• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ފަހުން ޕޮޒިޓިވްވީ ވެސް ދެ ބިދޭސީން: އެޗްޕީއޭ

ފަހުން ޕޮޒިޓިވްވީ ވެސް ދެ ބިދޭސީން: އެޗްޕީއޭ


ކޮރޯނާ ވައިރަހަށް ތައްޔާރުވުމަށް ހިންގި ޑްރިލްގެ ތެރެއިން — ފޮޓޯ: ހެލްތް މިނިސްޓްރީ

ކޮރޯނާ ވައިރަހަށް އެންމެ ފަހުން ޕޮޒިޓިވި މީހުންނަކީވެސް ދެ ބިދޭސީންކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި، ކުރެއްދޫ ރިސޯޓުން ވައިރަހަށް ޓެސްޓު ކުރި މީހުންގެ ތެރެއިން ދެ ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް، އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންކަމެއް ނޫނީ ޓޫރިސްޓުންކަމެއް އެޗްޕީއޭ އިން ބުނެފައެއްނުވެ އެވެ.

އެއާއެކު ރާއްޖޭގައި އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ ހައަކަށް އަރައިފަ އެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. އެ ދެ މީހުންނަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ތަނުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެމީހާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.

ދެން ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޕޮޒިޓްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓެކެވެ.

ކުރެއްދޫ ރިސޯޓަށް އެރުމާއި ފޭބުން މަނާކޮށް އޮރެންޖު އެލާޓް ނެރެފައިވާއިރު އެ ރަށުގައި މި ވަގުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.

މަބްރޫކު މިރޭ ވިދާޅުވީ ކުރެއްދޫ ގުޅުން ހުރި 90 މީހުން އެކަހެރިކޮށްފައިތިބި ކަމަށާއި، އޭގެ ތެރެއިން 69 މީހަކު ތިބީ ކުރެއްދޫ ރިސޯޓުގައި ކަމަށެވެ. ބާކީ ތިބި މީހުން އެކަހެރިކޮށްފައި އެ މީހުން މި ވަގުތު ތިބި ތަނެއްގައި ކަމަށް މަބްރޫކު އިތުރަށް ވިދާޅުވި އެވެ.

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު، ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ވަނީ ގެންގޮސްފަ އެވެ. އަދި، ފޯކައިދޫގައި އިތުރު ނުވަ މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.

މީގެ އިތުރުން ކުރެއްދޫގައި ހުރި އިޓަލީ މީހާ، މާލޭގައި ދެ ދުވަހު މަޑުކުރި ކަމަށް މިއަދު ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އޭނާ މަޑުކޮށްގެން ހުރި މާގިރި ހޮޓެލްގެ 15 މީހަކާ އެ ޓޫރިސްޓް ކޮންޓެކްޓްވި އެވެ.

އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭނާ ކަރަންޓީނު ކުރަނީ ފަރުކޮޅުފުށީގަ އެވެ.

އެޗްޕީއޭ

ކޮރޯނާ ވައިރަސް

ކޮވިޑް-19

Subscribe to Avas daily newsletter

މިލިޔުމާއި ގުޅޭ

ކުރެއްދޫގައި އެކަހެރިކުރި 90 މީހުންގެ ފަރާތުން އަލާމާތެއް ނުފެނޭ

އިތުރު ދެ މީހަކު ވައިރަހަށް ޕޮސިޓިވް ވެއްޖެ

3

އިޓަލީ މީހާއާ ގުޅޭ ތުހުމަތުތަކަށް ޖިނާއީ ތަހުގީގެއް ކުރަން އަމުރުކޮށްފި

ކޮރޯނާއަށް ޕޮޒިޓިވްވި 4 މީހުންގެ ހާލު ރަނގަޅު



Source link

Leave a Reply

Related Articles