• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ހަބަރު ⁄ ދުނިޔެ ކުރިއަރާދާނީ ބާރުވެރި އަންހެނުން ތިބެގެން: ރައީސް

ދުނިޔެ ކުރިއަރާދާނީ ބާރުވެރި އަންހެނުން ތިބެގެން: ރައީސް


ދުނިޔެ ކުރިއަރާދާނީ ބާރުވެރި އަންހެނުން ތިބެގެން ކަމަށް ވިދާޅުވެ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިއްޔާ ފޮނުއްވައިފިއެވެ.ދުވަހުގެ ތަހުނިޔާ ޓުވިޓަރގައި އަރިސްކުރައްވަމުން ރައީސް ވިދާޅުވީ އަންހެނުންގެ ދުވަސް ފާހަގަ ކުރަމުންދަނީ އިންސާނިއްޔަތަށް އަންހެނުން ކޮށްދީފައިވާ ގިނަ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ދުނިޔެ ކުރިއަރާދާނީ ބާރުވެރި އަންހެނުން ތިބެގެން ކަމަށް ގަބޫލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންހެނުންނާއި މެދު ކުރެވޭ ތަފާތު ކުރުންތަކާއި އަންހެނުންގެ ކުރިއެރުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.އަންހެނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން ވިޔަފާރީގެ ދާއިރާއަށް ވަންނަން ބޭނުންވާ އަންހެނުންނަށް އެސްއެމްއީ ބޭންކް މެދުވެރިކޮށް ލޯނު ލިބޭނެ މަގުފަހި ކޮށްދީފައިވެއެވެ. އޭގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހާއެކު ކައުންސިލްތަކުގެ 33 އިންސައްތަ ވަނީ އަންހެނުންނަށް ހާއްސަ ކުރެވިފައެވެ.



Source link

Leave a Reply

Related Articles