• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ދީން ⁄ ދަމު ނަމާދު. (تهجد ނަމާދު)

ދަމު ނަމާދު. (تهجد ނަމާދު)



ދަމުނަމާދަކީ، ވަރަށް އިތުރުކަންބޮޑު ނަމާދެކެވެ. ޢިޝާނަމާދުން އަވަދިވެގެން ކިތަންމެ ކުޑައިރުކޮޅަކު ނަމަވެސް ނިދައިލުމަށްފަހު ތެދުވެ ކުރާ ދެރަކުޢަތް ނަމާދެކެވެ. މިނަމާދުގެ މަދުމިނީ، ދެ ރަކްޢަތް އެވެ. ގިނަވެގެން ވަކިއަދަދެއް ނެތެވެ. މިނަމާދު ކުރުމަށް މޮޅުއިތުރުވެގެންވާ ވަގުތަަކީ، ރޭގަނޑު މެންދަމުގެފަހެވެ. މެންދަމުގެ ކުރީގައި ކުރިއަސް ހެއުވެދެއެވެ. ޢިޝާ ނަމާދަށްފަހު އިރުކޮޅަކު ނިދާ ލާފައިތެދުވެ، ވިތުރި ކުރުމުން ދަމުނަމާދުކުރުމުގެ ޘަވާބު ޙާޞިލް ވެދެއެވެ.
ރޭގަނޑުގެ ވަޤުތު ދެބައިކޮށްފިނަމަ، މޮޅުއިތުރީ ފަހުބައެވެ. ތިން ބައި ކޮށްފިނަމަ މެދުބައެވެ. އެންމެމޮޅު ގޮތަކީ، ހަބައަށް ބައިކޮށް، ކުރީ ތިންބައިގައި ށިދުމެވެ. ދެން ތެދުވެ ހަތަރު ވަނަ ބައާއި ފަސްވަނަ ބައިގައި ނަމާދު ކުރުން މަތީ ޤާއިމުވެ، ހުރުމަށް ފަހު، ހަވަނަ ބައިގައި ނިދުމެވެ.
ތަހައްޖުދުކުރާމީހާއަށް ޤަައިލޫލާ އަކީ، ސުންނަތެކެވެ. އެއީ އިރުމެދުޖެހުމުގެ ކުރީގައި އިރުކޮޅަކު ނިދައިލުމެވެ.
ތަހައްޖުދު ކުރުމަށް އާދަކޮށްފައިވާ މީހާ ޢުޛުރަކަށްޓަކައި މެނުވީ، އެ ނަމާދު އަޅައިފުން މަކުރޫހު އެވެ.
މިނަމާދުގެނިޔަތް ދުލުން ކިޔާނީ أُصَلّى رَكْعَتَيْنِ سُنَّةَ التَّهَجُّدِ للهِ تَعَالى الله أَكْبر، މިފަދަ އިންނެވެ. ހިތުންނިޔަތް ގަންނާނީ، تّهَجُّد ނަމާދުގެ ސުންނަތް ދެ ރަކްޢަތް މާތްކަލާގެ ކިބައަށް ކުރަމެވެ. މިފަދައިންނެވެ. މިނަމާދުގެ ފުރަތަމަ ރަކްޢަތުގައި الحمد އަށް ފަހު ކިޔަވާނީ، އާޔަތުލްކުރްސި އެވެ. ދެވަނަ ރަކްޢަތުގައި الحمد އަށް ފަހު ކިޔަވާނީ، އިޚްލާޞް ސޫރަތެވެ.
ދަމުނަމާދުކޮށް އަވަދިފުމަށްފަހު، ބައެއް ދުޢާތައް ކިޔުން މޮޅު އިތުރެވެ.



Source link

Leave a Reply

Related Articles