• ކޮންމެ ބޭފުޅަކަށްވެސް ދިވެހި ނޫސްގަ ލިޔުން ޝާއިޢު ކޮށްލެވޭނެ
Home ⁄ ވާހަކަ ⁄ ދެކަފި – ފަހުބައި

ދެކަފި – ފަހުބައި


255966

ކުރީގެ ޢަދަދުތައް ▼

ދެކަފި

ދެކަފި – ފަހުބައި

ނަމަވެސް އެދުވަހު އަަހަރެންނަށް ފެނުނީ ވަރަށް ތަފާތު މަންޒަރެކެެވެ.
ލީނާގެ ގޭގެ ބޮޑު ދޮރުން ނިކުން ފިރިހެންމީހާއަށް އަހަރެން ނުފެންނާނެއެވެ. ގަމީހުގެ ގޮށްތައް އަޅުވަމުން އޭނާ ދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ.
“ބޭބީ، މި އަންނަނީ އޭ ގެޔަށް. ދެންމެ އޭ މީޓިން ނިމުނީ..”
ދިރިއުޅުމާއި ލޯބީގެ ކުޅިވަރަށް އަހަރެންނަކީ ކޮށި މީހެކެވެ. ނަމަވެސް އޭނާގެ ހޭވިފައި ހުރި އިސްތަށިގަނޑާއި ފޯނުން ވާހަކަ ދައްކަމުން ހެދި ދޮގުތަކުން ގައިމުވެސް އެއްކަމެއް ސާބިތުވެއްޖެއެވެ. އޭނާ ލީނާގެ ގެޔަށް ވަނީ ރަނގަޅު ނިޔަތަކާއި އެކު ނޫނެވެ. ބޭއިހްތިޔާރުގައި އަތް މުއްކެވުނެއެވެ. އެވަގުތު އެ ފިރިހެންމީހާގެ ދުވަސް ދުއްވާލަން ހިތަށް އެރިއެވެ. ބޭވަފާތެރިވީތީ ލީނާގެ ދުވަސް ވެސް ދުއްވާލަން ހިތަށް އެރިއެވެ. ވިހަ ހިތަކާއި އެކީ އަހަރެން ލީނާގެ ގެޔަށް ވަނީ ދޮރުގައި ޓަކި ވެސް ނުތަޅައެވެ. ލީނާ ހުރީ ސްޓިންރޫމްގައި ޓީވީ ބަލާށެވެ. އަހަރެން ފެނުމުން އޭނާ ތެދުވީ އަފްނޯސް ކަށްޓެއް ޖެހި ހެނެވެ.
“ހާދަ އަވަހަކަށް..”
ލީނާ ވަރަށް ނޫން ކަމަށް ހެދެމުން ހެދުން ރީތި ކޮށްލިއެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން ހިނިތުންވެލިއެވެ. ލީނާ މިިހާ ހިތްހަރު ވެދާނެ ކަމަށް ހިއެއް ނުކުރަމެވެ. އުފަލާއި ހިތާމައިގެ ކަނޑެއްގައި ފީނާފައިވާ މި ވަރުގަދަ ގުޅުން ލީނާއަށް އެއްޗަކަށް ނުވީ ހެއްޔެވެ؟ މި ގުޅުން އެހާވެސް ބޭކާރު ހެއްޔެވެ؟
ވިސްނަމުން ގޮސް ލޮލަށް ކަރުނަ ޖަމާވިއެވެ. އައި ރުޅި އާތްވަށް އަރައިގެން ދިޔަ ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގި ލީނާގެ ގާތުގައި އަަހަރެން އިނީމެވެ. ފަހަރަކު ޝޯއެއް ބަލަމުން އޭނާ ހެނީއެވެ. ޕޮޕްކޯން ކަމުން ކޯކް ބޮނީއެވެ. އަަހަރެން މިތާ އިން ހެެނެއް ހިއެއް ނުވެއެވެ. އަހަރެންގެ ދެލޮލުން އޮހޭ ކަރުނަ ލީނާއަކަށް ނުފެންނާނެއެވެ. ބަަލަން އުޅުނުނަމަ ފެނުނީހެވެ. ލީނާ ދޫކޮށްލާފައި ދާން ހިތަށް އެރިއަސް ހީވަނީ އެތެރެ ހަށި ފުނޑުފުނޑުވެދާނެ ހެނެވެ. އޭނާ ނުފެނި އެންމެ ދުވަހެއް ވެސް މިވިީ ތިން އަހަރު ތެރޭ އަހަރެން ހޭދައެއް ނުކުރަމެވެ. އަލުން ވާހަކަ ދައްކަން ދަސްކޮށްދީ ބީރައްޓެހި ވެފައިވާ ދުނިޔޭގެ ނަަލަކަން ދައްކައިދިނީ ލީނާއެވެ. ލީނާއާއި ނުލާ އަހަންނަކީ މީހެއް ނޫނެވެ. ލީނާއަށް މިފަހަރު މަޢާފް ކުރާނީއެވެ. އޭނާ ނުބުންޏެއް ކަމަކު ބޭވަފާތެރިވީތީ ދެރަވާނެއެވެ. އާއެކެވެ. ކެތްކޮށްލާނީއެވެ. އަދި ލީނާ އަހަރެންގެ ގާތުގައި މަޢާފަށް އެދޭނެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ލީނާގެ އުޅުމަށް ބޮޑެތި ބަދަލުތައް އަންނަން ފެށިއެވެ. ފަަހަރަކު ކޯހަކަށް ވަނުމަށް ފަހު ނުނިންމަ ފޫހިވެގެން ކެނޑޭނެއެވެ. އަނެއްކާވެސް އެހެން ކޯހަކަށް ވަންނާނެއެވެ. މިހާރަކަށް އައިސް ލީނާ ރުންކުރުވެފައި ރުޅި އަންނަލެތް ގިނަވިއެވެ. ކިތަންމެ ކުޑަކަމަކާއި ހެދިވެސް ރުޅި އަތުވެދާނެއެވެ. ލަހުން ބަލައި އާދެވިއްޖިއްޔާ ރުޅި އަންނާނެއެވެ. ބަނޑުހައިވެއްޖިއްޔާ ރުޅި އަންނާނެއެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު ގުޅުން ކަނޑާލަން ބޭނުންވާނެއެވެ. އަދި މިހިރީ ގުޅުން ކެނޑިފައިއޭ ބުނެ ނަންބަރު ވެސް ބުލޮކް ކުރާނެއެވެ. ލީނާގެ ހުރިހާ ޝަކުވާއެއް އަހަރެން އަޑު އަހަމެވެ. އޭނާ ރުޅި އަންނަ ކޮންމެ ފަހަރަކު ކެތްތެރިކަން އިސްކުރީމެވެ. ދުވަހަކުވެސް ބާރަށް އެއްޗެކޭ ނުބުނަމެވެ. އޭނާ ބުނާ ތާކަށް ގެންގޮސް ބުނާހާ އެއްޗެއް ކާން ދެމެވެ. އެކަމާ ވެސް ލީނާ އައީ ރުޅިއެވެ. އަހަރެން އުޅެނީ މާ ރަނގަޅު މީހަަކަށް ހެދިގެނޭ ވެސް ބުންޏެވެ. ލީނާ ހިތްހަމަ ނުޖެހެނީ ކީއްވެ ކަމެއް ދުވަހަކު ބުނެވޭ ކަމަށް ނަހަދައެވެ.
“ކަލޭ ކީއްވެތަ ވާހަކަ ނުދައްކަނީ؟ މިއޮއް ވަރަށް އަހަރެން ވާހަކަ ދައްކާއިރު ކީއްވެހޭ އެއްޗެއް ނުބުނަނީ؟”
ބާރުބާރަށް އަހަރެންގެ ގަމީހުގައި ހިފަމުން ލީނާ ހަޅޭއްލެވިއެވެ. މިރޭ އޭނާ ރުޅި އައީ އަހަރެން ލަހުން ބައްދަލުކުރަން އައީމައެވެ. ކޫސަނި ކަމެއް އަމިއްލައަށް ބޮޑުކުރަމުން ގޮސް ލީނާ ވަށައިޖަހައި އަންނާނީ އެއް ނުކުތާއަކަށެވެ. އެއީ ގުޅުން ކަނޑާލުމެވެ.
“ލީނާ ބޭނުމިއްޔާ މިއަދުން ފެށިގެން ދެމީހުންގެ ގުޅުން މި ކެނޑުނީ..”
އަހަރެން ބުނީ އެއް ޖުމުލައެވެ. ލީނާގެ އަތް އަހަރެންގެ ގަމީހުން ދޫވިއެވެ. އޭނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ރޮމުން ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އެރޭ އަހަރެން ދިޔައީ ގެޔަށެވެ. ރޯން ބޭނުންވިޔަސް ލޮލުން ކަރުނަ ހިކުނު ކަހަލައެވެ. ހީވަނީ ބޮޑު ބަރެއް ބޮލުން ނެގިހެނެވެ. ހަށިގަނޑު ލުއިވެ ފާޑެއްގެ ހުސްކަމެއް ސިކުނޑިއަށް ސަވާރުވިއެވެ.
އޭގެ އަނެއް ދުވަހު އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފޯނު ބަލައިލި އިރު އެއީ އައިޝާއެވެ. ލީނާގެ އެކުވެރިއެކެވެ. އޭނާ ނޫނަސް ލީނާގެ ތިން ވަރަކަށް އެކުވެރިން ގުޅާފައި ހުއްޓެވެ. އެއް އިރެއްގައި ވެސް އަހަރެންނަކީ އެމީހުނަށް އެހާ ގާތް ގުޅުމެއް ބޭއްވި މީހެއް ނޫން ކަމުން އައިޝާގެ ފޯނު ކެނޑެންދެން ފޯނަށް ބަލަހްޓައިގެން އިނީމެވެ. އެއަށްފަހު ފެނުނީ ފޭސްބުކްގައި ލީނާ ލިޔެފައި އިން ސްޓޭޓަސް އެވެ. އަހަރެން އޭނާ ދޫކޮށްފައި ދިޔަ ވާހަކައާއި އޭނާ ފަލަވީމާ އަހަަންނަށް އޭނާ ކަމުނުދަނީ ކަމަށެވެ. އެ ސްޓޭޓަސް ކިޔުމުން އަހަރެންގެ ބޮލުގައި ތޫނު ރިހުމެއް އުފެދުނެއެވެ. ލީނާގެ ސިކުނޑި މަސައްކަތް ކުރަނީ ކިހިނެތް ކަމެއް އަދި އަދަށް ދާންވެސް ދެނެއެއް ނުގަނެވުނެއެވެ. މީހުންގެ ސަމާލުކަން ހޯދަން މިވަރުގެ ދޮގެއް ހެދުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
އެރޭ ލީނާ އަނެއްކާ ގުޅާ އާދޭސް ކުރިއެވެ. އަހަރެންނާއި އެކީ އުފަލުގައި އުޅެން ބޭނުންވާ ވާހަކަ ބުންޏެވެ. ސްޓޭޓަސް ނަގައި އޭގެ ބަދަލުގައި ދެމީހުންގެ ލޯބި ފޮޓޯއެއް ކަވަރ ޕޭޖަށް ލިއެވެ. އެރޭ އަހަރެންގެ ހިތް ތެޅިލިއެވެ. ލީނާ ރަނގަޅު ވީ އޭ ހިތާ އެރޭ އެގެޔަށް ދިޔައީމެވެ. ދިޔައިރު ލީނާގެ ބައިވަރު ރަހްމަތްތެރިން ތިބީ އަހަރެންގެ އިންތިޒާރުގައެވެ.
އެމީހުންގެ ލޮލުގައި ހުރި ނަފްރަތު ފެނުމުން އަހަރެންގެ ހިތް މޯޅިވިއެވެ. ލީނާ ހެދި ދޮގެއްގެ ސަބަބުން އެންމެންގެ ރުޅި އަމާޒުވީ އަހަރެންނަށެވެ. ލީނާ އައިސް އަހަރެންގެ އަތުގައި ހިފާލިއެވެ. ހަމަ ވަގުތުން ލީނާއަށް މަޢާފުކުރެވުނެއެވެ. އޭނާގެ ކޮންމެ ހަރަކާތަކުން އަހަރެންގެ ހިތް ކަފަ ކޮޅަކަށް ބަދަލުވިއެވެ. މީހަކަށް މީހެއް ދެކެ ލޯބި ވެވޭނީ މިވަރަށެވެ. ލީނާ ކުރި އެއްވެސް ކަމަކަށް ދުވަހަކުވެސް އޭނާ މަޢާފެއް ނޭދެއެވެ. މިރޭ ވެސް ނޭދޭނެ ކަން އިނގެއެވެ. ހީވަނީ އެކަން ނިމުމުން ހަނދާން ނައްތާލީމަ ފުދޭހެނެވެ. އެވަރުންވެސް ޝަކުވާ ކުރާކަށް އަހަރެންނަކަށް ނުކެރުނެއެވެ.
މޭޒު ދޮށުގައި ޕިއްޒާ ކާން އިށީދެގެން ތިބި އެންމެނަށް އަހަރެން ތަޢާރަފް ކޮށްދިނީ ލީނާއެވެ. އަންހެނުންނަށް ވުރެ ފިިރިހެނުން ޕާޓީގައި ގިނައެވެ. އެތަނުން އަހަރެންގެ ލޮލުގައި އަޅައިގަތީ ބަނޑުބޮޑު ކުއްޖެއް ކައިރި ހުއްޓިލައިގެން ހުރި ފިރިހެނަކަށެވެ. އޭނާއަކީ ޔަޤީނުންވެސް އެއްކަލަ ދުވަހު ލީނާގެ ގެއިން ނިކުމެގެން ދިޔަ މީހާއެވެ.
“އެހެރީ ސަނާ ތަ؟”
އަހަރެންގެ ސުވާލަށް ލީނާގެ ފުރިހަމަ ސަމާލުކަން ލިބުނެއެވެ. ސަނާގެ ފިރިމީހާއާއި ދުވަހަކުވެސްް އަހަރެން ބައްދަލެއް ނުކުރަމެވެ. ސަނާގެ ފުރަތަމަ ދަރި ވިހެއި ދުވަހުވެސް އޭނާއެއް ނުދެކެމެވެ. އެއީ ލީނާ ބުނީ އޭނާވީ ރާއްޖެއިން ބޭރުގައި ކަމަށެވެ. މިރޭ އަހަރެންނަށް ފެނުނު މަންޒަރުން ފައިތިލަ ދަށުން ބިންގަނޑު ކެހިގެން ދިޔައެވެ. ލީނާގެ ފާފައިގެ ބޮޑުކަމުން އަހަރެންގެ ބޮލަށް އުދަނގޫވާން ފެށިއެވެ. ސަނާގެ ހިތްހެޔޮ މޫނާއި އޭނާގެ ގާތުގައި ހުރި ހިޔަޅެއް ފަދަ ފިރިހެނާ ފެނުނީމާ ގަންނަނީ ފަކުރެކެވެ. މިއޮއް ހުރިހާ ކަމެއް ކޮށްފަ ވެސް ލީނާގެ ހަޔާތްކުޑަ ކަމާއި މެދު އަހަރެން އަޖައިބުވިއެވެ. އަހަރެންގެ ސުވާލަށް ބޯ ޖަހާލުމަށް ފަހު އޭނާ ދިޔައީ ސަނާގެ ބަނޑުގައި ފިރުމާށެވެ. އޭރުވެސް އޭނާގެ ނަޒަރު ލާނެތް ފާޑަކަށް ސަނާގެ އަތުގައި ހިފައިގެން ހުރި ފިރިހެންމީހާއާއި އަމާޒުވެގެން ދިޔައެވެ. ކުރިންވެސް ލީނާ ބުނީ އޭނާގެ ކުރީގެ ލޯބިވެރިޔާއަކީ މީހެއްގެ ފިރިއެއް ކަމަށެވެ. ނަމަވެސް އަމިއްލަ އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާއާއި އެކު މިފަދަ ގުޅުމެއް އޮވެދާނެ ކަމާ މެދު އަހަރެން ހިއެއް ނުކުރަމެވެ. އެވަގުތު ދުވަހަކު ލީނާއާއި ދިމާނުވި ނަމައޭ އަހަރެން ހިތަށް އެރިއެވެ. އެކަނިވެރިކަން ވެސް މިއަށް ވުރެ ރަނގަޅުވާނެކަން ގައިމެވެ.
އެރޭ ޕާޓީގައި ވައް ބަހުން ކިތަންމެ މަލާމާތެއް އަހަރެންނަށް ރައްދުވިއެވެ. މަލާމާތް ކުރި މީހަކީވެސް ލީނާއެެވެ. ލަވަ ކިޔަން އެދުމުން ލީނާ ބުނީ އަހަރެންގެ އަޑު ނުނިކުންނާނެ ވާހަކައެވެ. ނަށާ ވާހަކަ ބުނުމުން އޭނާ ބުނީ އަހަރެން މާ ފިނޑި ވާނެ ކަމެވެ. އިންނަ ވާހަކަ ބުުނުމުން ލީނާ ބުނީ އަދި އަހަރެންނަށް ކުއްޔަށް ތަނެއްގައި އުޅެވޭނެ ފެންވަރުވެސް ނުހުންނާނެ ކަމެވެ. މީހުންގެ ކުރިމަތީގައި އަމިއްލަ ޑިގު މަތިކޮށްފައި އެހެން މީހުން ދަށް ކުރުމަކީ ލީނާ ކުރާ ހިތްވާ ކަމެއްކަން މި އިނގުނީ މިއަދެެވެ.
އެރޭ ޕާޓީ ނިންމާފައި އަހަރެން ދިޔައީ އޮފީހަށެެވެ. ޕާޓީ ބޭއްވި ސަބަބުވެސް އަހަރެންނަށް ނޭނގެއެވެ. ސަބަބު މުހިންމެއް ވެސް ނޫނެވެ. ލީނާގެ ކަންތަކާއި ބޯ ގޮވާފައި އިންދައި ކުރިމައްޗަށް އައިސް ހުއްޓުނީ ސާރާއެވެ. ސާރާއަކީ އޮފީހަށް އަލަން ވަން ކުއްޖެކެވެ. އަދި އަހަރެން މަސައްކަތްކުރާ ބައިގައި އުޅޭ ހަމައެކަނި އަންހެނެވެ. އޭނާއަކީ އިސްކޮޅުން ކުރު ހަމުގެ ކުލަ ކަޅު ނަމަވެސް ވަރަށް ހިތްހެޔޮ ކުއްޖެކެވެ. އެކަން އިނގެނީ އޭނާ ހިފައިގެން ހުރި ކޮފީތަށީގެ ސަބަބުންނެވެ.
“ސަރ، މިރޭ އެކަނި ތޯ؟”
ވަަރަށް އަދަބުވެރިކަމާއި އެކު ސާރާ އެއްސެވެ. ސާރާގެ ނަޒަރު ތަޅުންގަނޑަށް އަމާޒުވެފައި ހުރިއިރު އޭނާގެ އިނގިލިން އަޅައިގެން ހުރި ބުރުގަަލަށް ކުޅެމުން ދިޔައެވެ. އޭނާ ކަމެއް ބޭނުންވެގެން އުޅޭ ކަހަލައެވެ.
“ޔެސް. ކިހިނެތް ވީ ސާރާ؟ ”
ސާރާ އަހަރެންނާއި ދިމާލަށް އިސްއުފުލާ ބަލާލިއެވެ. ތުންފަތުގައި ދަތް އަޅާލަމުން އޭނާ ކޮފީތަށި ދިއްކޮށްލިއެވެ. ކުރިންވެސް ބުނި ފަދައިން އަހަރެންނަކީ ލޯބީގެ ކުޅިވަރަށް ކޮށި މީހެކެވެ. ނަމަވެސް މިހާ ލޯބިން އަންހެންކުއްޖެއް ކޮފީ ތަށި ދެންޏާ އޭގެ ފަހަތުގައި ސަބަބެއް އޮންނާނެއެވެ.
އެދުވަހަށް ފަހު ސާރާ އަހަރެންނަށް ހާއްސަ ސަމާލުކަމެއް ދޭން ފެށިއެވެ. ކޮންމެ ދުވަހަކު ލަންޗް ބޮކްސްއެއް ދެއެވެ. ކޮފީތަށި ހިފައިގެން އާދެއެވެ. އަބަދުވެސް އަހަރެންގެ ގާތުގައި މެއްސެއް އެނބުރޭހެން އެނބުރެން ފެށިއެވެ. އޭގެ ބަދަލުގައި ލީނާ ވާން ފެށީ އިތުރަށް ވުރެ ހަރުކަށްޓެވެ. ސާރާ އަހަރެންނަށް ކާން ހަދައިން ޕެކް ކޮށްގެން ގެންނައިރު ލީނާއަށް މިޖެހެނީ ކޮންމެ ދުވަހަކު މެންދުރު ދުއްވައިގެން ކާ އެއްޗެހި ގެންނާށެވެ. އަހަރެންގެ ހާލު ކީއްކުރަން ކެއި ތޯ ވެސް އަހާނުލާނެއެވެ. މިހާރު އަހަރެންވެސް ލީނާއާއި ދުރުވެއްޖެއެވެ. ލީނާގެ ގައިގައި އަތް ލުމަކީ މިހާރު އަަހަރެންނަށް ނުވާނެ ކަމެކެވެ. ލީނާ ލޯބިކުރަން އުޅޭ ކޮންމެ ފަހަރަކު ބަހަނާއެއް ހަދާފައި ދުވެ ފިލަނީއެވެ. ހިތް އޮތީ ކޮންތާކު ކަމެއް ނޭނގެއެވެ. ގައިމުވެސް ލީނާގެ އަތަކު ނޫނެވެ.
ސާރާއާއި އަހަރެންގެ ގުޅުން އިތުރަށް ބަދަހިވީ ލީނާއާއި އަރާރުންވެގެން ގެޔަށް ދިޔަ ރެއަކުއެވެ. އެރޭ މައްސަލަ ޖެހުނީ ލީނާއާއި ވާހަކަ ނުދައްކައިގެނެވެ. އޭނާ ބުނި ގޮތުގައި “އިމޯޝަނަލް ކަނެކްޝަން” އެއް ދެމީހުންގެ ނެތެވެ. އަނެއްކާވެސް ނަންބަރު ބުލޮކް ކޮށް ފޭސްބުކްއިން ވެސް އަހަރެން ބުލޮކް ކޮށްލިއެވެ. އެރޭ އަހަރެން ހާހެއް ނުވަމެވެ. ވާންވިވަރަށް ދެރަވެސް ނުވިއެވެ.
ސާރާއަށް މެސެޖުކޮށްލެވުނީ ހިތް ދެކަފި ވެފައިވި ހާލުގައެވެ. ލީނާގެ ގައިގައި ކިތަންމެ ނުބައި ސިފަތަކެއް ހުރި ކަމުގައި ވިޔަސް އޭނާއަކީ އަހަރެންގެ ލޯބިވެރިޔާއެވެ. ބޭވަފާތެރިވާން އަހަރެން ޖެހިލުންވިއެެވެ. އޭރުން ލީނާއާއި އަހަރެންގެ ތަފާތަކީ ކޮބައި ހެއްޔެވެ؟ ވިސްނަން އިންދާ ފަހަތުން އައިސް ކޮށްޓާލީ ސާރާއެވެ. ރޭގަނޑު އެގާރަ ޖަހަން ދެން އެރޭ ދެމީހުން ވާހަކައިގައި ތިބީމެވެ. ސާރާއަކީ ކެތްތެރި މީހެކެވެ. މިޒާޖުގައި މަޑުމައިތިރި އަހަަރެން ފަދައިން އެހާ ވާހަކަ ގިނަ މީހެއް ނޫނެވެ. އަނެއްކާ ކޮމްޕިޔުޓަރަށް ވެސް އަހުލުވެރި އަހަރެންނާއި ކިތަންމެ ސިފަތައް އެއްގޮތް އަންހެން ކުއްޖެކެވެ. އެވީ ފަސް ގަޑިއިރު ތެރޭ ސާރާއަށް މިހިތް ލެބުނެއެެވެ. ލީނާ ދިން ވޭން ކުޑަކޮށް ނަމަވެސް ލުއި ވެގެން ދިޔައެވެ.
އޭގެ އަނެއް ދުވަހު ސާރާއާއި އެއްކޮށް ދުއްވަން ދަނިކޮށް ލީނާއަށް ފެނުނެއެވެ. ލީނާ އަހަރެންގެ ނަންބަރު ބުލޮކް ކުރި ފަހުން އަހަރެންވެސް އޭނާގެ ނަންބަރު ބުލޮކް ކުރީމެވެ. އެވަރުންވެސް ވައިބަރ އިން އާދޭހާއި މެސެންޖަރުން ހިތާމައިގެ ލަވަތައް ލީނާ ފޮނުވަމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. އަހަރެން ފެނުމުން އޭނާ ހޭނެތުނީ ކަމެއް ނޭނގެއެވެ. ހުރި ތަނަށް ވެއްޓިއްޖެއެވެ. ސައިކަލު މަޑުކޮށްލަމުން ސާރާ ކައިރި އަމިއްލައަށް ގެޔަށް ދާށޭ ބުނެވުނީ ހަރުކަށިކަމާއި އެކީގައެވެ. އެވަރުންވެސް އެފަކީރު މޫނުމަތިން އެއްވެސް ރުޅިވެރިކަމެއް ނުފެނެއެވެ. ކިޔަމަންތެރި ބުދެއްހެން ބޯ ޖަހާލަމުން ދިޔައީއެވެ.
ލީނާ ގެޔަށް ގޮވައިގެން ދިޔައިރުވެސް އޭނާ ރޮނީއެވެ. ހޭރެނީއެވެ. ގެޔަށް ދިޔުމުން އަމިއްލަ ބޯ ފާރުގައި ތަޅަން ފެއްޓިއެވެ. ހެދުން އިރާ އަހަރެން މޫނު މަތީ އެތަކެއް ފަހަރު ޖެހިއެވެ. ސާރާއާއި އެއްކޮށް އުޅެމުން ދިޔައިރުވެސް ލީނާގެ ހަނދާންތައް ދުރެއް ނުވެއެވެ. އޭނާގެ ހިނިތުންވުން އަދިވެސް ސިކުނޑީގައި ހަރުލާފައި ހުރެއެވެ. އެހާ ފުން ލޯތްބެއް ވި އިންސާނެއް ހަނދާން ނައްތާލަން އުދަނގޫވާނެކަން އިނގެއެވެ. އަދި ދުވަހަކުވެސް ސާރާދެކެ ލީނާދެކެ ވި ލޯބި ނުވެވިދާނެ ކަމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ލީނާއާއި އެކު ބާއްޖަވެރި ދިރިއުޅުމެއް އަހަރެންނަކަށް ދުވަހަކުވެސް ނުފެންނާނެއެވެ. އޭނާއަކީ ބަލި މީހެކެވެ. ގައިމުވެސް ހަމަ މީހެއް އެގޮތަކަށް ނޫޅޭއެވެ. ރައްޓެހި ޑޮކްޓަރެއްގެ ލަފާ ވެސް އަހަރެން ހޯދީމެވެ. ލީނާއަށް ޖެހިފައި ވަނީ ބައްޔެކޭ ބުންޏަސް މި ހުރިތަނަށް އަހަަރެން ނޮޅާލާނެކަން ގައިމެވެ. ނަމަވެސް އޭނާއަކީ ބަލި މީހެކެވެ. ބައި ޕޯލާ ޑިސްއޯޑަރ ޕޭޝަންޓެކެވެ.
ލީނާ ބަލިއިރު އޭނާ ދޫކޮށްލަން މިހިތަށް އުދަނގޫވިއެވެ. ނަމަވެސް ލީނާ ބޮޑާވަރު އަހަރެންނަށް އިނގެއެވެ. އޭނާ ބަލިކަމަށް ހުދު އޭނާ ޤަބޫލެއް ނުކުރާނެއެވެ. ފަރުވާ ދެވޭނީވެސް އެ ފަރުވާ ބޭނުންވާ މީހަކަށް ނޫން ހެއްޔެވެ؟
ލީނާ ރޮއި ރޮއި ވަރުބަލިވުމުން އޭނާގެ ގާތުން މަޢާފަށް އެދި އަހަރެން އެގެއިން ނިކުމެގެން ދިޔައީމެވެ. އެގެއިން އެކަންޏެއް ނޫނެވެ. ލީނާގެ ހަޔާތުންވެސް މެއެވެ.
ކެޓެގަރީ: ކުރުވާހަކަ ލޯބީގެ ވާހަކަ

2559

Idiot ?????

0.0

. Vvv gayaavi vaahaka eh my. love it?????????? .

3 weeks ago

Aish

0.0

V reethi

1 month ago

ހެހެ

0.0

ވަރަށް އަސްލާ އެއްގޮތް ވަރަށް ތަފާތު ރީތި ވާހަކަ އެއް. އަވަސް މުސްތަޤްބަލެއްގައި ދިގު ވާހަކަ ސީރީޒްއެއް ނެރޭނެ ކަމަށް އުންމީދު ކުރަން

3

3 months ago

Anonymous

0.0

Salhi vvv gayaa vey Mi kahala Gina vaahkathahah rayaage faraathun libeyne kamah ummeedhu kuran vv hihgaimu

1

3 months ago

Nau

0.0

ވަރަށް ޓޮކްސިކް ރިލޭޝަންޝިޕް އެއް ކޮންމެ އަކަސް. ވާހަކަ ވަރަށް ރީތި

3

3 months ago

މިޒްނާ

0.0

ވަރަށް ރީތި މި ވާހަކަ

7

4 months ago

ރާޔާ Listing Owner

ޝުކުރިއްޔާ، މިޒްނާ

1

3 months ago

Sރs

0.0

Salhi vaahaka eh.

5

1

4 months ago

ރާޔާ Listing Owner

ކަމުދިޔައީތީ އުފާކުރަން ?

3

3 months ago

ކިޔުންތެރިންގެ ހިޔާލު ކެންސަލް
Your RatingSource link

Leave a Reply

Related Articles