• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ފޯކައިދޫގައި 9 މީހެއް އެކަހެރިކޮށްފައި، އެކަކު ކަރަންޓީނަށް

ފޯކައިދޫގައި 9 މީހެއް އެކަހެރިކޮށްފައި، އެކަކު ކަރަންޓީނަށް


ފޯކައިދޫ ސިއްހީ މަރުކަޒު: ނުވަ މީހަކު ވަނީ އެކަހެރިކޮށްފަ

ށ. ފޯކައިދޫގައި ނުވަ މީހަކު ސެލްފް އައިސޮލޭޝަންގައި ތިބި ކަމަށާއި އޭގެ ތެރެއިން އެކަކު ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް މިއަދު ގެންދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ފޯކައިދޫއިން މިއީ ކަރަންޓީނަށް ގެންދާ ދެވަނަ މީހާ އެވެ. މީގެކުރިން އެ ރަށަށް ޗުއްޓީއަށް ގޮސް ހުރި ކުރެއްދޫ ރިސޯޓްގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ ވަނީ ކަރަންޓީނުކޮށްފަ އެވެ. އޭނާގެ ޓެސްޓްތައް ހަދާފައިވާއިރު އަދި ނަތީޖާއެއް ނުލިބެ އެވެ. އޭނާ އެ ރަށަށް ދިޔަ ފަހުން ހުން އައިސް ހުރުމުން އޭނާ މީގެކުރިން ބެހެއްޓީ ގޭގައި އެކަހެރިކޮށްފަ އެވެ.

ފޯކައިދޫގެ ދެ މީހަކު ކަރަންޓީނަށް ގެންދިޔަ ނަމަވެސް އެ ރަށުގައި ޕެނިކްވާން ޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރޭ ވަނީ ވިދާޅުވެފަ އެވެ.

ކުރެއްދޫ ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފު މިހާރު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ މީހުން ވެސް ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. ކުރެއްދޫ ރިސޯޓް މިހާރު އޮތީ މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ. އެ ރަށުގައި މި ވަހުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ޕޮޒިޓިވްވި އިޓަލީ މީހާ މާލޭގައި ދެ ދުވަހު ހުރި ކަމަށާއި އޭނާ ހުރީ މާގިރި ހޮޓެލްގަ ކަމަށެވެ. އެ މީހާއާ މާގިރި ހޮޓެލްގެ 15 މީހަކާ ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާރު ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރެމުންދާ އެއް ގައުމަކީ އިޓަލީ އެވެ. އެހެންވެ ސަރުކާރުން ވަނީ އިޓަލީއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފަ އެވެ. މިހާރު ރާއްޖޭގައި ތިބި އިޓަލީ މީހުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އެޗްޕީއޭ

ފޯކައިދޫ

ކޮރޯނާ ވައިރަސް

+

ކޮވިޑް-19

Subscribe to Avas daily newsletter

މިލިޔުމާއި ގުޅޭ

ކޮރޯނާއަށް ޕޮޒިޓިވްވި 4 މީހުންގެ ހާލު ރަނގަޅު

ހިނަންވަރުގައި މީހަކު އެކަހެރިކޮށްފި، މިއަދު ސާމްޕަލް ނަގަނީ

1

ބަންގްލަދޭހުން މީހުން އެތެރެވުން ވެސް މަނާކޮށްފި

3

ފޯކައިދޫ ރައްޔިތުން ޕެނިކް ވާން ޖެހޭ ހާލަތެއް ނެތް: މިނިސްޓަރު



Source link

Leave a Reply

Related Articles