• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ދަރަނީން ޒަކާތްދިނުން:

ދަރަނީން ޒަކާތްދިނުން:



މީހެއްގެ އަތުގައި ތިމާގެ މުދަލެއް ދަރަންޏެއްގެ ގޮތުގައިވާ ނަމަ، އެއިން ޒަކާތްދިނުން ތިމާގެ މައްޗަށް ވާޖިބުވަނީ އަންނަނިވި ޝަރުޠުތަކާއެކުގައެވެ.

ފުރަތަމަ ޝަރުޠަކީ ސާބިތު ދަރަންޏެއް ކަމުގައިވުން.
ވިޔަފާރި މުދާ ނުވަތަ ނަޤުދުކަމުގައިވުމެވެ. ދަރަންޏަކީ ގެރިބަކަރި ޖަމަލު ނުވަތަ މޭވާ، ގޮވާންފަދަ ކާތަކެތިނަމަ އެއިން ޒަކާތް ވާޖިބެއް ނޫނެވެ.

ދަރަނީގެ ޒަކާތްދިނުން މުދަލުގެ ވެރިޔާ މައްޗަށް ވާޖިބުވާނެއެވެ. ނަމަވެސް އެޒަކާތްނެރުން ވާޖިބުވާނީ ތިމާގެ އަތްމައްޗަށް އެމުދާ އެރިދުވަހަކުންނެވެ. ދަރަންޏެއްގެ ގޮތުގައި އެމުދާ ހުރެގެން ފާއިތުވި ކޮންމެ އަހަރެއްގެ ޒަކާތް ނެރުން އޭރު އޮންނާނީ ވާޖިބުވެފައެވެ.
ޚަލީޠު މުދަލުގެ ޒަކާތް:
ޚަލީޠުމުދަލަކީ ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މުދާ އެއްކޮށްފައިވާ މުދަލެވެ. އެކެއްގެ މުދަލުން ޒަކާތްދޭ ގޮތުގެ މަތީން މިފަދަ މުދަލުން ޒަކާތް ދެވޭނެއެވެ.
ސުންނަތްވެގެންވާ ޞަދަޤާތް:
ކީރިތި ﷲ ގެ ކިބައިން ދަރުމައެދި ޞަދަޤާތްކޮށް އުޅުމީ ސުންނަތެކެވެ. ރަމަޟާންމަހުގައި އެކަމުގެ ސުންނަތްކަން ވަކީން ގަދައެވެ. ހަމައެފަދައިންމެ އަންނަނިވި ކަންތަކުގެތެރެއިން ކަމެއްކުޖރިމަތިވުމުން ޞަދަޤާތްކޮށް އުޅުމީ ސުންނަތްކަން ގަދަވެގެންވާ ކަމެކެވެ.

ބަލިވެއުޅުން.
ދަތުރަކުދިއުން.
މައްކާ ނުވަތަ މަދީނާ ފަދަ މާތްތަނަކަށް ދެވުން.
ޙައްޖުދުވަސް ނުވަތަ ދެޢީދު ދެދުވަސް ފަދަ މާތް ދުވަސްތަކާއި ވަގުތުތައް. އަދި މިނޫނަސް ކޮންމެ މުހިއްމު ކަމެއް ކުރިމަތިވާ ހިދު ޞަދަޤާތްކޮށްއުޅުން ސުންެނަތްވެގެންވެއެވެ.

 
މިފަދަ ޞަދަޤާތް ދިނުން މޮޅުއިތުރީ ތިމާގެ ގާތްތިމާގެ މީހުންނަާއި އަވަށްޓެރީންކުރެ ދަތިޙާލުގައި ތިބޭ މީހުންނަށެވެ.
ތިމާ ދަރަނިވެރިވެފައި ހުއްޓައި އެދަރަނި އަދާނުކޮށްހުރެ ޞަދަޤާތްދިނުމާއި، ތިމާއާއި، ތިމާގެ އަނބިދަރިން ދިރިއުޅުމަށްޓަކައި ކޮންމެހެން ނުކޮށްނުވާ ޚަރަދު ކުރުމަށް ހުރި އެއްޗަކުން އެފަދަ ޞަދަޤާތްކުރުމީ ހުއްދަ ކަމެއްނޫނެވެ.
ޒަކާތުގެ ބެހެނިވެރިން:
ޒަކާތުގައި ހިފުމުގެ ޙައްޤުލިބިގެންވަނީ އަންނަނިވި އަށްބާވަތުގެ މީހުންނަށެވެ.

ފަޤީރުން:

ޒަކާތްބެހުމުގައި ފަޤީރުންނަކީ ދެބައެކެވެ. އެއްބަޔަކީ ތިމާގެ މިލްކުގައި ޢަމުދުންވެސް މުދަލެއް ނެތުމާއެކު ދިރިއުޅުމަށްޓަކައިކުރާނެ މަސައްކަތެއް ނެތިފައި ތިބޭ މީހުންނެވެ. ނުވަތަ ތިމާގެ މިލްކުގައި މުދަލެއް ނުވަތަ ކުރާނެ މަސައްކަތެއް އޮތަސް އެއިން ދެކޮޅު ނުޖެހޭ މީހުންނެވެ.

މިސްކީނުން:

މިސްކީނުންނަކީ ތިމާގެ ދިރިއުޅުމަށްޓަކައި ފުދޭ މިންވަރުގެ ދެބައިކުޅައެއްބައި ނުވަތަ އެއަށްވުރެ ގިނައިންލިބޭވަރުގެ މަސައްކަތެއް ނުވަތަ އެފަދަ މުދަލެއް ލިބިހުރުމާއެކު އެއިން ނުފުދޭ މީހުންނެވެ.

ޢާމިލުން:

ޢާމިލުންނަކީ ޒަކާތްއެއްކުރުމުގެ މަސައްކަތްކުރާ މީހުންނެވެ. މިނެކިރުމާއި، މުދާއެއްކުރުމާއި މިބާވަތުގެ ހުރިހާ މަސައްކަތެއްކުރާ މީހުންގެ ތެރެއިން ހިމެނެއެވެ. ނަމަވެސް މިބައިމީހުންނަށް ޒަކާތުގެ މުދަލުން ދެވޭނީ އިމާމާގެ ފަރާތުން ޒަކާތް ބަހާނަމައެވެ. އަދި ބައިތުލްމާލުން އެމީހުންނަށް ކަޑައަޅާފައިވާ އުޖޫރައެއް ނުލިބޭނަމައެވެ.

އައު އިސްލާމުން:

އެއީ އަލަށް އިސްލާމްދީނަށް ވަދެއްޖެ މީހެކެވެ. އަދި އެބައިމީހުންނަށް ޒަކާތުގެ މުދަލުން ދޭތަން ފެނުމުން ބަޔަކު އިސްލާމް ވެދާނެ ކަމުގެ އުއްމީދެއްވާ މީހުންނެވެ.

އަޅުން:

އަޅުންކުރެ ޒަކާތުގައި ހިފުން ޙައްޤުވާ ބަޔަކީ މުކާތަބު އަޅުންނެވެ. އެއީ ސާހިބު މީހާއަށް ވަކިވަރަކަށް ތަކެތި ދިނުމުން މިނިވަންވީ ކަމަށް ފަތްލިބިފައިވީ އަޅުންނެވެ.
ނޯޓު: މިލިޔުމަކީ، ތަޢުލީމުއްދިޔާ 3 ގައި ފަޟީލަތުއްޝައިޚް މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުމުގެ ނަކަލެކެވެ.



Source link

Leave a Reply

Related Articles