތުރުން، ފިރިހެން މުވައްޒަފުންނަށް އަނބިމީހާ ވިހެއުމާ ގުޅިގެން އެއްމަސް ދުވަހުގެ ޗުއްޓީ ދިނުމަށް ނިންމި ނިންމުން އެމްއާރްއެމް އިން ވަނީ ފާހަގަކޮށްފައެވެ.އެމްއާރްއެމްގެ ބަޔާނުގައި ބުނީ، އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ އަންހެނުންގެ އިންސާނީ ކަރާމާތާއި، އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށާއި، އަންހެނުންނާއި ފިރިހެނުންނަށް އެއްހަމައެއްގައި ފުރުޞަތުތަކަށް ވާސިލްވެ އެފުރުޞަތުތަކުގެ ބޭނުންކުރެވޭނެގޮތް މަގުފަހިކުރުން ކަމަށެވެ.އަންހެނުންނަށް ޙައްޤުވާ މަޤާމު ހޯދާދެވޭނީ ހުރިހާ ދާއިރާއަކުންވެސް ހަމަހަމަ ފުރުޞަތުތަކެއް އަންހެނުންނަށް ހޯދައިދީ، ގަދަރުވެރި މަސައްކަތްތަކެއް ކުރުމަށް މަގުފަހިވުމުންކަން ފާހަގަކޮށް އެމްއާރްއެމްގެ ބަޔާނުގައި އިތުރަށް ބުނީ، މިކަމަށް މަސައްކަތް ކުރުމަކީ ދަޢުލަތުގެ އެއްމެހާ މުއައްސަސާތަކާއި، ޤައުމުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް ކަމަށެވެ.އޭގެ އިތުރުން, ޤާނޫނު އަސާސީގައި ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް ބަޔާންކޮށްފައިވާ ޤާނޫނުތައް އެދެވިގެންވާ މިންވަރަކަށް އެބަހުރިކަން ފާހަގަކޮށް އެމްއާރްއެމްގެ ބަޔާނުގައި ބުނީ، ޤާނޫނާއި ސިޔާސަތު އެކުލެވިގެން ދިޔަނަމަވެސް އެ ތަންފީޒު ކުރުމުގައި އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށެވެ. އެގޮތުން މުޖުތަމަޢުގެ ވިސްނުން ބައްޓަންވެފައިވާ ގޮތުން އާއިލާ ބެލެހެއްޓުމުގެ ބޮޑުޒިންމާ އަދާކުރަނީ އަންހެނުން ކަމަށާއި، އަންހެނުންނަށް މި ޒިންމާތަކުން ލުޔެއް ލިބޭފަދަ ސިޔާސަތުތަކާއި އެދެވިގެންވާ ހައްލުތަކެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.އެމްއާރްއެމްގެ ބަޔާނުގައި އިތުރަށް ބުނީ، ދިރިއުޅުމުގެ ޒިންމާއަދާ ކުރުމުގައި ވަކި ކަންތައްތަކަކީ ހަމައެކަނި އަންހެނުން ކުރަންޖެހޭ ނުވަތަ ފިރިހެނުން ކުރަންޖެހޭ ކަމެއް ކަމަށް ޤަބޫލުކުރާ ސަޤާފަތް ބަދަލުކުރުމަށް، ދެ ޖިންސުގެ ކުދިންނަށްވެސް ކުޑައިރުން ފެށިގެން ހުރިހާ ޒިންމާއެއް އަދާކުރުމަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ.Source link

Leave a Reply

Related Articles