• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ “ދަނޑުވެރި ނަފާ” ލޯން ޕްރޮގުރާމުގެ 30 އިންސައްތަ އަންހެނުންނަށް

“ދަނޑުވެރި ނަފާ” ލޯން ޕްރޮގުރާމުގެ 30 އިންސައްތަ އަންހެނުންނަށް


“ދަނޑުވެރި ނަފާ” ލޯނު ޕްރޮގުރާމުގެ 30 އިންސައްތަ އަންހެނުންނަށް ޚާއްޞަ ކުރުމަށް ނިންމައިފިއެވެ.ދަނޑުވެރިކަމުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމުގެ ވިޔަފާރިތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމުގެ ދަށުން “އަންހެން ދަނޑުވެރިންނަށް ޚާއްޞަ އިސްކަމެއް ދީގެން ދޫކުރެވޭ ލޯން ޕްރޮގުރާމެއް އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ޑިޒައިންކޮށް ހިންގުން” ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ގައި ހިމަނާފައެވެ.މިގޮތުން މިކަން ޙާޞީލު ކުރުމަށް މިހާރު ޤާއިމު ކޮށްފައިވާ “ދަނޑުވެރި ނަފާ” ލޯން ޕްރޮގުރާމުގެ ޖުމުލަ ފަންޑުގެ 30 އިންސައްތަ ދަނޑުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އަންހެނުންނަށް ޚާއްޞަކުރުމަށް ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.އަދި އަންހެނުންނަށް މި ލޯނު ޕްރޮގުރާމުގައި ވަކި ނިޞްބަތެއް ޚާއްޞަކުރުމުގެ މައިގަނޑު މަޤްޞަދަކީ، ދަނޑުވެރިކަމަކީ އިޤްތިޞާދަށް މަންފާކުރާ، ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނެވި ސިނާޢަތަކަށް ހެދުމުގައި އަންހެނުން ބާރުވެރި ކުރުވުމެވެ. އަދި މިދާއިރާގައި ޙަރަކާތްތެރިވާ އަންހެނުން ކުރަމުންދާ މަސައްކަތް ތަރައްޤީކޮށް ކުރިއެރުވުމެވެ. “ދަނޑުވެރި ނަފާ” ލޯނު ޕްރޮގުރާމުގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިން ފަދަ އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ޓެރެސް ނުވަތަ ވަރޓިކަލް އެގްރިކަލްޗަރ ކުރުމަށާއި، ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުން، ވެލިއުއެޑިޝަން އަދި އެގްރޮފޮރަސްޓްރީ ނުވަތަ ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާޢަތުގެ ކަންކަމަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.މިނިސްޓްރީން ބުނީ އަންހެނުންނަށް ޚާއްޞަކުރެވިގެން ހުޅުވާލެވޭ ލޯނު ފުރުޞަތުގެ ބޭނުން ކޮށްގެން، ދަނޑުވެރިކަމުގައި އަންހެނުންގެ ދައުރު ފުޅާ ވެގެން ދިޔުމަކީ ސިނާޢަތުގެ ކުރިއެރުން ކަމަށެވެ.މިނިސްޓްރީން ބުނީ ލޯނު ޕްރޮގުރާމުގެ ފޯމް އެސްޑީއެފްސީ އިންނާއި މިނިސްޓްރީން ލިބެން ހުންނާނެ ކަމަށެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެސްޑީއެފްސީން ކަމަށާއި، އިތުރު މަޢުލޫމާތު ހޯދުމަށް މިނިސްޓްރީގެ ނަންބަރު 3339261 ނުވަތަ އެސްޑީއެފްސީ ގެ ނަންބަރު 3306999 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.



Source link

Leave a Reply

Related Articles